މަސައްކަތް
ނަންބަރު: GS-184/IUL/2015/24
ޕަބްލިޝްކުރި ތާރީޚް: 01 ނޮވެންބަރު 2015
ޕަބްލިޝްކުރި ގަޑި: 10:38
ސުންގަޑި: 10 ނޮވެންބަރު 2015 11:00
ކުނަހަންދޫ ސްކޫލް، ލ. ކުނަހަންދޫ
ދިވެހިރާއްޖެ
ފާޚާނާއެއް ހެދުން

ސްކޫލުން ދައްކާ ނަމޫނާއަކާ އެއްގޮތަށް ސްކޫލް ހޯލުގައި ފާޚާނާއެއް ހެދުން

މި ސްކޫލުން ދައްކާ ނަމޫނާއަކާ އެއްގޮތަށް ސްކޫލް ހޯލުގައި ފާޚާނާއެއް ހަދަން ބޭނުންވެއެވެ. ވީމާ، މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 10 ނޮވެންބަރު 2015 ވާ އަންގާރަ ދުވަހުގެ 11:00 އަށް ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 22 ނޮވެންބަރު 2015 ވާ އާދީއްތަ 11:00 ގައި މި ސްކޫލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ. އަންދާސީހިސާބު ކެނޑުން އޮންނާނީ (އެދުވަހުގެ) 22 ނޮވެންބަރު 2015 ވާ އާދީއްތަ ދުވަހުގެ 12:00 ގައި، އަންދާސީހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާ ފަރާތްތަކުގެ ހާޒިރުގައެވެ. މިބައްދަލުވުމުގައި އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތުން ބައިވެރިވާންވާނެއެވެ. ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ އެ ފޮނުވާ ފަރާތެއްގެ އައިޑީ ކާޑާއި އަންދާސީހިސާބުގެ ވެރިފަރާތުގެ ސިޓީއަކާއެކު އައިޑީކާޑުގެ ކޮޕީއެއް ފޮނުއްވަންވާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ސްކޫލުގެ ނަންބަރު 6800744 އާ ގުޅުއްވުން އެދެމެވެ.

16 މުޙައްރަމް 1437

01 ނޮވެންބަރު 2015