ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)138-IS2/138/2015/66
ޕަބްލިޝްކުރި ތާރީޚް: 02 ނޮވެންބަރު 2015
ޕަބްލިޝްކުރި ގަޑި: 09:40
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
އާންމު ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ

އިޢުލާން                 

ޢާންމު ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ:

މާލެއަކީ އަބަދުވެސް ޢިމާރާތްކުރުމުގެ މަސައްކަތްތައް އެކިއެކި ސަރަހައްދުގައި ހިނގަމުންދާ ތަނެކެވެ. އަދި މިހާރަކަށް އައިސް ޢިމާރާތްކުރުމުގެ މަސައްކަތު މާޙައުލުގައި ފަރުވާކުޑަކުރެވެމުންދާކަން މި މިނިސްޓްރީއަށް ފާހަގަކުރެވެއެވެ.  މީގެ އިތުރުން ގިނަ  ޢިމާރާތްތަކުގައި ސަލާމަތީ ކަންތައްތަކަށް ބެލުމެއްނެތި :

  • ބެލްކަނީ ފާރުމަތީގައި ގަސްމުށި ފަދަ ތަކެތި ބެހެއްޓުމާއި،
  • ގޭގޭގައި ހަރުކޮށްފައި ހުންނަ ދޮރުފަދަ ތަކެތި ފީވެ ހަލާކުވެގެން ވެއްޓުމާއި،
  • މީހުން ދިރިއުޅެމުންދާ ގޭގޭގެ ވައިގޮޅި ބަންދުކުރުމާއި،
  • ޓެރަސްއާއި، ނުނިމި ހުންނަ އިމާރާތްތަކުގެ ޝީޓްމަތީގައި ރައްކާތެރިނޫންގޮތްގޮތަށް ފިލަޔާއި، ޓިނު އަދި ދަގަނޑު ފަދަ ތަކެތި ބަހައްޓާކަން ވެސް މި މިނިސްޓްރީއަށް ވަނީ ފާހަގަކުރެވިފައެވެ.

އަދި ގަވާއިދާ ޚިލާފަށް ރައްކާތެރިކަމުގެ ފިޔަވަޅު ނެތި :

  • ގަވާއިދާ ޚިލާފަށް ޢިމާރާތް ކުރުމުގެ މަސައްކަތް ކުރުމާއި
  • ޢިމާރާތްކުރުމުގެ މަސައްކަތުގެ ތެރޭގައި ޢާއްމުނަށް ނުރައްކާވާ ގޮތަށް ކަންކަން ހުރުމާއި،
  • މީހުން ދިރިއުޅެމުންދާ ޢިމާރާތަކަށް އިތުރު ބަދަލެއް ގެނެއުމުގެ މަސައްކަތް ކުރާކަން ވެސް މި މިނިސްޓްރީއަށް ވަނީ ފާހަގަކުރެވިފައެވެ.

އޭގެ ސަބަބުން ފުރާނައަށް ގެއްލުންވާ ފަދަ ނުރައްކާތެރި އެކްސިޑެންޓްތައް ހިނގައި، ބައެއްގެ ފުރާނަ ގޮސްފައިވާ ކަމަކީ ވަރަށްވެސް ހިތާމަވެރި ކަމެކެވެ.  ވުމާއެކު ޢިމާރާތްތަކުގައި ދިރިއުޅުއްވާ ބޭފުޅުންނާ ޢިމާރާތްތައް ކުއްޔަށް ދޫކުރައްވާ ފަރާތްތަކުން އަދި ޢިމާރާތް ކުރުމުގައި ހަރަކާތްތެރިވެލައްވާ ހުރިހާ ކޮންޓްރެކްޓަރުން ޢާންމު ސަލާމަތާއި ރައްކާތެރިކަމަށް މިހާރަށްވުރެ ބޮޑަށް ސަމާލުކަންދެއްވުމަށް އެދި ދަންނަވަމެވެ.

މި ގޮތުން ތަނެއް ޢިމާރާތްކުރުމުގެ މަސައްކަތް ފެށްޓެވުމުގެ ކުރިންނާއި މަސައްކަތް ކުރިއަށް ދާއިރު އަދި ޢިމާރާތްކޮށް ނިމި އިމާރާތް ބޭނުން ކުރަން ފެށުމުން ޢިމާރާތައް އިތުރު ބަދަލުތައް ގެންނަނަމަ ސަލާމަތީ ފިޔަވަޅުތައް އަޅުއްވައި، އެކަންކަން ފުރިހަމަ ކުރެއްވުމުގައި މާލޭ ޕްލޭނިންގ ގަވާއިދާއި، ގަވާއިދުގެ ދަށުން ހެދިފައިވާ އުސޫލުތަކާއި އެއްގޮތަށް ކުރިޔަށް ގެންދެވުމަށް ދަންނަވަމެވެ. އަދި ގަވާއިދާ ޚިލާފަށް މަސައްކަތް ކުރާ އެންމެހައި ފަރާތްތަކާމެދު ފިޔަވަޅު އަޅައި ޖޫރިމަނާ ކުރަންޖެހޭ ހާލަތުތަކުގައި ޖޫރިމަނާ ކުރެވޭނެއެވެ.

ވީމާ، މިފަދަ މައްސަލަތައް ރިޕޯޓު ކުރެއްވުމަށް މި މިނިސްޓްރީން ޤާއިމުކޮށްފައިވާ ހޮޓްލައިން 7934617  ނަންބަރަށް ގުޅުއްވައި ނުވަތަ މެސެޖަކުން އަންގަވައިދެއްވުން އެދެމެވެ. ނުވަތަ މި މިނިސްޓްރީގެ އީ-މެއިލް އެޑްރެސް [email protected] އަށް މައްސަލަތައް ފޮނުއްވައިދެއްވުން އެދެމެވެ.

20 މުޙައްރަމް 1437

02 ނޮވެންބަރު 2015