ދިވެހިރާއްޖެ
ހޯރަފުށީ ކައުންސިލްގެ ކުރިއަށް އޮތް ފަސް އަހަރުގެ ތަރައްޤީ ޕްލޭން އަދި ފައިނޭންޝިއަލް ޕްލޭން ތައްޔާރުކޮށްދިނުމުގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
|
ތަފްޞީލް |
ތާރީޚް |
ދުވަސް |
ގަޑި |
|
ރަޖިސްޓަރީވުމުގެ ސުންގަޑި |
11 ނޮވެމްބަރު 2025 |
އަންގާރަ |
11:00 (ހެނދުނު) |
|
މައުލޫމާތު ސާފުކުރުން / ޕްރީބިޑް މީޓިންގ |
13 ނޮވެމްބަރު 2025 |
ބުރާސްފަތި |
11:00(ހެނދުނު) |
|
ބީލަން ހުށަހެޅުން |
20 ނޮވެމްބަރު 2025 |
ބުރާސްފަތި |
11:00 (ހެނދުނު) |
ބީލަން ހުށަހެޅުމަށް ރަޖިސްޓްރީވުން:
ބީލަމުގައި ރަޖިސްޓްރީވުމަށް، ބީލަމުގައި ރަޖިސްޓްރީވުމުގެ ސުންގަޑި ހަމަވުމުގެ ކުރިން ތިރީގައިވާ ލިންކުގައިވާ ފޯމް ފުރިހަމަ ކުރުން އެދެމެވެ. މި މުއްދަތުގެ ތެރޭގައި ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރާ ފަރާތްތަކަށް މަސައްކަތާއި ގުޅޭ މައުލޫމާތު ކަރުދާސް އަދި ބިޑް ޑޮކިއުމަންޓް މެއިލްކުރެވޭނެއެވެ.
https://forms.gle/BR1JVbRf4AGpsRnj9
ވީމާ، މަޢުލޫމާތު ކަރުދާހުގައި ދީފައިވާ މަޢުލޫމާތާ އެއްގޮތަށް މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ގޮތުގެ މަތިން ބީލަމުގައި ރަޖިސްޓަރީކުރެއްވުމަށްފަހު، ހޯރަފުށީ ކައުންސިލްގެ އިދާރާއަށް ޙާޟިރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6500030 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
16 ޖުމާދަލްއޫލާ 1447
07 ނޮވެމްބަރު 2025