ބީލަން
ނަންބަރު: Gs-169/IUL/2025/10
ޕަބްލިޝްކުރި ތާރީޚް: 16 ނޮވެންބަރު 2025
ޕަބްލިޝްކުރި ގަޑި: 10:48
ސުންގަޑި: 02 ޑިސެންބަރު 2025 12:00
ބިލެއްދޫ ސްކޫލް
ދިވެހިރާއްޖެ
2026 ވަނަ އަހަރު ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓާނޭ ފަރާތެއް ހޯދުން

2026 ވަނަ އަހަރު ( 1 ޖަނަވަރީ 2026 ން 31 ޑިސެމްބަރ 2026 )  މިސްކޫލުގެ ސެކިޔުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ގޮތުގެމަތިން އަންދާސީ ހިސާބު ހުށައެޅުން އެދެމެވެ.

 

  • ބީލަން ހުށައެޅުމަށް ރަޖިސްޓްރީކުރުމަށް 20 ނޮވެންބަރު 2025  ވާ ބުރާސްފަތިދުވަހުގެ 12:00 ގެކުރިން 7930205 މިނަންބަރަށް ގުޅުއްވައިގެން ރަޖިސްޓްރީ ކުރުމުގެ ކަންކަން ކުރިޔަށްގެންދެވުން އެދެމެވެ.
  • މިޚިދުމަތް ދިނުމަށްއެދި ބީލަން ހުށައެޅޭނީ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި އަމިއްލަފަރުދުންގެ ވިޔަފާރި ތަކުގެތެރެއިން ޤާނޫނު (19/2014) ގެ ދަށުން ދޫކުރާ ރަޖިސްޓްރީ އާއެކުގައިވާ ޕޮރޮފައިލްގައި މިފަދަ މަސައްކަތް ކުރުމަށް ހުއްދަދެވިފައިވާ  ފަރާތްތަކަށެވެ.

ނޯޓް: މިއިޢުލާނާއެކު ބީލަމާގުޅޭ މަޢުލޫމާތު ކަރުދާސް އެއްއުރަކުރެވިފައި ވާނެއެވެ.  އަދި ބިޑްރަޖިސްޓްރީ ކުރާ ފަރާތްތަކާއި ބީލަންފޮތް ހީއްސާކުރެވޭނެވާހަކަ ދެންނެވީމެވެ.

ބީލަން ހުށައެޅުމަށް ރަޖިސްޓްރީކުރުން

މިމަސައްކަތާގުޅޭގޮތުން  ޕްރީބިޑް މީޓިންގ އެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ޕްރީބިޑް މީޓިންގ އޮންނާނީ 19 ނޮވެންބަރު 2025  ވާ ބުދަދުވަހުގެ 12:00 ގައި ސްކޫލް އޮފީހުގައެވެ.

ޕްރީބިޑް މީޓިންގ

 

ބީލަން ހުށައެޅުން އަދި ބީލަންހުޅުވުން އޮންނާނީ  2 ޑިސެންބަރު  2025 ވާ އަންގާރަ ދުވަހުގެ 12:00 ގައި ބިލެއްދޫ ސްކޫލުގެ އޮފީހުގައެވެ.

ބިޑު ހުށައެޅުމުގެ ފުރުޞަތު ދެވޭނީ މަތީގައި ދެންނެވިފައިވާ ގަޑީގެ ކުރިން ބިޑް ރަޖިސްޓްރީ ކުރާފަރާތްތަކަށް އެކަންޏެވެ. ބީލަން ހުޅުވުމަށް ހުށައަޅާފައިވާ ތާރީޙަކީ އެއްވެސް ސަބަބަކާހުރެ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފިނަމަ ބީލަން ހުޅުވުން އޮންނާނީ ޖެހިގެން އަންނަ ރަސްމީދުވަހުގައެވެ.

ބީލަން ހުށައެޅުމާއި ހުށައަޅަންވީ ސުންގަޑި

16 ނޮވެންބަރު 2025