ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)269/2015/1006
ޕަބްލިޝްކުރި ތާރީޚް: 29 އޮކްޓޫބަރު 2015
ޕަބްލިޝްކުރި ގަޑި: 10:21
ސުންގަޑި: 09 ނޮވެންބަރު 2015 13:45
ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފޮޓޯކޮޕީމެޝިނެއް ގަތުމަށް

ފޮޓޯކޮޕީމެޝިނެއް ގަތުމަށް ބޭނުންވެއްޖެ

މިއިދާރާއަށް ފޮޓޯކޮޕީމެޝިނެއް ގަންނަން ބޭނުންވެއްޖެއެވެ.

ވީމާ، މިއިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް ފޮޓޯކޮޕީމެޝިނެއް ވިއްކުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 09 ނޮވެންބަރު 2015 ވާ ހޯމަ ދުވަހުގެ 13:45 އަށް، ލޯކަލް ގަވަރމެންޓް އޮތޯރިޓީއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 15 ނޮވެންބަރު 2015 ވާ އާދީއްތަ ދުވަހުގެ 13:45 އަށް އެ އޮތޯރިޓީއަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު މި އިދާރާގެ ނަންބަރު 6520046 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ދުރުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ. އަދި ބަދަލުގައި މީހަކު ފޮނުއްވާނަމަ، އެކަން ބަޔާންކޮށްފައިވާ ލިޔުމަކާއެކު ފޮނުއްވެވުން އެދެމެވެ.

އަންދާސީހިސާބު ހުށަހަޅުއްވަނީ ކުންފުންޏަކުން ކަމުގައިވާނަމަ، ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީ އަދި އަމިއްލަ ފަރާތަކުންނަމަ މުއްދަތު ހަމަނުވާ އައިޑީކާޑުގެ ކޮޕީ ހުށަހަޅުއްވަންވާނެއެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

16 މުޙައްރަމް 1437

29 އޮކްޓޫބަރު 2015