ވަޒީފާގެ ފުރުޞަތު
ނަންބަރު: 188-HRS-IUL/2025/75
ޕަބްލިޝްކުރި ތާރީޚް: 06 ނޮވެންބަރު 2025
ޕަބްލިޝްކުރި ގަޑި: 16:34
ސުންގަޑި: 18 ނޮވެންބަރު 2025 23:59
ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
އިންޓަރނޭޝަނަލް ރިލޭޝަންސް އެގްޒެކެޓިވް

މަޤާމު:

އިންޓަރނޭޝަނަލް ރިލޭޝަންސް އެގްޒެކެޓިވް

މަޤާމުގެ ނަންބަރު:

CSC-J-417120

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

CSC4-1

މަޤާމުގެ ކްލެސިފިކޭޝަން:

ސީއެސްސީ ޕްރޮފެޝަނަލްސް

ވަޒީފާ އަދާކުރަންޖެހޭ ތަން:

ސިވިލް ސަރވިސް ކޮމިޝަން، ކ. މާލެ

މުސާރަ:

މަހަކު -/8,740 ރުފިޔާ

ސަރވިސް އެލެވަންސް:

ހާޟިރުވާ ދުވަހަކަށް -/188 ރުފިޔާ

ކޮމިޝަން އެލަވަންސް:

މަހަކު -/3,059 ރުފިޔާ (އަސާސީ މުސާރައިގެ %35)

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަނުން ކުރާ މައިގަނޑު މަސައްކަތް:

ކޮމިޝަނަރސް ބިއުރޯގެ އަދި ކޮމިޝަނުގެ އިދާރާގެ މަސައްކަތްތަކާ ގުޅޭގޮތުން ބައިނަލްއަޤުވާމީ ފަރާތްތައް ހިމެނޭހެން އެކްސްޓަރނަލް ސްޓޭކްހޯލްޑަރުންނާ ގުޅުން ބަދަހިކުރުމާއި، ކޮމިޝަނުގެ މެންބަރުންނާއި، ކޮމިޝަނުގެ މުވައްޒަފުން ރަސްމީގޮތުން އަތޮޅުތަކަށާއި ރާއްޖޭން ބޭރަށް ކުރާ ދަތުރުތަކުގެ އިންތިޒާމާއި، ޕްރޮޓޮކޯލް ހަމަޖެއްސުމާއި، ކޮމިޝަނުގެ ބައްދަލުވުންތައް އިންތިޒާމުކުރުމާއި، މި ބައްދަލުވުންތަކުގެ އިދާރީކަންކަން ބެލެހެއްޓުމުގެ މަސައްކަތްކުރުމާއި، ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކޮމިޝަނުގެ އިދާރާގެ މަސައްކަތްތަކާ ގުޅޭ ގޮތުން ބައިނަލްއަގުވާމީ ފަރާތްތައް ހިމެނޭހެން އެކްސްޓަރނަލް ސްޓޭކްހޯލްޑަރުންނާ ގުޅުންބަދަހި ކުރުމަށްޓަކައި ކުރަންޖެހޭ އެންމެހާ ކަންކަން އަމިއްލައަށް އިސްނަގައިގެން، ސްޕަވައިޒަރުގެ އިރުޝާދުގެ ދަށުން ޢަމަލީގޮތުން ކުރުން.
  2. ކޮމިޝަނުގެ އިދާރާގެ މަސައްކަތްތަކާ ގުޅޭ ގޮތުން ބައިނަލްއަގުވާމީ ފަރާތްތައް ހިމެނޭހެން އެކްސްޓަރނަލް ސްޓޭކްހޯލްޑަރުންނާ ގުޅުންބަދަހި ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތާގުޅޭ އުސޫލުތަކާއި ސްޓޭންޑަރޑް އޮޕަރޭޓިން ޕްރޮސީޖަރތަކާއި ގައިޑްލައިންތައް އަދި ސަރވިސް ސްޓޭންޑަރޑްތައް އަމިއްލައަށް އިސްނަގައިގެން ސްޕަވައިޒަރުގެ އިރުޝާދުގެ ދަށުން އެކުލަވާލުމާއި، އަމިއްލައަށް އިސްނަގައިގެން ގަވާއިދުން މި ތަކެތި ރިވިއުކޮށް ގެންނަންޖެހޭ ބަދަލުތައް ސްޕަވައިޒަރުގެ ސަމާލުކަމަށްގެނެސް، ސްޕަވައިޒަރުގެ އިރުޝާދުގެ ދަށުން އަދާހަމަކޮށް ބެހެޓުމުގެ އެންމެހާ މަސައްކަތް އަމަލީގޮތުން ކުރުން.
  3. ކޮންމެ އަހަރަކު ކޮމިޝަނަރސް ބިއުރޯގެ އެޑްމިނިސްޓްރޭޓިވް ޔުނިޓްގެ އެނުއަލް ވަރކްޕްލޭން ތައްޔާރުކުރުމަށް އެހީތެރިވުން. މިގޮތުން ކޮމިޝަނުގެ އިދާރާގެ މަސައްކަތްތަކާ ގުޅޭ ގޮތުން ބައިނަލްއަގުވާމީ ފަރާތްތައް ހިމެނޭހެން އެކްސްޓަރނަލް ސްޓޭކްހޯލްޑަރުންނާ ގުޅުންބަދަހި ކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން އެނުއަލް ވަރކްޕްލޭން ގައި ހިމަނައި އެއާ އެއްގޮތަށް މަސައްކަތްތައް ކުރިޔަށް ގެންދިޔުން.
  4. ސިވިލް ސަރވިސް ކޮމިޝަނުގެ މަސައްކަތާއި ޙިދުމަތް ހަރުދަނާ ކުރުމަށްޓަކައި ބައިނަލްއަގުވާމީ ފަރާތްތައް ހިމެނޭހެން އެކްސްޓަރނަލް ސްޓޭކްހޯލްޑަރުންނާ ގުޅުން ބަދަހިކޮށް ކޮމިޝަނާއި ދިވެހި ސިވިލް ސަރވިސް ޒަމާނީކޮށް ތަރައްޤީކުރުމަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ހޯދޭނެގޮތްތަކާއި، ސިޔާސަތުތަކާއި ސްޓްރެޓެޖީސްތައް ދެނެގަނެ، އެކަން އަމިއްލައަށް އިސްނަގައިގެން ސްޕަވައިޒަރުގެ އިރުޝާދުގެ ދަށުން އެކުލަވަލުމާއި އެއާ އެއްގޮތަށް މަސައްކަތްތައް ކުރުން.
  5. ކޮމިޝަނުގެ ބަޖެޓުން ޚަރަދުކޮށްގެން ބައިވެރިވާ، އަދި ބައިނަލްއަގުވާމީ އިދާރާތައް ހިމެނޭހެން އެކްސްޓަރނަލް އިންސްޓިޓިއުޝަންތަކުން ކޮމިޝަނަށް ދެއްވާ ވޯކްޝޮޕްތަކާއި، ސްޓަޑީ ޓުއާތައް، ފީލްޑް ޓްރިޕްތަކާގުޅޭ ކަންކަން އަމިއްލައަށް އިސްނަގައިގެން ސްޕަވައިޒަރުގެ އިރުޝާދުގެ ދަށުން ރާވައި، މިކަންކަމާގުޅޭ އެންމެހާ އަމަލީ މަސައްކަތްތައް ކުރުން.
  6. ދިވެހި ސިވިލް ސަރވިސްގެ މަސައްކަތްތަކާއި ޚިދުމަތް ހަރުދަނާ ކުރުމަށް ބޭނުންވާނެ ތަމްރީން ޕްރޮގްރާމްތަކާއި ޕްރޮޖެކްޓްތައް ހިންގުމަށްޓަކައި އެހީ އާއި ވަޞީލަތްތައް ހޯދުމަށް ސްޕަވައިޒަރުގެ އިރުޝާދުގެ ދަށުން މަސައްކަތްކުރުމާއި، ތަމްރީން ޕްރޮގްރާމްތަކަށް މީހުން ފޮނުވުމުގެ އެންމެހައި އިންތިޒާމްތައް ހަމަޖައްސައި އަމަލީގޮތުން މި މަސައްކަތް ކުރުން.
  7. ބައިނަލް އަގުވާމީ ފަރާތްތައް ހިމެނޭހެން އެކްސްޓަރނަލް ސްޓޭކްހޯލްޑަރުންނަށް ހުށަހެޅުމަށްޓަކައި ކަމާބެހޭ ފަރާތްތަކާ ގުޅިގެން ޕްރޮޖެކްޓް ޕްރޮޕޯޒަލްތައް އެކުލަވާލުމާއި އެ ޕްރޮޖެކްޓްތަކާއި ޕްރޮގްރާމުތަކަށް ފައިސާގެ އެހީއާއި އެހެނިހެން ޓެކްނިކަލް އެހީ ހޯދައިދިނުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ސްޕަވައިޒަރުގެ އިރުޝާދުގެ ދަށުން ކުރުން.
  8. ކޮމިޝަނާއި ބައިނަލްއަގުވާމީ އަދި ޤައުމީ ޖަމްއިއްޔާތަކާއި އަދި އެނޫންވެސް ސްޓޭކްހޯލްޑަރުންނާއެކު ގުޅުން ބަދަހިކުރުމަށާއި، އެއްބާރުލުން އިތުރުކުރުމަށް ފަހުމުނާމާ (މެމަރަންޑަމް އޮފް އަންޑަސްޓޭންޑިންގ (އެމް.އޯ.ޔޫ.)) އެކުލަވާލުމާއި އެފަދަ އެމް.އޯ.ޔޫތައް ތަންފީޒުކޮށް ބެލެހެއްޓުމާއި، ގަވާއިދުން ރިވިއު ކުރުމުގެ މަސައްކަތް އަމިއްލައަށް އިސްނަގައިގެން ސްޕަވައިޒަރުގެ އިރުޝާދުގެ ދަށުން އަމަލީގޮތުން ކުރުމާއި، މި ފަހުމުނާމާ ތަކާގުޅިގެން ކުރަންޖެހޭ އެންމެހާ ކަންތައް ކުރުމާއި އެ ފަހުމުނާމާތަކުގެ މުއްދަތު ބަލަހައްޓައި އެކަމުގެ އަޕްޑޭޓްސް ސްޕަވައިޒަރަށާއި ކޮމިޝަނަށް ދިނުމާއި، މުއްދަތު އިތުރުކުރަން ކޮމިޝަނުން ކަނޑައަޅާ ފަހުމުނާމާގެ މުއްދަތު އިތުރުކުރުމުގެ މަސައްކަތް އަމަލީގޮތުން ކުރުމާއި އެކަމުގެ އަޕްޑޭޓްސް ގަވާއިދުން ސްޕަވައިޒަރަށް ދެމުން ގެންދިޔުން.
  9. ކޮމިޝަނުގެ ފަރާތުން ސޮއިކުރަން ކަނޑައަޅާ އެމް.އޯ.ޔޫ ފަދަ އެއްބަސްވުންތަކުގެ ތެރެއިން އާންމު އެމް.އޯ.ޔޫތަކުގައި ސޮއިކުރުމާބެހޭ ކަންތައްތައް ސްޕަވައިޒަރުގެ އިރުޝާދުގެ ދަށުން ބެލެހެއްޓުމާއި، ކޮމިޝަނާއި ބައިނަލްއަގުވާމީ އަދި ޤައުމީ ޖަމްއިއްޔާތަކާއި އަދި އެނޫންވެސް ސްޓޭކްހޯލްޑަރުންނާއެކު ގުޅުން ބަދަހިކުރުމަށާއި، އެއްބާރުލުން އިތުރުކުރުމަށް ބާއްވާ ބައްދަލުވުންތަކުގެ އިދާރީ އިންތިޒާމް ހަމަޖައްސައި، ބައްދަލުވުމަށް ތައްޔާރުވުމުގެގޮތުން ތައްޔާރުކުރަންޖެހޭ އެންމެހާ ލިޔެކިޔުންތަކާއި ޓޯކިން ޕޮއިންޓްސް ދުރާލާ ތައްޔާރުކޮށް ސްޕަވައިޒަރާ ހިއްސާކުރުމާއި، މިދަފަ ބައްދަލުވުންތަކުގެ ޔައުމިއްޔާލިޔެ ގަވާއިދުން ބެލެހެއްޓުން.
  10. ސްޕަވައިޒަރު އެސައިން ކުރާ ކޮމިޝަނުގެ ބައްދަލުވުންތައް އިންތިޒާމްކުރުމާއި، މި ބައްދަލުވުންތަކުގެ އިދާރީކަންކަން ބަލަހައްޓައި، ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން.
  11. ކޮމިޝަނުން ނިންމާ ނިންމުންތައް ޑޮކިއުމެންޓްކޮށް އަމަލުކުރުމަށާއި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާގުޅޭ ޑިވިޜަން، ސެކްޝަން، އަދި ޔުނިޓްތަކަށް ސްޕަވައިޒަރު އަންގާގޮތެއްގެ މަތިން ލަސްނުކޮށް ފޮނުވުމާއި، ނިންމުންތައް ފަސޭހައިން ފެންނާނެހެން ބެލެހެއްޓުން.
  12. ސްޕަވައިޒަރު އަންގާގޮތެއްގެ މަތިން ކޮމިޝަން މެންބަރުންގެ އިދާރީ އެންމެހާ ކަންތައްތައް ބެލެހެއްޓުމާއި، އަމަލީގޮތުން ކުރުން.
  13. ސިވިލް ސަރވިސް އެޑްވައިޒަރީ ކޮމިޓީއާއި އެޑްވައިޒަރީ ކޮމިޓީގެ ސަބް ކޮމިޓީތަކުގެ ބައްދަލުވުންތަކުގެ ތެރެއިން ސްޕަވައިޒަރު އެސައިން ކުރާ ބައްދަލުވުންތަކުގެ އެންމެހާ އިދާރީކަންކަން އިންތިޒާމުކޮށް، އެ ބައްދަލުވުންތައް ބޭއްވުމާއި، އެ ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުމާއި، އެ ބައްދަލުވުންތަކުގެ އިދާރީ ކަންކަން އަމަލީގޮތުން ކުރުން.
  14. ސްޕަވައިޒަރު އެސައިން ކުރާ ސިޓީ، އަތޮޅު، އަދި ރަށު ކައުންސިލުތަކުގެ ސެކްރެޓަރީ ޖެނެރަލުންގެ ބައްދަލުވުންތައް އިންތިޒާމުކޮށް ބޭއްވުމާއި، މި ބައްދަލުވުންތަކުގެ އެންމެހާ އިދާރީކަންކަން އަމަލީގޮތުން ކުރުމާއި، ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުމާއި އެ ބައްދަލުވުންތަކުގެ އިދާރީ އެންމެހާ ކަންތައްތައް ކުރުން.
  15. ސްޕަވައިޒަރު އެސައިން ކުރާ އެޕޮއިންޓްމަންޓް ބައްދަލުވުންތަކާއި، ކޮމިޝަން މެންބަރުންގެ އެދިވަޑައިގަތުމަށް ބާއްވާ ބައްދަލުވުންތަކާބެހޭ އެންމެހާ އިދާރީ ކަންތައްތައް ކުރުމާއި، މި ބައްދަލުވުންތަކުގެ ޔައުމިއްޔާލިޔެ ބެލެހެއްޓުން.

މަޤާމުގެ ޝަރުޠުތައް:

އިންޓަރނޭޝަނަލް ރިލޭޝަންސް، އިންޓަރނޭޝަނަލް އެފެއާޒް، އިންޓަރނޭޝަނަލް ސްޓަޑީޒް، ފޮރިން ރިލޭޝަންސް، ޕޮލިޓިކަލް ސައެންސް، ގްލޯބަލް ސްޓަޑީޒް،  ޑިޕްލޮމަސީ، ޑިޕްލޮމެޓިކް ސްޓަޑީޒް ޑިވެލޮޕްމަންޓް ސްޓަޑީޒް، ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް، އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް، އިންޓަރނޭޝަނަލް ޕަބްލިކް ޕޮލިސީ، ޕޮލިޓިކްސް އެންޑް އިންޓަރނޭޝަނަލް ރިލޭޝަންސް، ޕޮލިޓިކަލް ސައިންސް އެންޑް އިންޓަރނޭޝަނަލް ރިލޭޝަންސް،  އިންޓަރނޭޝަނަލް ބިޒްނަސް އެންޑް އިންޓަރނޭޝަނަލް ރިލޭޝަނސް، އިންޓަރނޭޝަނަލް ރިލޭޝަނސް އެންޑް ސޯޝަލް ޕޮލިސީ، އިންޓަރނޭޝަނަލް ރިލޭޝަންސް އެންޑް އިންޓަރނޭޝަނަލް އޮގަނައިޒޭޝަން، އިންޓަރނޭޝަނަލް ރިލޭޝަނސް އެންޑް ގްލޯބަލް އެފެއާޒް، ޕަބްލިކް ސަރވިސް އެންޑް ގްލޯބަލް އެފެއާޒް، ގަވަރނަންސް އެންޑް އިންޓަރނޭޝަނަލް ރިލޭޝަންސް، ޕޮލިޓިކްސް އެންޑް ގަވަރނަންސް، ޕަބްލިކް މެނޭޖްމަންޓް އެންޑް ގަވަރނަންސް، ގަވަރނަންސް އެންޑް ޕަބްލިކް ޕޮލިޗީ، ގަވަރނަންސް އެންޑް ޑިވެލޮޕްމަންޓް، ގަވަރނަންސް އޮސް ސަސްޓެއިނަބިލިޓީ، ގްލޯބަލް ގަވަރނަންސް އެންޑް ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް، ގަވަރނަންސް އެންޑް ޑިޕްލޮމަސީ، ގަވަރނަންސް އެންޑް ހިއުމަން ރައިޓްސް، އިކޮނޮމިކް ގަވަރނަންސް އެންޑް ޑިވެލޮޕްމަންޓް، ޓްރާންސްނޭޝަނަލް ގަވަރނަންސް، ނެގޯސިއޭޝަން އެންޑް ކޮންފްލިކްޓް ރެޒޮލިއުޝަން، އިންޓަރނޭޝަނަލް ލީޑަރޝިޕް އެންޑް ނެގޯސިއޭޝަން، އިންޓަރނޭޝަނަލް ބިޒްނަސް ނެގޯސިއޭޝަން، ޑިޕްލޮމަސީ އެންޑް އިންޓަރނޭޝަނަލް ލޯ، އިންޓަރނޭޝަނަލް އެފެއާޒްގެ ރޮނގުން މޯލްޑިވްސް ނެޝަނަލް ކޮލިފިކޭޝަންސް ފްރޭމްވޯރކްގެ ލެވަލް 7 ގެ ސަނަދެއް ހާސިލްކޮށްފައިވުން،

ނުވަތަ،

މޯލްޑިވްސް ނެޝަނަލް ކޮލިފިކޭޝަންސް ފްރޭމްވޯރކްގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ސަރުކާރުގައި، ނުވަތަ ޕަބްލިކް ނުވަތަ ޕްރައިވެޓް ސެކްޓަރގައި، ނުވަތަ ގައުމީ ނުވަތަ ބައިނަލްއަގްވާމީ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގައި 3 އަހަރު ދުވަހު މަސައްކަތްކޮށް، އިންޓަރނޭޝަނަލް ރިލޭޝަންސް، އިންޓަރނޭޝަނަލް އެފެއާޒް، އިންޓަރނޭޝަނަލް ސްޓަޑީޒް، ފޮރިން ރިލޭޝަންސް، ޕޮލިޓިކަލް ސައެންސް، ގްލޯބަލް ސްޓަޑީޒް،  ޑިޕްލޮމަސީ، ޑިޕްލޮމެޓިކް ސްޓަޑީޒް ޑިވެލޮޕްމަންޓް ސްޓަޑީޒް، ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް، އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް، އިންޓަރނޭޝަނަލް ޕަބްލިކް ޕޮލިސީ، ޕޮލިޓިކްސް އެންޑް އިންޓަރނޭޝަނަލް ރިލޭޝަންސް، ޕޮލިޓިކަލް ސައިންސް އެންޑް އިންޓަރނޭޝަނަލް ރިލޭޝަންސް،  އިންޓަރނޭޝަނަލް ބިޒްނަސް އެންޑް އިންޓަރނޭޝަނަލް ރިލޭޝަނސް، އިންޓަރނޭޝަނަލް ރިލޭޝަނސް

އެންޑް ސޯޝަލް ޕޮލިސީ، އިންޓަރނޭޝަނަލް ރިލޭޝަންސް އެންޑް އިންޓަރނޭޝަނަލް އޮގަނައިޒޭޝަން، އިންޓަރނޭޝަނަލް ރިލޭޝަނސް އެންޑް ގްލޯބަލް އެފެއާޒް، ޕަބްލިކް ސަރވިސް އެންޑް ގްލޯބަލް އެފެއާޒް، ގަވަރނަންސް އެންޑް އިންޓަރނޭޝަނަލް ރިލޭޝަންސް، ޕޮލިޓިކްސް އެންޑް ގަވަރނަންސް، ޕަބްލިކް މެނޭޖްމަންޓް އެންޑް ގަވަރނަންސް، ގަވަރނަންސް އެންޑް ޕަބްލިކް ޕޮލިޗީ، ގަވަރނަންސް އެންޑް ޑިވެލޮޕްމަންޓް، ގަވަރނަންސް އޮސް ސަސްޓެއިނަބިލިޓީ، ގްލޯބަލް ގަވަރނަންސް އެންޑް ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް، ގަވަރނަންސް އެންޑް ޑިޕްލޮމަސީ، ގަވަރނަންސް އެންޑް ހިއުމަން ރައިޓްސް، އިކޮނޮމިކް ގަވަރނަންސް އެންޑް ޑިވެލޮޕްމަންޓް، ޓްރާންސްނޭޝަނަލް ގަވަރނަންސް، ނެގޯސިއޭޝަން އެންޑް ކޮންފްލިކްޓް ރެޒޮލިއުޝަން، އިންޓަރނޭޝަނަލް ލީޑަރޝިޕް އެންޑް ނެގޯސިއޭޝަން، އިންޓަރނޭޝަނަލް ބިޒްނަސް ނެގޯސިއޭޝަން، ޑިޕްލޮމަސީ އެންޑް އިންޓަރނޭޝަނަލް ލޯ، އިންޓަރނޭޝަނަލް އެފެއާޒްގެ ދާއިރާއިން ތަޖުރިބާ ލިބިފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ލިބެންހުންނާނެއެވެ).
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) ކޮމިޝަނުގެ ވަޒީފާތަކަށް އެދި ހުށަހަޅާ ރާއްޖެއިން ބޭރުގެ މަތީ ތައުލީމުދޭ މަރުކަޒުތަކުގެ ތައުލީމީ ސެޓުފިކެޓުތަކަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ ސެޓްފިކެޓްތަކަކަށް ވާންވާނެއެވެ. މިގޮތުން، ދަރިވަރު ކިޔަވާފައިވަނީ ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ދިވެހިރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ކަމުގައިވީ ނަމަވެސް، ދަރިވަރު ކިޔަވާފައިވާ ކޯހުގެ ސެޓްފިކެޓް އެވޯޑިން ބޮޑީއަކީ ރާއްޖެއިން ބޭރުގެ މަތީ ތައުލީމުދޭ މަރުކަޒެއް ނަމަ، އެ ސެޓްފިކެޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ ސެޓްފިކެޓަކަށް ވާންވާނެއެވެ. އަދި ކޯސް ފުރިހަމަކުރިކަމުގެ ލިޔުން ހުށަހަޅާ ނަމަ، ފުރިހަމަކޮށްފައިވާ ކޯހުގެ ފެންވަރު ބަޔާންކޮށް އެ އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓް ހުށަހަޅަން ވާންވާނެއެވެ.

(ށ) ދިވެހިރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒުތަކުން ދޫކުރާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން (ކޯސް ކޮމްޕްލީޝަން ލެޓަރ) ބަލައިގަނެވޭނީ، ލިޔުމުގައި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން "ބެޗް ވެލިޑޭޓް" ކޮށް ދަރިވަރުންނަށް ސަނަދުދިނުމުގެ ހުއްދަ އެ މަރުކަޒަކަށް ދީފައިވާ ސިޓީ ނަންބަރާއި ތާރީޚު ހިމަނާފައިވާ ނަމައެވެ.

   6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ: 

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ) ދައުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

   7. މަސައްކަތުގެ ތަޖުރިބާގެ މުއްދަތު ހިސާބުކުރާނެ ގޮތާއި ޕޮއިންޓްދެވޭނެގޮތް "ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާގެ ވަޒީފާތަކަށް މީހުން ހޯދުމާއި އައްޔަނުކުރުމުގެ މިންގަނޑުތަކާއި އުސޫލުތައް 2022 ފުރަތަމަ އިސްލާހު" ގައި ބަޔާންކުރެވިފައިވާނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. އަސާސީ ޝަރުޠު ހަމަވުން (30 އިންސައްތަ)
  2. އަސާސީ ޝަރުޠަށް ވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު (5 އިންސައްތަ)
  3. އަސާސީ ޝަރުތަށް ވުރެ އިތުރަށް ލިބިފައިވާ މަސައްކަތާ ގުޅޭ ތަޖުރިބާ (5 އިންސައްތަ)
  4. އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް) (15 އިންސައްތަ)
  5. އިންޓަރވިއު (ޕްރެޒެންޓޭޝަނާއެކު) (45 އިންސައްތަ)

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 18 ނޮވެންބަރު 2025 ވާ އަންގާރަ ދުވަހުގެ 23:59 ގެ ނިޔަލަށް، ސިވިލް ސަރވިސް ކޮމިޝަނުގެ ހިއުމަން ރިސޯސް ސެކްޝަނުގެ އީމެއިލް އެޑްރެސް [email protected]  މެދުވެރިކޮށެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. 

ޝޯޓް ލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަވިއު، އިމްތިޙާނު އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި ޕްރެކްޓިކަލްސް އޮންނާނީ 19 ނޮވެންބަރު 2025 އާ 18 ޑިސެންބަރު 2025 އާ ދެމެދުއެވެ. ޕްރެކްޓިކަލްސް އަދި އިންޓަރވިއު އޮންނާނީ ސިވިލް ސަރވިސް ކޮމިޝަނުގައެވެ. ވުމާއެކު، އެ މުއްދަތުގައި އިންޓަރވިއު އާއި ޕްރެކްޓިކަލްސް އަށް ތައްޔާރުވެގެން ތިބުމަށް ވެސް ދަންނަވަމެވެ.

ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިއުލާނުގެ މުއްދަތު ހަމަވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި ވަޒީފާއަށް ކުރިމަތިލި ފަރާތްތަކުގެ ސްކްރީނިންގ މަރުހަލާގެ ނަތީޖާ ޝީޓު އާއްމު ކުރެވޭނެއެވެ. އަދި އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2ޝީޓް)"  އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތް ނަމަ ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3307357/3307358 ނަންބަރު ފޯނާ ނުވަތަ އެޗް.އާރު. ހޮޓްލައިން 7598991 މޮބައިލަށެއެވެ. އަދި އީ-މެއިލް ކުރައްވާނީ [email protected] އަށެވެ. އިތުރު މައުލޫމާތު ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

06 ނޮވެންބަރު 2025