ދިވެހިރާއްޖެ
އަލަށް އެކުލަވާލެވުނު ޤައުމީ މަންހަޖު ތަންފީޒުކުރަން ފެށުމާ ގުޅިގެން، ކުރިން ސްކޫލްތަކުގައި ބޭނުންކުރަމުން އައިސްފައިވާ ޓެކްސްޓް ފޮތްތައް ނައްތާލުމަށް ކުރެވުނު މިމިނިސްޓްރީގެ ނަންބަރު IUL)22-PU/1/2015/340) އިޢުލާނާ ގުޅިގެން ޕްރޮޕޯޒަލް ހުށަހަޅާފައިވަނީ 2 ފަރާތުން ކަމަށްވާތީ، އެއިޢުލާން ބާޠިލު ކުރުމަށްފަހު އަލުން އިޢުލާން ކުރީމެވެ.
ވީމާ، މިފޮތްތައް ނައްތާލުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭގެ 08 ވަނަ ފަންގިފިލާ) ގެ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް ޕްރޮޕޯޒަލް ހިއްޕަވައިގެން މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭގެ 08 ވަނަ ފަންގިފިލާ) ގެ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެންދެއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމަށް |
ޕްރޮޕޯޒަލް ހުށަހެޅުމަށް |
08 ނޮވެންބަރު 2015 (އާދީއްތަ) ދުވަހުގެ 14:00 އަށް |
12 ނޮވެންބަރު 2015 (ބުރާސްފަތި) ދުވަހުގެ 14:00 އަށް |
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341436/3341403 ނަންބަރު ފޯނާއެވެ.
20 މުޙައްރަމް 1437