މަސައްކަތް
ނަންބަރު: GS-184/IUL/2015/23
ޕަބްލިޝްކުރި ތާރީޚް: 01 ނޮވެންބަރު 2015
ޕަބްލިޝްކުރި ގަޑި: 10:31
ސުންގަޑި: 10 ނޮވެންބަރު 2015 13:00
ކުނަހަންދޫ ސްކޫލް، ލ. ކުނަހަންދޫ
ދިވެހިރާއްޖެ
ވަށާފާރު ރާނައިދޭނެ ފަރާތެއް ހޯދުން

މި ސްކޫލަށް އިތުރުކުރެވުނު 243 ފޫޓު 75 ފޫޓުގެ ބިމުގެ ވަށާފާރު ރާނައިދޭނެ ފަރާތެއް ހޯދުން

މި ސްކޫލަށް އަލަށް އިތުރުކުރެވުނު 243 ފޫޓު 75 ފޫޓުގެ ބިމުގައި 5 ފޫޓު އުސްމިނަށް ވަށާފާރު ރާނަން ބޭނުންވެގެން ކުރެވުނު ނަންބަރު GS-184/IUL./2015/20ފ(11 އޮގަސްޓު 2015)ގެ އިޢުލާނާ ގުޅިގެން އެކަމަށް އެދި އަންދާސީހިސާބު ހުށަހަޅާފައިވާ ފަރާތްތަކުގެ އަންދާސީހިސާބުތައް ފުރިހަމަނުވާތީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ނަންބަރު MSG)22-G/GS-184/2015/29) (އޮކްޓޫބަރު 2015) މެސެޖުން އަންގާފައިވާތީ އެއިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.

ވީމާ، މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 10 ނޮވެންބަރު 2015 ވާ އަންގާރަ ދުވަހުގެ 13:00 އަށް ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 22 ނޮވެންބަރު 2015 ވާ އާދީއްތަ ދުވަހުގެ 13:00 ގައި މި ސްކޫލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ. އަންދާސީހިސާބު ކެނޑުން އޮންނާނީ (އެދުވަހުގެ) 22 ނޮވެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި، އަންދާސީހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާ ފަރާތްތަކުގެ ހާޒިރުގައެވެ. މިބައްދަލުވުމުގައި އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތުން ބައިވެރިވާންވާނެއެވެ. ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ އެ ފޮނުވާ ފަރާތެއްގެ އައިޑީ ކާޑާއި އަންދާސީހިސާބުގެ ވެރިފަރާތުގެ ސިޓީއަކާއެކު އައިޑީކާޑުގެ ކޮޕީއެއް ފޮނުއްވަންވާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ސްކޫލުގެ ނަންބަރު 6800744 އާ ގުޅުއްވުން އެދެމެވެ.

01 ނޮވެންބަރު 2015