ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)294-C/294/2025/71
ޕަބްލިޝްކުރި ތާރީޚް: 12 ނޮވެންބަރު 2025
ޕަބްލިޝްކުރި ގަޑި: 08:52
ސުންގަޑި:
20 ނޮވެންބަރު 2025 13:00
މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ނ.މަނަދޫގައި ކަޅުވެލި ނެގުމަށް، އަލަށް ކަނޑައަޅާފައިވާ ސަރަޙައްދުގައި ހުރި ރުއްގަހުގެ ވެރިފަރާތްތައް ހޯދުން
ޢިއުލާން
ނ.މަނަދޫގައި ކަޅުވެލި ނެގުމަށް، އަލަށް ކަނޑައަޅާފައިވާ ސަރަޙައްދުގައި ހުރި ރުއްގަހުގެ ވެރިފަރާތްތައް ހޯދުން
ނ.މަނަދޫގައި ކަޅުވެލި ނެގުމަށް އަލަށް ކަނޑައަޅާފައިވާ، މިދަންނަވާ ސަރަޙައްދުގައި ހުރި ރުއްގަހުގެ ވެރިފަރާތްތަކުން، 20 ނޮވެމްބަރ 2025 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މިއިދާރާއަށް ދުރުވެ އެފަރާތެއްގެ ރުއްގަސް މިއިދާރާގައި ނޯޓް ކުރެއްވުން އެދެމެވެ. އަދި މުއްދަތު ހަމަވުމަށްފަހު އަންނަ އެއްވެސް ފަރާތެއްގެ މައުލޫމާތު ބަލައިނުގަނެވޭނެ ވާހަކަވެސް ހިތާމައާއިއެކު ދަންނަވަމެވެ.
- · އާމަގު ދަނޑުކޮޅާއި ދިމާ ހުޅަނގުފަޅި (އަލަށް އިމާރާތްކުރާ ހޮސްޕިޓަލް އެޅުމަށް ކަނޑައެޅިފައިވާ ބިމުގެ ހުޅަނގުފަރާތުގައިވާ އުސްގަނޑު)
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
12 ނޮވެމްބަރ 2025
12 ނޮވެންބަރު 2025