ވަޒީފާގެ ފުރުޞަތު
ނަންބަރު: I/IUL/2025/241
ޕަބްލިޝްކުރި ތާރީޚް: 12 ނޮވެންބަރު 2025
ޕަބްލިޝްކުރި ގަޑި: 09:39
ސުންގަޑި: 18 ނޮވެންބަރު 2025 15:00
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ވެސެލް ކެޕްޓަން، ލޯންޗް ކުރޫ، ޑްރައިވަރ

ވަޒީފާގެ ފުރުޞަތު

މަޤާމް:

ވެސެލް ކެޕްޓަން

ވަޒީފާގެ ދާއިރާ:

ރީޖަނަލް އެންޑް ޓްރާންސްޕޯޓް ސަރވިސަސް ޑިޕާޓްމަނންޓް

ބޭނުންވާ ޢަދަދު:

01

މުސާރަ:

-/8,000ރ އާއި -/15,000ރ ދެމެދު (އަސާސީ މުސާރަ އަދި އެހެނިހެން އެލަވަންސް ހިމެނޭނެހެން)

ފެންވަރު ނުވަތަ ޝަރުޠު:

  • ކޯސްޓަލް ނެވިގޭޝަން ސެޓްފިކެޓް 01 (ސްކިޕަރ ކްލާސް V) ހާސިލްކޮށޮފައިވުން
  • ކަނޑުގެ އުޅަނދު ދުއްވުމުގެ ލައިސަންސް ލިބިފައިވުން
  • މަސައްކަތުގެ ދައިރާއިން މަދުވެގެނެ 05 އަހަރުގެ ތަޖުރިބާ ލިބިފައިވުން.

ދާއިރާގެ މައިގަޑު މަސައްކަތް:

ކުންފުނީގެ ލޯންޗް / ދޯނި ދުއްވުން.

މަޤާމް:

ލޯންޗް ކުރޫ

ވަޒީފާގެ ދާއިރާ:

ރީޖަނަލް އެންޑް ޓްރާންސްޕޯޓް ސަރވިސަސް ޑިޕާޓްމަނންޓް

ބޭނުންވާ ޢަދަދު:

03

މުސާރަ:

-/8,000ރ އާއި -/15,000ރ ދެމެދު (އަސާސީ މުސާރަ އަދި އެހެނިހެން އެލަވަންސް ހިމެނޭނެހެން)

ފެންވަރު ނުވަތަ ޝަރުޠު:

ބޭރުގައި އިންޖީނު އެޅި 10 ހޯސް ޕަވަރުން ފެށިގެން މަތީ އުޅަނދު ދުއްވުމުގެ ލައިސަންސް އޮތުމާއި ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ ހީވާގި މީހެއް ކަމުގައިވުން އަދި މަޤާމުގެ މަސްއޫލިއްޔަތު އަދާ ކުރެވޭނެ ފަދަ އުމުރާއި ސިއްހަތުގެ ގޮތުން އެކަށީގެންވުމާއި މަދުވެގެން 03 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ހުރުން

ދާއިރާގެ މައިގަޑު މަސައްކަތް:

ކުންފުނީގެ ލޯންޗް އަދި ދޯނީގައި ހަމަޖެހިފައިވާ ގޮތުގެ މަތީން ޑިއުޓީ ކުރުމާއި ދަތުރުތައް ކުރުން އަދި ލޯންޗް/ދޯނި ސާފުކޮށް ބެލެހެއްޓުން.

މަޤާމް:

ޑްރައިވަރ

ވަޒީފާގެ ދާއިރާ:

ރީޖަނަލް އެންޑް ޓްރާންސްޕޯރޓް ސަރވިސަސް ޑިޕާޓްމަންޓް

ބޭނުންވާ ޢަދަދު:

05

މުސާރަ:

-/8,000ރ އާއި -/12,000ރ ދެމެދު (އަސާސީ މުސާރަ އަދި އެހެނިހެން އެލަވަންސް ހިމެނޭނެހެން)

ފެންވަރު ނުވަތަ ޝަރުޠު:

  • ޑްރައިވިންގ ލައިސަންސް C2, C1, B2 ,B1, A1, A0 ކެޓަގަރީތަކުގެ ލައިސަންސް އޮތުމާއިއެކު މަސައްކަތު ދާއިރާއިން މަދުވެގެން 03 އަހަރު ދުވަހުގެ ތަޖުރިބާ ލިބި އަދި މަޤާމުގެ މަސްޢޫލިއްޔަތު އަދާކުރޭވޭ ފަދަ ޢުމުރާއި ސިއްޙަތުގެ ގޮތުން އެކަށީގެންވުން.

ދާއިރާގެ މައިގަޑު މަސައްކަތް:

  • ޑިޕާރޓްމަންޓްތަކަށް ބޭނުންވާ އެއްގަމު ދަތުރުކުރުން
  • ޑިޕާރޓްމަންޓްގެ ޙަވާލުގައި ހުންނަ އެއްގަމުގައި ދުއްވާ ވެހިކަލްތައް ފޮޅާ ސާފުކުރުމާއި، އެކަމާގުޅޭ އެންމެހައި މަސައްކަތްތައް
  • ވެހިކަލްތަކަށް ބޭނުންވާ ފެނާއި، ތެޔޮ ބަލާ ދުވަހުން ދުވަހަށް ޗެކުކުރުން

ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚް:

18 ނޮވެންބަރު 2025 ވަނަ ދުވަހުގެ 15:00 ގެ ކުރިން

ސުންގަޑި:

މި މަޤާމަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، މި ކުންފުނީގެ ހެޑް އޮފީހުގެ ރިސެޕްޝަނަށް ނުވަތަ އިންޖީނުގެ އަށް 18 ނޮވެންބަރު 2025 ވަނަ ދުވަހުގެ 15:00 ގެ ކުރިން ހުށަހެޅުން އެދެމެވެ.

އިންޓަވިއު:

އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާއެވެ.

ހުށަހަޅަން ޖެހޭ ލިޔުން:

  1. ވަޒީފާ އަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކުންފުނީގެ www.stelco.com.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
  2. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  3. އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން
  4. ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑުގެ ކޮޕީ

އިތުރު މަޢުލޫމާތު:

  • މިވަޒީފާތަކަށް ހޮވޭ ފަރާތްތަކަށް އަސާސީ މުސާރައިގެ އިތުރުން ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި ވަޒީފާ އަށް ނުކުންނަ ކޮންމެ ދުވަހަކަށް ދެވޭ އެލަވަންސް ދެވޭނެއެވެ.
  • މިވަޒީފާއަކީ 02 އަހަރު ދުވަހުގެ ކޮންޓްރެކްޓަށް ނެގޭ ވަޒީފާއެކެވެ. އަދި 02 އަހަރު ހަމަވުމުން މަސައްކަތުގެ ފެންވަރަށް ބަލައި ރަނގަޅުނަމަ ވަޒީފާ ދާއިމީ ކުރެވޭނެއެވެ.
  • ވަޒީފާއަށް ހޮވުމުގައި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރަށާއި މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • މިމަޤާމް އަށް ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން، އެފަރާތްތައް ހުށަހަޅާފައިވާ ލިޔެކިއުންތަކާއި، ތަޖުރިބާ އަދި އިންޓަވިއުއަށް ބެލުމަށްފަހު، އެންމެ އެކަށީގެންވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހަމަޖެއްސުމުގެ އިޚްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.
  • ސްޓެލްކޯގައި މަސައްކަތްކުރާ މުވައްޒަފުންނަށް މި މަޤާމަށް ކުރިމަތި ނުލެވޭނެއެވެ.

21 ޖުމާދުލްއޫލާ 1447

12 ނޮވެންބަރު 2025

12 ނޮވެންބަރު 2025