ބީލަން
ނަންބަރު: (IUL)123-P/123/2025/114
ޕަބްލިޝްކުރި ތާރީޚް: 13 ނޮވެންބަރު 2025
ޕަބްލިޝްކުރި ގަޑި: 13:50
ސުންގަޑި: 25 ނޮވެންބަރު 2025 10:00
އެންޓި-ކޮރަޕްޝަން ކޮމިޝަން
ދިވެހިރާއްޖެ
މި ކޮމިޝަނުގެ ރިކުއާމަންޓާ އެއްގޮތަށް އިވެންޓް މެނޭޖް ކުރާނެ ފަރާތެއް ހޯދުމަށް ދެވަނަ ފަހަރަށް އިޢުލާނުކުރުން!

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ.

މި ކޮމިޝަނުގެ ނަންބަރު: (IUL)123-A/123/2025/105ގެ އިޢުލާން (މި ކޮމިޝަނުގެ ފަރާތުން ދީފައިވާ ރިކުއާމަންޓާ އެއްގޮތަށް އިވެންޓް މެނޭޖް ކުރާނެ ފަރާތެއް ހޯދުން)އާ ގުޅިގެން ތަރުޙީބު ލިބިފައި ނުވާތީ، ކޮމިޝަނުގެ ރިކުއާމަންޓާ އެއްގޮތަށް އިވެންޓް މެނޭޖް ކުރާނެ ފަރާތެއް ހޯދުމަށް ދެވަނަ ފަހަރަށް އިޢުލާނުކުރަމެވެ.

މި ބިޑާ ގުޅިގެން ބާއްވާ ޕްރީބިޑް ބައްދަލުވުމާއި މަޢުލޫމާތު ސެޝަން އޮންނާނީ 2025 ނޮވެންބަރު 16 ވާ އާދީއްތަ ދުވަހުގެ 10:00ގައި މި ކޮމިޝަނުގެ އިދާރާ، މ.ފިނިފަރުގެ 07 ވަނަ ފަންގިފިލާގައެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2025 ނޮވެންބަރު 25 ވާ އަންގާރަ ދުވަހުގެ 10:00ށް މި ކޮމިޝަނުގެ އިދާރާ، މ.ފިނިފަރުގެ 07 ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މި ބީލަމާ ގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާ އެކު އެއްހީރަސްކޮށްފައި ވާނެއެވެ. އަންދާސީހިސާބު ހުށަހަޅުއްވަން ވާނީ ޕްރީބިޑް މީޓިންގައި ފޯރުކޮށްދޭ މަޢުލޫމާތާއި މަޢުލޫމާތު ކަރުދާހުގައިވާ ގޮތަށެވެ.

 

22 ޖުމާދަލްއޫލާ 1447

13 ނޮވެންބަރު 2025

13 ނޮވެންބަރު 2025