ދިވެހިރާއްޖެ
އިޢުލާން
2026 ވަނަ އަހަރުގެ ފެބްރުއަރީ މަހުގައި މި ޔުނިވަރސިޓީން ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކަށް އެދި ހުށަހެޅުމުގެ ފުރުޞަތު 06 ނޮވެންބަރު 2025 ވާ ބުރާސްފަތި ދުވަހު ހަވީރު 18:00 އިން ފެށިގެން 26 ޖަނަވަރީ 2026 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 14:00 ނިޔަލަށް އޮންނާނެއެވެ. މި ކޯސްތަކާ ބެހޭ މަޢުލޫމާތު courses.mnu.edu.mv/އިން ލިބެން ހުންނާނެއެވެ. ކޯސްތަކަށް އެޕްލައިކުރުން ހަމަޖެހިފައިވަނީ އޮންލައިންކޮށް portal.mnu.edu.mv ގައިވާ ޕޯރޓަލް މެދުވެރިކޮށެވެ. އިތުރު މަޢުލޫމާތު [email protected] އަށް މެއިލް ކުރެއްވުމުން އަދި 1445 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެ އެވެ.
ކޯސްތަކަށް ޖާގަ ދިނުމަށް ހަމަޖެހިފައިވާ އުސޫލާއި، ކޯސްތަކުގެ ޝަރުތު ބެއްލެވުމަށް މިލިންކަށް ފިއްތާލައްވާ:
Application announcement 2026 - Term 1
ކޯސްތަކަށް އެޕްލައި ކުރާއިރު ހުށަހަޅާ ލިޔުންތައް ހުންނަންވާނީއެއްފައިލެއްގޮތުގައި ކިޔަންސާފުވާނެހެން ޕީ.ޑީ.އެފް ފޯމެޓުގައި ސްކޭން ކުރެވިފައެވެ.
ތިރީގައި މިވާ ކޯސްތަކަށް ހޮވުނުކަމުގެ ލިޔުންދޫކުރާނީ 26 ޖަނަވަރީ 2026 ގެ ފަހުންނެވެ.
- ބެޗްލަރ އޮފް އާރޓްސް އިން އާކިޓެކްޗަރަލް ޑިޒައިން
- ބެޗްލަރ އޮފް ސައިކޮލޮޖީ
- ބެޗްލަރ އޮފް މެޑިކަލް ލެބޯރަޓަރީ ސައިންސް
- މާސްޓަރ އޮފް ސައިންސް އިން ސައިކޮލޮޖީ (ކްލިނިކަލް)
- ޑިގްރީ އިން ޑޮކްޓަރ އޮފް މެޑިސިންގ
- އެޑްވާންސްޑް ސެޓްފިކްޓް އިން ނަރސިންގ
- ބެޗްލަރ އޮފް ނަރސިންގ
13 ޖުމާދަލްއޫލާ 1447