ވަޒީފާގެ ފުރުޞަތު
ނަންބަރު: 57-K/IU/2025/63
ޕަބްލިޝްކުރި ތާރީޚް: 13 ނޮވެންބަރު 2025
ޕަބްލިޝްކުރި ގަޑި: 11:48
ސުންގަޑި: 24 ނޮވެންބަރު 2025 14:00
ރައްޔިތުންގެ މަޖިލީހުގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާ ފުރުޞަތު: ސަރވިސަސް ސުޕަވައިޒަރ

       ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމުގެ ނަން:

 ސަރވިސަސް ސުޕަވައިޒަރ   

ރޭންކް:

 SS4/B

ސެކްޝަން/ޑިޕާޓްމަންޓް:

 މެއިންޓެނަންސް އެންޑް ސަޕޯޓް ސަރވިސަސް – އެޑްމިނިސްޓްރޭޓިވް އެފެއާޒް ޑިޕާޓްމަންޓް

ބޭނުންވާ ޢަދަދު:

 1

ތަޢުލީމާއި ތަޖްރިބާ:

  • ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، ދާއިރާއިން ކަނޑައަޅާ މަސައްކަތަށް ބޭނުންވާ ތަމްރީނެއް/ލައިސަންސެއް/ހުއްދައެއް/ ސަނަދެއް ހާސިލްކޮށްފައިވުން، ނުވަތަ

 

  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 2 ގެ ސަނަދެއް ހާސިލްކޮށްފައިވުން، ނުވަތަ

 

  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 1 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ގޯތިތެރެއާއި، އިމާރާތުގެ އެތެރެ ޒީނަތްތެރިކޮށް ބޭއްވުމަށްޓަކައި ބޭނުންވާ ގަސްތައް ހެއްދުމާއި ގަސްތައް ބެލެހެއްޓުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް މޮނިޓަރކޮށް ބެލެހެއްޓުން.
  • މަޖިލީހުގެ އިދާރާގެ ގޯތިތެރޭގައި ހައްދާފައިވާ ގަސްތައް ބެލެހެއްޓުމާއި، މުވައްޒަފުންގެ މަސައްކަތު ތާވަލު އެކުލަވާލައި މަސައްކަތް ކުރުވުން.
  • ގަސް އިންދާނެ ތަނާއި، ބޭނުންކުރާނެ ގަސްތައް ކަނޑައެޅުމާއި، އަލުން ގަސް އިންދުމާއި، ގަސްތައް ބަދަލުކުރުންފަދަ އެންމެހާ މަސައްކަތްތައް އަމަލީގޮތުން ކުރުމާއި މުވައްޒަފުން ލައްވައި ކުރުވުން.
  • މަސައްކަތަށް ބޭނުންވާ ސާމާނާއި ވަސީލަތްތައް ހޯދުމުގައި ސެކްޝަން ހިންގުމާ ހަވާލުވެ ހުންނަ ފަރާތަކަށް އެހީތެރިވެދިނުން.
  • އޮފީހުގެ ރަސްމީ ނޫން ވަގުތުގައިވެސް ގަސްތައް ބެލެހެއްޓުމުގެ އެންމެހާ މަސައްކަތްތައް ބެލެހެއްޓުން.

އުޖޫރަ:

- މަހަކު 7,000 ރުފިޔާ

އެލަވަންސް/ޢިނާޔަތްތައް:

- ހާޒިރީ އެލަވަންސްގެ ގޮތުގައި 4,400 ރުފިޔާ

- ލިވިންގ އެލަވަންސްގެ ގޮތުގައި މަހަކު 3500 ރުފިޔާ

- ޚާއްޞަ އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %20

- އިތުރު ގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެ

ސުންގަޑި:

 24 ނޮވެންބަރު 2025 ގެ 14:00 ގެ ނިޔަލަށް

ވަޒީފާއަށް އެޕްލިކޭޝަން ފޯމް ހުށަހެޅުން އަދި ހުށަހަޅަންޖެހޭ ލިޔުންތައް:     

 

ވަޒީފާއަށް އެދި ހުށަހަޅަންވާނީ ތިރީގައިވާ ލިންކް މެދުވެރިކޮށް އޮންލައިން ކޮށެވެ. އަދި އޮންލައިން ފޯމާއެކު ތިރީގައިވާ ލިޔެކިޔުންތައް ޕީ.ޑީ.އެފް ފޯމެޓްގައި އެއް ފައިލެއްގެ ގޮތުގައި އެޓޭޗްކުރަންވާނެއެވެ.

https://majlis.gov.mv/apply

  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ޖީ.ސީ.އީ އޯލެވެލް އަދި ޖީ.ސީ.އީ އޭލެވެލް ސެޓްފިކެޓްތަކުގެ ކޮޕީ
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ ކޯސް ނިންމިކަމުގެ ލިޔުން (އެކްރެޑިޓްކޮށްފައި)
  • ތަޖުރިބާ ދަލީލުކޮށްދޭ ވަޒީފާ އަދާކޮށްފައިވާ ފަރާތްތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

 

ނޯޓް: މިމަޤާމަށް އެދި ފޯމް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މިމަޤާމަށް ޝަރުތު ހަމަނުވާ ފަރާތްތަކުގެ ފޯމް ބާޠިލްވާނެއެވެ. މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އިންޓަވިއުއަށް ޝޯޓްލިސްޓްކުރުމުގައި އުމުރުން 45 އަހަރުން ދަށުގެ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. އަދި މި މަޤާމުގެ މަސައްކަތުގެ ތަޖުރިބާގެ ގޮތުގައި ހަމައެކަނި ބަލާނީ، ވަޒީފާގެ މަސްއޫލިއްޔަތުގެ ގޮތުގައި އިޢުލާނުގައި ބަޔާންކޮށްފައި ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށެވެ.

13 ނޮވެންބަރު 2025