ދިވެހިރާއްޖެ
ނީލަން ކިއުން
މި އިދާރާގައި ހުރި ބައުވެ ހަލާކުވެފައިވާ މުދާ ނީލަން ކިޔުން، 2025 ނޮވެމްބަރު 20 ވާ ހޯމަ ދުވަހުގެ ހެނދުނު 10:30 ގައި، އޯރކިޑް ބިލްޑިންގައި އޮންނާނެއެވެ. ނީލަން ކިޔުމަށް ހަމަޖެހިފައިވާ މުދަލުގެ މަޢުލޫމާތާއި އަދި މުދަލުގެ އަގު، މި އިޢުލާނާއެކު އެއްކަރުދާސް ކޮށްފައިވާނެއެވެ. ނީލަން ކިއުމަށް ހަމަޖެހިފައިވަނީ " ދުވަހު ނީލަން " ކަމުގައި ދަންނަވަމެވެ.
މި ނީލަމުގައި ބައިވެރިވެލައްވަން، ބޭނުންފުޅުވާ ފަރާތްތަކުން، 2025 ނޮވެމްބަރު 20 ވާ ހޯމަ ދުވަހުގެ ހެނދުނު 10:30 އަށް އޯރކިޑް ބިލްޑިންގައި ވަޑައިގެންދެއްވުން އެދެމެވެ. އަދި ނީލަމަށް ވަޑައިގަންނަވާއިރު އެފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީއެއް އަދި ކުންފުންޏެއްނަމަ ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީއެއް ގެންނަވަން ވާނެއެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.