ދިވެހިރާއްޖެ
ބަނދަރު ތަރުތީބު ކުރުމާއި ގުޅޭގޮތުން ރައްޔިތުންނާއި އެކު ބޭއްވުނު ބައްދަލުވުމުގައި އުޅަނދު ތަކަށް ޖާގަ ހަމަޖެއްސުމަށް މިރަށުގައި ހުރި ހުރިހާ އުޅަނދު ތަކެއް ހިމެނޭގޮތަށް ނެގުނު ގުރުއަތުގައި އެއުޅަނދަކަށް ހާއްސަކުރެވުނު ސަރަހައްދަކީ މީގެ ފަހުން އެއުޅަނދަކަށް ހާއްސަކުރެވިފައިވާ ސަރަހައްދެވެ.އަދި މިގޮތަށް ކަނޑައެޅުމުން އެ އުޅަނދަކަށް ޚާއްސަކުރެވުނު ސަރަހައްދު ފިޔަވައި އެހެން ސަރަހައްދެއްގައި އުޅަނދުއެޅުމަކީ ބަނދަރު ބެލެހެއްޓުމާއިބެހޭ ޤަވާއިދާއި ޚިލާފު ކަމެކެވެ. އަދި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދައިގެން ހެދުނު މިޤަވާއިދަށް އެންމެހާ ފަރާތްތަކުން އަމަލުކޮށްދެއްވުމަކީ މިކައުންސިލްގެ ވަރަށްބޮޑު އެދުމެކެވެ. ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދައިގެން ރައްޔިތުންގެ ހާލަތާއި، އެންމެހާ ރައްޔިތުންގެ މަސްލަހަތައް ބެލިގެން ކުރާ މިފަދަ ކަންކަން ކުރުމުގައާއި މިޤަވާއިދު ތަންފީޒުކުރުމަށް ކުރެވޭ އެންމެހާ މަސައްކަތަކީ ހުރިހާ ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުން ލިބިގެން ނޫނީ ނުވާނެކަމެކެވެ.
ބަނދަރު ބެލެހެއްޓުމާއިބެހޭ ޤަވާއިދު ތަންފީޒުކުރުމަށް މިކުރެވޭ މަސައްކަތުގައި ކައުންސިލުގެ މަސައްކަތަށް ހުރަސްއަޅާ ފަރާތްތަކާމެދު ލާމަރުކަޒީ ޤާނޫނުގައިވާ ގޮތުގެމަތިން ފިޔަވަޅު އަޅާނެ ވާހަކަ ދަންނަވަމެވެ. މިއިޢުލާނު އާއްމުކުރެވޭއިރު އެއުޅަނދަކަށް ކަނޑައަޅާފައިވާ ސަރަހައްދު ފިޔަވާ އެހެނިހެން ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް 18 ނޮވެންބަރ 2025 ވަނަ ދުވަހުގެ 23:59 ގެ ކުރިން ބަދަލުކުރުމަށް އުޅަނދުފަހަރުގެ ވެރިފަރާތްތަކަށް އަންގާ ނަސޭހަތްތެރިވަމެވެ.
މިފުރުސަތުގައި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ދެއްވަމުންދާ އެއްބާރުލެއްވުމަށް ނުހަނު އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.