ޢާންމު މަޢުލޫމާތު
ނަންބަރު: 538-A/2025/91
ޕަބްލިޝްކުރި ތާރީޚް: 12 ނޮވެންބަރު 2025
ޕަބްލިޝްކުރި ގަޑި: 10:41
ށ. މިލަންދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ހޮވައިގެން ގެނެސްފައިވާ ކޭސްކާޑަކާއި ފައިސާގެ ވެރިފަރާތް ހޯދުމަށް

ހޮވައިގެން ގެނެސްފައިވާ ކޭސްކާޑަކާއި ފައިސާތަކެއް 10 ނޮވެމްބަރ 2025 ވަނަ ދުވަހު އާންމު ފަރާތަކުންވަނީ މިކޯޓާއި ޙަވާލުކޮށްފައެވެ.

މިފައިސާ ހޮވާފައިވަނީ ށ.މިލަންދޫ ބީ.އެމް.އެލް އޭޓީއެމް ކައިރިންނެވެ. ޢާއްމު ފަރާތަކުން ހޮވައިގެން ގެނެސްފައިވާ މިފައިސާގެ ވެރިފަރާތެއްވާނަމަ ގެއްލިފައިވާ ފައިސާތަކުގެ ސިފަތައް (ނޫޓުގެ ޢަދަދާއި، ފައިސާގެ ޖުމްލަ،) އެނގޭގޮތަށް މިކޯޓަށް ލިޔުމަކުން ހުށަހަޅައި، މިއަދު، 12 ނޮވެމްބަރ 2025 ވަނަ ދުވަހުން ފެށިގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި ފައިސާއާއި ކާޑުގެ ވެރިފަރާތް ސާބިތުކުރުމަށްފަހު ފައިސާ ލިބިގަތުމަށް ދަންނަވަމެވެ.

      އަދި، މިފައިސާ ހޯދުމަށް އެއްވެސް ފަރާތަކުން ހުށަނާޅައިފިނަމަ މިފައިސާއާމެދު ޤަވާއިދުގައިވާ ގޮތުގެ މަތީން ޢަމަލްކުރެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

12 ނޮވެންބަރު 2025