ބީލަން
ނަންބަރު: (IUL)280/INDIV/2025/44
ޕަބްލިޝްކުރި ތާރީޚް: 10 ނޮވެންބަރު 2025
ޕަބްލިޝްކުރި ގަޑި: 13:52
ސުންގަޑި: 17 ނޮވެންބަރު 2025 11:00
މިލަދުންމަޑުލު އުތުރުބުރީ ޅައިމަގު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ށ.ޅައިމަގު ލޭންޑް ޔޫސް ޕްލޭންގައި ކުއްޔަށް ދޫކުރުމަށް ކަނޑައަޅާފައިވާ 16 (ސޯޅަ) ބިމާއި ގުޅޭ

ށ. ޅައިމަގު އާރް.އޯ ޕްލާންޓްގެ ދެކުނުން ވޯކްޝޮޕް ހިންގުމަށް ކުލީބިމުގެ ގޮތުގައި،  7 ބިމާއި، ށ. ޅައިމަގު ބަނދަރު ސަރަހައްދުން ގުދަން އެޅުމަށް 4 ބިމާއި، ކެފޭ އަދި އެފްއެންބީ ހިންގުމަށް 4 ބިމާއި، އަދި ފިހާރަ ހިންގުމަށް 1 ބިމެއް ދޫކުރުމަށް މިކައުންސިލުންވަނީ ނިންމާފައެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ. ބިން ކުއްޔަށް ނެގުމަށް އެދި ކުރިމަތިލެވޭނީ ތިރީގައި ބަޔާން ކުރެވިފައިވާ ފަރާތްތަކަށެވެ.                                                         

-      އަމިއްލަ ފަރުދުން.

-          ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (2014/18) ގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތައް.

-          އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (2014/19) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތައް.

 

މި ބީލަމުގައި ބައިވެރިވެލެއްވުމަށް އެދޭ ފަރާތްތަކުން، ރަޖިސްޓްރީވުމަށް މިއިދާރާއިން ދޫކުރާ "ރަޖިސްޓްރީވުމަށް އެދޭ ފޯމް" ފުރިހަމަކުރެއްވުމަށް ފަހު 2025 ނޮވެމްބަރ 17 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 ގެ ކުރިން މިއިދާރާއަށް ހުށަހެޅުމުން ރަޖިސްޓްރީކޮށްދެވޭނެއެވެ. ރަޖިސްޓްރީވުމަށް އެދޭ ފޯމް އަދި މިކަމާއި ގުޅޭގޮތުން ޅައިމަގު ކައުންސިލުން އެކުލަވާލައިފައިވާ އުސޫލު، ގެޒެޓް ކޮށްފައިވާ އިޢުލާނުގައި އެޓޭޗް ކުރެވިފައި ވާނެއެވެ.                                               

-          މި ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށް ބީލަމާގުޅޭ މަޢުލޫމާތު ކަރުދާސް ފޯރުކޮށްދެވޭނެއެވެ.

-          ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ނޯންނާނެއެވެ.

 

ޕްރޮޕޯސަލް ބަލައިގަތުން އަދި ހުޅުވުން އޮންނާނީ 2025 ނޮވެމްބަރ 23 ވާ އާދިއްތަ ދުވަހުގެ ހެނދުނު 11:00ގައި މިއިދާރާގެ މީޓިންގ ރޫމުގައެވެ. ޕްރޮޕޯސަލް ހުށަހަޅާއިރު، ހުށަހަޅަންޖެހޭނީ ކޮންމެ ބިމަކަށް ވަކި ޕްރޮޕޯސަލެކެވެ. ޕްރޮޕޯސަލް ހުށަހަޅާއިރު، ޕްރޮޕޯސަލް އޮންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި، އިޢުލާން ނަންބަރާއި، ޗާޓުގައި ބިމަށް ދީފައިވާ ނަންބަރު ލިޔެފައި އޮންނަންވާނެއެވެ. ޕްރޮޕޯސަލް ހުށަހަޅާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅައިފިނަމަ ދެން ޕްރޮޕޯސަލްތައް ބަލައިގަންނާނީ ޖެހިގެންއަންނަ ރަސްމީދުވަހު ހެނދުނު 11:00 ގައެވެ. ށ. ޅައިމަގު އާރް.އޯ ޕްލާންޓްގެ ދެކުނު ސަރަހައްދުން ވޯކްޝޮޕް ހިންގުމަށް ކުލީބިން ދޫކުރުމާއިގުޅޭ އިތިރު މަޢުލޫމާތު ހޯއްދެވުމަށް، މިކައުންސިލްގެ ނަންބަރު 6540051 އަށް ގުޅުއްވުންއެދެމެވެ.                                                                        

10 ނޮވެންބަރު 2025