ދިވެހިރާއްޖެ
އިޢުލާން
ސިވިލް ސަރވިސްއަށް ވަނުމަށް ދެވޭ އިމްތިޙާނާ ގުޅޭ
ދިވެހި ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް އެދޭ ފަރާތްތަކަކީ މަސައްކަތުގެ މާހައުލަށް ބޭނުންވާ މައިގަނޑު ހުނަރުތައް ލިބިފައިވާ، ވަޒީފާއަށް ޤާބިލު ފަރާތްތަކެއްތޯ ދެނެގަތުމުގެ ގޮތުން، ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް އެދޭ ފަރާތްތަކަށް ދިނުމަށް ހަމަޖެހިފައިވާ 'ސިވިލް ސަރވިސް އަށް ވަނުމަށް ދެވޭ އިމްތިޙާން' ނުވަތަ 'ސިވިލް ސަރވިސް އެންޓްރެންސް އެގްޒާމް' ގެ ފުރަތަމަ އިމްތިޙާން 02 ޑިސެންބަރު 2015 ގައި މާލެ، އައްޑޫ ސިޓީ އަދި ފުވައްމުލަކުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި އިމްތިޙާނަށް ތައްޔާރުވުމަށް ބޭނުންވާ ފަރާތްތަކުން ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mvގައި އާންމުކޮށްފައިވާ އިމްތިޙާނުގެ މުޤައްރަރާއި ނަމޫނާ ކަރުދާހަށް ބަލައިގެން، އިމްތިޙާން ހެދުމަށް ތައްޔާރުވެވިދާނެއެވެ.
ވީމާ، އިމްތިޙާނުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2015 ނޮވެންބަރު 17 ވާ އަންގާރަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން އިމްތިޙާނުގައި ބައިވެރިވުމަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު އައިޑީކާޑުގެ ކޮޕީއާއެކު ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓްޓިއުޓަށް ނުވަތަ އިންސްޓްޓިއުޓްގެ އީމެއިލް [email protected] އަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. މި އިމްތިޙާނުގައި ބައިވެރިވުމަށް ދައްކަންޖެހޭ ފީއަކީ -/150 ރުފިޔާއެވެ. ފީ ބަލައިގަތުމަށް ހަމަޖެހިފައިވަނީ އިމްތިހާން ބޭއްވުމަށް ހަމަޖެހިފައިވާ ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަންސްގެ މަރުކަޒުތަކުންނެވެ. އެޕްލިކޭޝަން ފީ ބަލައިގަންނަ ތާރީޚު އިމްތިޙާނުގައި ބައިވެރިވާ ފަރާތްތަކަށް އެސް އެމް އެސް ގެ ޒަރީޢާއިން ފޯރުކޮށްދޭނެ ކަމުގައި ދަންނަވަމެވެ.
މި އިމްތިޙާނާ ގުޅޭ އިތުރު މައުލޫމާތު ހޯއްދެވުމަށް ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓްޓިއުޓްގެ ނަންބަރު /33073213307315/3309978 އަށް ގުޅުއްވުން އެދެމެވެ.