ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)142-B1/142/2025/224
ޕަބްލިޝްކުރި ތާރީޚް: 10 ނޮވެންބަރު 2025
ޕަބްލިޝްކުރި ގަޑި: 14:51
ސުންގަޑި: 29 ޖަނަވަރީ 2026 14:00
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
1447 ވަނަ އަހަރު ރާއްޖޭގެ މިސްކިތް ތަކުގައި އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދުކުރާނެ ދިވެހި ޙާފިޡުން ހޯދުން

އިޢުލާނު

1447 ވަނަ އަހަރު ރާއްޖޭގެ މިސްކިތް ތަކުގައި އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދުކުރާނެ ދިވެހި ޙާފިޡުން ހޯދުން

          1447 ވަނަ އަހަރުގެ ރަމަޟާންމަހު މިސްކިތް ތަކުގައި އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދު ކުރާނެ ދިވެހި ޙާފިޡުން ހޯދަން ބޭނުންވާތީ، އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދުކުރުމަށް ބޭނުންވާ ދިވެހި ޙާފިޡުންނަށް ފުރުސަތު ހުޅުވާލަމެވެ.

          މިގޮތުން 1447 ވަނަ އަހަރު މާލޭސިޓީގެ މިސްކިތްތަކުގައި އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދު ކުރުމަށް އެދޭ ދިވެހި ޙާފިޡުން ކަނޑައެޅިފައިވާ ފޯމު ("ދިވެހި ޙާފިޡުން އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދު ކުރުމަށް އެދޭ ފޯމް") ފުރިހަމަކޮށް ލިޔުންތަކާއެކު 2026 ޖަނަވަރީ 11 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ނިޔަލަށް މި މިނިސްޓްރީ އަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ.

          ރަށްރަށުގެ މިސްކިތް ތަކުގައި އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދު ކުރުމަށް އެދޭ ދިވެހި ޙާފިޡުން ކަނޑައެޅިފައިވާ ފޯމާއި ލިޔުންތަކާއެކު 2026 ޖަނަވަރީ 11 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން ހުށަހަޅުއްވާނީ، ސިޓީ ކައުންސިލްގެ އިދާރާތައް ހިމެނޭ ރަށްރަށާއި އަދި އެ ރަށެއްގެ ރަށު ކައުންސިލްގެ އިދާރާ އަށް ކަމުގައި ދަންނަވަމެވެ. 

          މިގޮތުން ސިޓީ ކައުންސިލްގެ އިދާރާތައް ހިމެނޭ ރަށްރަށާއި އެރަށެއްގެ ރަށު ކައުންސިލްގެ އިދާރާ އިން ފޯމާއި އެހެނިހެން ލިޔުންތައް މި މިނިސްޓްރީ އަށް ހުށަހަޅުއްވާނީ، 2026 ޖަނަވަރީ 29 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ކަމުގައި ދަންނަވަމެވެ. އަދި އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދުކުރުމަށް އެދޭ ފޯމު ކައުންސިލްގެ އިދާރާ ތަކުންނާއި މި މިނިސްޓްރީގެ ވެބްސައިޓް www.islamicaffairs.gov.mv އިން ލިބެން ހުންނާނެ ވާހަކަ ދަންނަވަމެވެ.

 އުޖޫރަ (އެލަވަންސް):

         ދިވެހި ޙާފިޡުންނަށް އެލަވަންސް ފައިސާ ދެވޭނީ އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދު ކުރައްވާ ކޮންމެ ރެޔަކަށް -/500 (ފައްސަސަތޭކަ) ރުފިޔާގެ މަގުންނެވެ. މިގޮތުން ގިނަވެގެން ފައިސާ ދެވޭނީ މިސްކިތަކަށް ދިވެހި 02 ޙާފިޡުންނަށެވެ.

         އަދި ދަންނަވަމެވެ. 1447 ވަނަ އަހަރު ރާއްޖޭގެ މިސްކިތްތަކުގައި އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދު ކުރުމަށް ހުއްދަ ދެވޭނީ މާލެ ސިޓީ ފިޔަވައި އެހެން ސިޓީ ކައުންސިލްގެ އިދާރާތައް ހިމެނޭ ރަށްރަށާއި އެ ރަށެއްގެ ރަށު ކައުންސިލްގެ އިދާރާތައް މެދުވެރިކޮށް މި މިނިސްޓްރީ އަށް ހުށަހަޅުއްވާ ލިޔުންތަކަށް ބަލާފައެވެ. މި އުސޫލާ ޚިލާފަށް ހުށަހަޅުއްވާ ފޯމުތަކަށް ޢަމަލުކުރެވެން ނޯންނާނެ ވާހަކަ ވެސް ދެންނެވީމެވެ.

18 ޖުމާދަލްއޫލާ 1447

09 ނޮވެންބަރު 2025

 

10 ނޮވެންބަރު 2025