ބީލަން
ނަންބަރު: (IUL)GS53/2025/46
ޕަބްލިޝްކުރި ތާރީޚް: 09 ނޮވެންބަރު 2025
ޕަބްލިޝްކުރި ގަޑި: 14:26
ސުންގަޑި:
17 ނޮވެންބަރު 2025 14:00
ޖަލާލުއްދީން ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ޖަލާލުއްދީން ސްކޫލް ޕީ.ޓީ.އޭ ކެންޓީން ހެދުމަށް ބޭނުންވާ ކޮންޓެއިނާ ހެދުން
އިޢުލާން
- މި ސްކޫލް ޕީ.ޓީ.އޭގެ ކެންޓީން ހެދުމަށް ބޭނުންކުރާނެ ކޮންޓެއިނާއެއް ހަދައިދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
- ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށް ދެއްވުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ (ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު ނަންބަރު: 2014/18 ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ) ފަރާތްތަކުން ތިރީގައި މިދަންނަވާ ގޮތަށް ޢަމަލުކުރެއްވުން އެދެމެވެ.މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2025 ނޮވެމްބަރ 17 ވާ ހޯމަ ދުވަހުގެކުރިން ޖަލާލުއްދީން ސްކޫލްގައި ނަންނޯޓް ކުރައްވާ ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ނުވަތަ ގެޒެޓް ކުރެވިފައިވާ ރަޖިސްޓްރީ ފޯމް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.
- މި މަސައްކަތާއިބެހޭ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2025 ނޮވެމްބަރ 18 ވާ އަންގާރަ ދުވަހުގެ 13:15 ގައި ޖަލާލުއްދީން ސްކޫލްގެ އޭ.ވީ ރޫމްގައެވެ.
- ބިޑް ހުށަހަޅުއްވަންވާނީ މަޢުލޫމާތު ކަރުދާސް ރަނގަޅަށް ކިޔުމަށްފަހު އެއްވެސް އޮޅުންއަރާ ކަމެއް ވާނަމަ ސާފުކުރުމަށްފަހުގައެވެ.
- ބިޑް ހުޅުވުން އޮންނާނީ 2025 ނޮވެމްބަރ 27 ވާ ބުރާސްފަތި ދުވަހުގެ 13:15 ގައި ޖަލާލުއްދީން ސްކޫލް އޮފީހުގައެވެ.
ނޯޓް : ބީލަން ހުށަހެޅުއްވޭނީ ރަޖިސްޓްރީ ކުރުމަށް ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީ ކުރައްވާފައިވާ ފަރާތްތަކަށް އެކަންޏެވެ. ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވޭނީ އެންމެ ބިޑެކެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
- ޖަލާލުއްދީން ސްކޫލް / ކުޅުދުއްފުށި ސިޓީ
- ފޯން: 6528815, 6528873
- އީ-މެއިލް: [email protected]
09 ނޮވެންބަރު 2025