ދިވެހިރާއްޖެ
'މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވޯކްސް'އިން ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ޢިމާރާތްކުރާ 55 ކައުންސިލް އިދާރާގެ މަޝްރޫޢުގެ ދަށުން، މިރަށުގައި ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ ރަށު ކައުންސިލްގެ އިދާރާގެ މަސައްކަތް ރަށު ފެންވަރުގައި މޮނިޓަރކުރުމުގެ މަޤްޞަދުގައި، ރަށު ޕްރޮޖެކްޓް މޮނިޓަރިންގ ކޮމެޓީ ހިންގާ އުޞޫލުގައި ބަޔާންކުރެވިފައިވާ ގޮތުގެ މަތިން "ރަށު ޕްރޮޖެކްޓް މޮނިޓަރިންގ ކޮމެޓީ"އެއް އެކުލަވާލަން ބޭނުންވެއެވެ. ރަށު ޕްރޮޖެކްޓް މޮނިޓަރިންގ ކޮމެޓީ ހިންގާ އުޞޫލުގެ 5ވަނަ ނުކުތާގައި ރަށު މޮނިޓަރިންގ ކޮމެޓީ އެކުލެވިގެންވާގޮތުގެ މަތިން، ތިރީގައިވާ ބައިތަކުގެ ތެރެއިން ކޮމެޓީގައި ބައިވެރިވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2025 ނޮވެންބަރު 16ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ ލިންކު މެދުވެރިކޮށް ނަން ހުށަހެޅުއްވުން އެދެމެވެ.
(ރ) ރަށުގެ ޢާންމުންގެ ތެރެއިން ކަނޑައަޅާ މެންބަރު
(ބ) ކްލަބު ނުވަތަ ޖަމުޢިއްޔާތަކުން ކަނޑައަޅާ މެންބަރު
(ޅ) އިސް ރަށްވެހީންގެ ތެރެއިން ކަނޑައަޅާ މެންބަރު
(ކ) ޒުވާނުންގެ ތެރެއިން ކަނޑައަޅާ މެންބަރު
(އ) މަޝްރޫޢުގެ ފަންނީ ކަންކަމަށް ޚާއްސަކޮށް ކަނޑައަޅާ މެންބަރު
ލިންކް: https://forms.gle/32SXF4HR1JvPkeJF8
ރަށު ޕްރޮޖެކްޓް މޮނިޓަރިންގ ކޮމެޓީ ހިންގާ އުޞޫލު މި އިޢުލާނާ އެއްކަރުދާސް ކުރެވިފައިވާނެއެވެ.