ދިވެހިރާއްޖެ
މާލޭ ސިޓީ ކައުންސިލުގެ 1447 ވަނަ އަހަރުގެ ޤުރުއާން އަދި މަދަހަ މުބާރާތް ބޭއްވުމަށްޓަކައި ހޯލުތައްޔާރު ކުރުމާއި ކޮންސެޕްޓް ޑިޒައިން ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިމަސައްކަތް ކުރުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ވީމާ މި މަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމަށާއި، އަގު ހުށަހެޅުއްވުމަށް ތިރީގައި މިދަންނަވާ ދުވަސްތަކުގައި މާލޭ ސިޓީ ކައުންސިލްގެ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ބިޑްހުށަހެޅުމަށް ދަންނަވަމެވެ.
|
|
ތާރީޚް |
ގަޑި |
ތަން / ތަފްޞީލް |
|
މަޢުލޫމާތު ސާފުކުރުން |
16 ނޮވެންބަރު 2025 (އާދިއްތަ) |
10:00 |
މާލެ ސިޓީ ކައުންސިލް ހޯލް، ބޮޑުތަކުރުފާނު މަގު/ މީޓިން ރޫމް |
|
އަގު ހުށަހެޅުން |
20 ނޮވެންބަރު 2025 (ބުރާސްފަތި) |
09:30 |
މާލެ ސިޓީ ކައުންސިލް ހޯލް، ބޮޑުތަކުރުފާނު މަގު/ މީޓިން ރޫމް |
މަތީގައި ދަންނަވާފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިޖެހުމުގެ ފަހުން އަންދާސީ ހިސާބު ހުށަހަޅުއްވަން ހާޟިރުވާ ފަރާތަތަކުގެ އާންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ.
ނޯޓް: އަގު ހުށަހެޅުމުގައި ބައިވެރިވެވޭނީ ދިވެހި ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމެންޓް ، އަދި ވިޔަފާރިކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ.