ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)142-B1/142/2025/223
ޕަބްލިޝްކުރި ތާރީޚް: 10 ނޮވެންބަރު 2025
ޕަބްލިޝްކުރި ގަޑި: 14:45
ސުންގަޑި: 29 ޖަނަވަރީ 2026 14:00
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
1447 ވަނަ އަހަރުގެ ރަމަޟާންމަހު ރާއްޖޭގެ މިސްކިތްތަކުގައި ޙިފްޡުކޮށް އިމާމުވެ ތަރާވީޙު ނަމާދު ކުރާ ރާއްޖެއިން ބޭރުގެ ޙާފިޡުންނަށް ހުއްދަ ދިނުމާގުޅޭ

އިޢުލާނު

 

1447 ވަނަ އަހަރުގެ ރަމަޟާންމަހު ރާއްޖޭގެ މިސްކިތްތަކުގައި ޙިފްޡުކޮށް އިމާމުވެ ތަރާވީޙު ނަމާދުކުރާ ރާއްޖެއިން ބޭރުގެ ޙާފިޡުންނަށް ހުއްދަ ދިނުމާގުޅޭ

          1447 ވަނަ އަހަރުގެ ރަމަޟާންމަހު ރާއްޖޭގެ މިސްކިތްތަކުގައި ޙިފްޡުކޮށް އިމާމުވެ ތަރާވީޙު ނަމާދު ކުރާނެ ރާއްޖެއިން ބޭރުގެ ޙާފިޡުން ރާއްޖެއަށް ގެނައުމަށް ހުއްދަ އަށް އެދޭ ފަރާތްތަކުން އެކަމަށް ކަނޑައެޅިފައިވާ ފޯމު ("ޙިފްޡުކޮށް އިމާމުވެ ތަރާވީޙު ނަމާދުކުރުމަށް ރާއްޖެއިން ބޭރުގެ ޙާފިޡުން ގެނައުމުގެ ހުއްދައަށް އެދޭ ފޯމް") ފުރިހަމަކޮށް ލިޔުންތަކާއެކު 2026 ޖަނަވަރީ 11 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން ސިޓީ ކައުންސިލްގެ އިދާރާތައް ހިމެނޭ ރަށްރަށާއި އެ ރަށެއްގެ ރަށު ކައުންސިލްގެ އިދާރާ އަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ.

           އަދ ސިޓީ ކައުންސިލުގެ އިދާރާތައް ހިމެނޭ ރަށްރަށާއި ރަށު ކައުންސިލްގެ އިދާރާތައް ހިމެނޭ ރަށެއްގެ ރަށު ކައުންސިލުގެ އިދާރާ އިން ފޯމާއި އެކަމާގުޅޭ ލިޔުންތައް މި މިނިސްޓްރީ އަށް ހުށަހަޅުއްވާނީ، 2026 ޖަނަވަރީ 29 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ކަމުގައި ދަންނަވަމެވެ. އަދި ޙިފްޡުކޮށް އިމާމުވެ ތަރާވީޙު ނަމާދުކުރުމަށް އެދޭ ފޯމު ކައުންސިލްގެ އިދާރާ ތަކުންނާއި މި މިނިސްޓްރީގެ ވެބްސައިޓް www.islamicaffairs.gov.mv އިން ލިބެން ހުންނާނެ ވާހަކަ ދަންނަވަމެވެ.

          ރަމަޟާން މަހު ޙިފްޡުކޮށް އިމާމުވެ ތަރާވީޙު ނަމާދު ކުރައްވާ ރާއްޖެއިން ބޭރުގެ ޙާފިޡަކަށް އެލަވަންސް ފައިސާ ދިނުމުގެ މިންގަޑަކީ، ރަމަޟާން މަހުގައި ކުރެވޭ ތަރާވީޙު ނަމާދުގައި އިމާމުކަން ކުރުމަށް ދިވެހިރާއްޖެއިން ބޭރުގެ ފަރާތްތައް ގެނައުމާ ގުޅޭ އުސޫލުގެ 3 ވަނަ ނަންބަރުގެ (ށ) ގައިވާ ގޮތުގެމަތިން އާބާދީގެ ނިސްބަތުންނެވެ. މިގޮތުން ރާއްޖެއިން ބޭރުގެ ޙާފިޡުންނަށް އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދު ކުރާ ކޮންމެ ރެޔަކަށް -/200 (ދުއިސައްތަ) ރުފިޔާގެ މަގުން ފައިސާގެ އެލަވަންސެއް ދެވޭނެވެ.         

          ވީމާ 1447 ވަނަ އަހަރުގެ ރަމަޟާންމަހު ރާއްޖޭގެ މިސްކިތްތަކުގައި އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދު ކުރައްވާނެ ރާއްޖެއިން ބޭރުގެ ޙާފިޡުން ހޯދުމަށް "ދިވެހި ސަރުކާރުގެ ގެޒެޓް ގެ ވޮލިއުމް: 49 އަދަދު: 30 ތާރީޚް: 17 ފެބުރުވަރީ 2020"ގެޒެޓު ކުރެވިފައިވާ "ރަމަޟާންމަހުގައި ކުރެވޭ ތަރާވީޙް ނަމާދުގައި އިމާމުކަން ކުރުމަށް ދިވެހިރާއްޖެއިން ބޭރުގެ ފަރާތްތައް ގެނައުމާ ގުޅޭ އުސޫލު" ގައިވާ ގޮތުގެ މަތިން ރާއްޖެއިން ބޭރުން ޙާފިޡުން ގެންނެވުމުގެ ކަންކަން ކުރިއަށް ގެންދެވުމަށް ދަންނަވަމެވެ.          

          އަދި ދަންނަވަމެވެ. ރާއްޖޭގައި މަސައްކަތްކުރާ ރާއްޖެއިން ބޭރުގެ ގައުމުތަކުގެ މީހުންނަށް ރާއްޖޭގައި ޙިފްޡުކޮށް އިމާމުވެ ތަރާވީޙު ނަމާދު ކުރުމުގެ ހުއްދަ ދެވޭނީ ރާއްޖޭގައި މަސައްކަތް ކުރުމުގެ ހުއްދަ (ވަރކްޕާމިޓް) އޮންނަ، އަދި އެފަދަ ދާއިރާއަކާ ގުޅޭ މުއައްސަސާ އެއް މަރުކަޒެއް ނުވަތަ ޤުރުއާން ކުލާހެއްގައި މަސައްކަތް ކުރައްވާ އަދި ޙާފިޡު ކަމުގެ ސެޓްފިކެޓް ލިބިފައިވާ ފަރާތްތަކަށެވެ. މި އުސޫލާ ޚިލާފަށް ހުށަހަޅުއްވާ ފޯމުތަކަށް ޢަމަލުކުރެވެން ނޯންނާނެ ވާހަކަވެސް ދަންނަވަމެވެ.

18 ޖުމާދަލްއޫލާ 1447

09 ނޮވެންބަރު 2025

 

10 ނޮވެންބަރު 2025