ދިވެހިރާއްޖެ
އިޢުލާން
ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއްޖެ:
މަޤާމް: |
ބަޖެޓް އޮފިސަރ |
ސެކްޝަން |
ބަޖެޓް ސެކްޝަން |
ބޭނުންވާ އަދަދު: |
1 (އެކެއް) |
މަޤާމުގެ ރޭންކް: |
MS 1 |
މަޤާމުގެ ޝަރުޠު: |
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު: |
1. ފައިނޭންސް ސެކްޝަނުގެ އެންމެހައި ފައިސާއާބެހޭ ހުރިހާ މަސައްކަތްތައް ޑިރެކްޓަރުގެ ލަފާގެމަތިން ކުރުން: 2. އެސް. އޭ. ޕީ (SAP) ސޮފްޓްވެއަރ ބޭނުންކޮށްގެން:
3. 97 ނަންބަރު (ބަޖެޓް) އެކައުންޓް ޤަވާޢިދާ އެއްގޮތަށް ޚަރަދުކުރުމާއި، އެސިސްޓެންޓް ޑިރެކްޓަރުގެ ލަފާގެމަތިން ބެލެހެއްޓުން:
4. އަހަރީ ބަޖެޓް ތައްޔާރުކުރުން:
5. އަހަރީ ރިޕޯޓް ތައްޔާރުކުރުން:
6. 1066 ނަންބަރު އެކައުންޓް، ޑިރެކްޓަރުގެ ލަފާގެމަތިން ބެލެހެއްޓުން:
7. އާމްދަނީ 191 ނަންބަރު އެކައުންޓް، ޑިރެކްޓަރުގެ ލަފާގެމަތިން ބެލެހެއްޓުން:
8. ޑިރެކްޓަރުގެ ލަފާގެމަތިން ތިޖޫރީ ބެލެހެއްޓުމާއި، ޕެޓީކޭޝް ބެލެހެއްޓުމާއި، ތިޖޫރީ ރިޕޯޓް ތައްޔާރުކުރުން:
9. ސަލާމުގައި ނުވަތަ ޗުއްޓީގައި ހުންނަ މުވައްޒަފެއްގެ މަސައްކަތެއް ކުރަންޖެހިއްޖެނަމަ އެ މަސައްކަތެއްކުރުން. 10. މީގެ އިތުރުން، ވެރިންއަންގަވާ އޮފީހުގެ ރަސްމީ މަސައްކަތް ކުރުމާއި، ވެރިން އަންގަވާ ރަސްމީ މަސައްކަތް، ނުރަސްމީ ގަޑީގައި ވެސް ކުރުން. |
މުސާރަ: |
-/5610 ރުފިޔާ (ފަސްހާސް ހަސަތޭކަ ދިހަ ރުފިޔާ) |
އެލަވަންސްތަކާއި ޢިނާޔަތްތައް: |
ސަރވިސް އެލަވަންސްގެ ގޮތުގައި މަހަކު -/2000 ރ (ދެހާސްރުފިޔާ ) އާއި ލިވިންގ އެލަވަންސްގެ ގޮތުގައި މަހަކު -/2850 ރ (ދެހާސް އަށްސަތޭކަ ފަންސާސް ރުފިޔާ) ހަމަޖެހިފައިވާ އުޞޫލުން ޖުޑިޝަލް އެލަވަންސްގެ ގޮތުގައި މުސާރައިގެ%45އާއި އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާގެ ދެވޭނެއެވެ. |
ވަޒީފާއަށް އެދޭ ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކުރާ ސެޓްފިކެޓެއް ވަޒީފާއަށް އެދޭފޯމާއެކު ހުށަހަޅާނަމަ، ހުށަހަޅާނީ ޓްރާންސްކްރިޕްޓާއެކު އެކްރެޑިޓްކޮށް ތައްގަނޑުޖަހާފައިވާ އަޞްލުގެ ކޮޕީއެވެ.)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)
- ސްކޫލް ލީވިންގ ސެޓްފިކެޓުގެ ފޮޓޯ ކޮޕީ (ސްކޫލް ނިންމުމަށްފަހު ވަޒީފާއާ ގުޅޭ މީހުންނާއި، GS3 ރޭންކުން ފެށިގެން ދަށުގެ ވަޒީފާތަކަށް ކުރިމަތިލާ މީހުން)
- ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ އަދާކުރާނަމަ، ވަޒީފާގައި އުޅޭ ނުވަތަ އުޅުނުކަމުގެ ލިއުން (ވަޒީފާގެ ނަމާއި، ވަޒީފާގެ ކްލެސިފިކޭޝަނާއި، މުސާރައާއި، ވަޒީފާގެ މަސްއޫލިއްޔަތު އެނގޭގޮތަށް)
- ޝަރުޢީ ދާއިރާގެ ވަޒީފާ އަދާކުރާ ފަރާތެއްނަމަ، ފާއިތުވި އަހަރުގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ފޯމާއި، ހާޒިރީ ރިޕޯޓާއި، މުވައްޒަފުގެ އުޅުމާއި އަޚުލާޤު އެނގޭފަދަ ލިޔުމެއް ހުށަހެޅުން.
- ވަޒީފާ އަދާކުރާ ފަރާތެއްކަމުގައިވާނަމަ، ވަޒީފާ އަދާކުރާ އޮފީހަކުން ވަޒީފާއިން ދޫކުރައްވާނެކަމުގެ ލިޔުން.
- ކޯސް ނިމި ސެޓްފިކެޓް ލިބިފައިނުވާނަމަ، ޝަރުޠުގައި ބަޔާންކުރާ ކޯސް ނިންމާފައިވާކަމަށް ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކުރައްވާފައިވާ ލިއުމާއި، ޓްރާންސްކްރިޕްޓާއި، އެ ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލްކުރައްވާ ކޯހެއްކަމާއި، އެ ކޯހުގެ ސެޓްފިކެޓް ލިބުމުން އެފަރާތެއްގެ ސެޓްފިކެޓް ކޯހަށް ކަނޑައެޅިފައިވާ ލެވެލްގައި އެކްރެޑިޓްކޮށްދެވޭނެކަން އެނގޭފަދަ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ލިއުމަކާއެކު ހުށަހެޅުން.
ޕޮއިންޓް ދެވޭގޮތް:
- ލިބިފައިވާ ތަޢުލީމާއި ތަމްރީން %40
- ލިބިފައިވާ ތަޖުރިބާ
- ލިބިފައިވާ ހުނަރާއި، ފެންވަރާއި، ސިފަތައް ބެލުމަށް ކުރެވޭ އިންޓަވިއު (ޓެސްޓާއެކު) %40
- މަސައްކަތުގެ ފެންވަރުބެލުން (މި ބަޔަށް ޕޮއިންޓްދެވޭނީ، ޝަރުޢީ ދާއިރާގައި ވަޒީފާ އަދާކުރާ ފަރާތްތަކަށެވެ.)
- މުވައްޒަފުގެ ހާޒިރީ (މި ބަޔަށް ޕޮއިންޓްދެވޭނީ، ޝަރުޢީ ދާއިރާގައި ވަޒީފާ އަދާކުރާ ފަރާތްތަކަށެވެ.) %2.5
- މުވައްޒަފުގެ މަސައްކަތުގެ އުޅުމާއި އަޚުލާޤު (މި ބަޔަށް ޕޮއިންޓްދެވޭނީ، ޝަރުޢީ ދާއިރާގައި ވަޒީފާ އަދާކުރާ ފަރާތްތަކަށެވެ.) %2.5
ނޯޓު: މަތީގައިވާ މަޤާމަށް އިންޓަވިއުއާއި ޓެސްޓަށް ދަޢުވަތުދެވޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
ސުންގަޑި: 12 ނޮވެންބަރު 2015 ގެ 13.00
އިތުރު މަޢުލޫމާތު:
ވަޒީފާއަށް އެދި ފުރިހަމަކުރަންޖެހޭ ފޯމު، ހައިކޯޓުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ހައިކޯޓުގެ ވެބްސައިޓުން (www.highcourt.gov.mv ން) މި ފޯމު ޑައުންލޯޑް ވެސް ކުރެވޭނެއެވެ. އިތުރު މަޢުލޫމާތު ހޯދުމަށް 3325029 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
19 މުޙައްރަމް 1437