ބީލަން
ނަންބަރު: (IUL)KRH/PLD/2025/113
ޕަބްލިޝްކުރި ތާރީޚް: 12 ނޮވެންބަރު 2025
ޕަބްލިޝްކުރި ގަޑި: 13:39
ސުންގަޑި:
23 ނޮވެންބަރު 2025 13:00
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
: ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އިމާރާތާއި ގޯތިތެރެ އަދި އުފަންހިޔާ ކުނިކަހައި ފޮޅައި ސާފު ކުރުން
މި އިޢުލާނަކީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އިމާރާތާއި ގޯތިތެރެ އަދި އުފަންހިޔާ ކުނިކަހައި ފޮޅައި ސާފު ކުރުމުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް ކުރެވޭ އިޢުލާނެކެވެ. މި އިޢުލާނާ ގުޅިގެން ކުރަންޖެހޭ މަސައްކަތުގެ ތަފްޞީލު އަދި ބީއޯކިޔު ބީލަމުގައި ރަޖިސްޓަރ ވާ ފަރާތްތަކަށް އީ-މެއިލްގެ ޒަރިއްޔާއިން ހިއްސާ ކުރެވޭނެއެވެ.
ވީމާ، މި މަސައްކަތް ކުރުމަށް ޝައުގުވެރިވާ، މިކަމަށް ޝަރުތު ހަމަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
ބީލަން ހުށަހަޅާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންތައްތައް
- ޚިދުމަތް ފޯރުކޮށްދޭ ފަރާތަކީ ސަރުކާރުގެ ޤަވާއިދާ އެއްގޮތްވާގޮތުގެ މަތީން، ސަރުކާރުގެ ތަންތަނަށް މަސައްކަތް ކޮށްދިނުމަށް އެއްބާރުލުމަށް އެއްބަސްވާ ފަރާތެއް ކަމުގައިވާން ވާނެއެވެ.
- މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން ރެޖިސްޓްރޭޝަން ލިންކް: https://forms.gle/nFDCjgYdsvBVtCLo7 މެދުވެރިކޮށް 12 ނޮވެމްބަރ 2025 ވާ ބުދަ ދުވަހުން ފެށިގެން 23 ނޮވެމްބަރ 2025 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން ފުރިހަމަކުރެއްވުމަށް ދަންނަވަމެވެ.
- ބީލަން ހުށަހެޅުމަށް ގެޒެޓް ކުރެވިފައިވާ މަޢުލޫމާތު ކަރުދާހުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތަކާއި މި ބީލަމުގެ "ބީލަން ހުށަހަޅާ ފޯމު" ފުރިހަމަ ކުރައްވާ ހުށަހަޅަން ވާނެއެވެ.
- މި އިޢުލާނާ ގުޅޭ އެއްވެސް މަޢުލޫމާތެއް ސާފުކުރަން ބޭނުންވެލައްވާނަމަ އިޢުލާން ކުރެވިފައިވާ ތާރީޚުން ފެށިގެން 25 ނޮވެންބަރު 2025 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން [email protected] އަށް ފޮނުއްވާ ދެއްވުންއެދެމެވެ.
- މި ބީލަމުގައި ރަޖިސްޓަރ ވުމުން ފޮނުވޭ މަސައްކަތުގެ ތަފްޞީލް ރަނގަޅަށް ކިޔާ ދިރާސާކުރުމަށް ހަނދުމަފުޅުކޮށް އަރުވަމެވެ.
- ބީލަން ހުށަހަޅާއިރު ހުށަހަޅަންވާނީ ބީލަން ހުށަހެޅުމަށް އިރުޝާދު ދެވިފައިވާ ގޮތަށް ކަމުގައި ދަންނަވަމެވެ.
- ރަޖިސްޓްރީ ކުރައްވާފައި ނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ވެސް ދަންނަވަމެވެ.
ބީލަން ހުށަހެޅުން
- ތަން: އަލިމަސް މާލަން (ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މީޓިންގ ރޫމް)
- ތާރީޚް: 26 ނޮވެމްބަރ 2025 (ބުދަ ދުވަސް)
- ގަޑި: 11:00 ގައި
12 ނޮވެންބަރު 2025