ވަޒީފާގެ ފުރުޞަތު
ނަންބަރު: HDFC/IU/2015/17
ޕަބްލިޝްކުރި ތާރީޚް: 02 ނޮވެންބަރު 2015
ޕަބްލިޝްކުރި ގަޑި: 12:20
ސުންގަޑި: 15 ނޮވެންބަރު 2015 14:30
ހައުސިންގ ޑިވެލޮޕްމަންޓް ފިނޭންސް ކޯޕަރޭޝަން ޕލކ
ދިވެހިރާއްޖެ
ކަސްޓަމަރ ކެއަރ/އެޑްމިނިސްޓްރޭޓިވް އެސިސްޓަންޓް

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި ކުންފުނީގެ، ތިރީގައިމިވާ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމް: ކަސްޓަމަރ ކެއަރ/އެޑްމިނިސްޓްރޭޓިވް އެސިސްޓެންޓް

މަޤާމުގެ ޝަރުޠު:

- ޑިޕްލޮމާ ލެވެލް

- ޑެޑްލައިންތަކަށް ވާސިލުވުމުގެ ޤާބިލްކަން ހުރުން.

- ހަރުދަނާކަމާއެކު ކަންކަން މެނޭޖުކުރުމާއެކު، އެކިފަރާތްތަކާއެކު ރަނގަޅަށް މުޢާމަލާތުކުރުމުގެ ހުނަރު ހުރުން.

- މައިކްރޯސޮފްޓް އޮފީސް ޕެކޭޖުތައް ބޭނުންކޮށްގެން ރިޕޯޓުތައް ތައްޔާރުކުރުމުގެ ޤާބިލްކަން ހުރުން.

- ދިވެހިބަހާއި އިނގިރޭސިބަސް ފަރިތަކަމާއެކު ޓައިޕްކުރަން އެނގުން.

- މަޤާމާ ގުޅޭ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.

މުސާރަ:

ތަޢުލީމީ ފެންވަރަށާއި ތަޖުރިބާއަށް ބިނާކޮށް.

އެހެނިހެން އެލަވަންސް:

ލިވިންގ އެލަވަންސާއި، މެޑިކަލް އެލަވަންސް، ކުންފުނީގެ ޕޮލިސީއާ އެއްގޮތްވާގޮތުގެމަތިން ދެވޭނެއެވެ.

ވީމާ، ޝަރުޠު ހަމަވާ އަދި މި ވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކުން ވަޒީފާއަށް ކުރިމަތިލުމަށް އެދޭ ފޯމާއެކު (ކުންފުނީގެ ވެބްސައިޓުން ފޯމު ޑައުންލޯޑް ކުރެވޭނެ) ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ވަނަވަރު، 2015 ނޮވެންބަރުމަހުގެ 15 ވަނަ ދުވަހުގެ 14:30 ގެ ކުރިން، ތިރީގައިވާ އެޑްރެހަށް ފޮނުވުން އެދެމެވެ.    

 ހިއުމަން ރިސޯސް ޑިޕާޓްމަންޓް، ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން. ޕލކ.

 4 ވަނަ ފަންގިފިލާ، ހ. މިއަލަނި، ސޯސަންމަގު، މާލެ، ދިވެހިރާއްޖެ

ޓެލެފޯން: 3338810

ފެކްސް: 3315138

އީމެއިލް: [email protected]

02 ނޮވެންބަރު 2015