ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)357-Me357/357/2025/72
ޕަބްލިޝްކުރި ތާރީޚް: 13 ނޮވެންބަރު 2025
ޕަބްލިޝްކުރި ގަޑި: 09:33
ފެލިދެއަތޮޅު ފުލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންގެ ބައްދަލުވުން

     ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ 19 ސެޕްޓެމްބަރު 2025 ގައި ފުލިދޫއަށް ކުރެއްވި ދަތުރުފުޅުގައި، މިކައުންސިލާއިއެކު ބޭއްވުނު ބައްދަލުވުމުގައި، ރަށަކީ ޤުދުރަތީގޮތުން ރީތި ރަށަކަށްވުމުން، ބިން ހިއްކުންފަދަ މަޝްރޫޢަކުން ރަށުގެ ރީތިކަމަށް އަސަރުކުރުމުގެ ފުރުޞަތު އޮތުމުގެ ސަބަބުން ރައްޔިތުން ބޭނުންވާގޮތް ކައުންސިލު މެދުވެރިކޮށް ހުށަހެޅުމަށް ދަންނަވާފައިވާތީ ކައުންސިލުން މިކަމާއި ގުޅިގެންކޮށްފައިވާ މަސައްކަތްތައް ހިއްސާކުރުމަށް ބާއްވާ ރައްޔިތުންގެ ބައްދަލުވުމެއް ، 20 ނޮވެމްބަރު 2025 ވާ ބުރާސްފަތި ދުވަހުގެ ރޭގަނޑު 8:30 ގައި ވ.ފުލިދޫ އީ-ސެންޓަރުގައި އޮންނާނެއެވެ.
ވީމާ މި ބައްދަލުވުމުގައި ވ.ފުލިދޫގެ ރައްޔިތުން ބައިވެރިވެ ދެއްވުންއެދި ދަޢުވަތު އަރުވަމެވެ.މިއުލާނާއިއެކު ކައުންސިލުންކޮށްފައިވާ މަސައްކަތްތަކުގެ ޑިޒައިންތައް އެއްހީރަސްކުރީމެވެ.

13 ނޮވެންބަރު 2025