ނީލަން
ނަންބަރު: (IUL)38-AA/38/2025/221
ޕަބްލިޝްކުރި ތާރީޚް: 06 ނޮވެންބަރު 2025
ޕަބްލިޝްކުރި ގަޑި: 15:35
އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
އިލެކްޝަންސް ކޮމިޝަނުގެ ހުރި ބައުވެ ހަލާކުވެފައިވާ މުދާ ނީލަން ކިޔުން

(IUL)38-AA/38/2025/221 :ނަންބަރު

 

އިޢުލާން

އިލެކްޝަންސް ކޮމިޝަނުގެ ހުރި ބައުވެ ހަލާކުވެފައިވާ މުދާ ނީލަން ކިޔުން

މި ކޮމިޝަނުގައި ހުރި ބައުވެ ހަލާކުވެފައިވާ މުދާ ނީލަން ކިޔުން، 2025 ނޮވެމްބަރު 13 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި، އިލެކްޝަންސް ކޮމިޝަން (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، ހިލާލީމަގު) ގެ 05 ވަނަ ފަންގިފިލާގައި އޮންނާނެއެވެ. ނީލަން ކިޔުމަށް ހަމަޖެހިފައިވާ މުދަލުގެ މަޢުލޫމާތާއި، މުދަލުގެ އަގު، ނީލަމުގައި ފަށާ ގޮތުގެ ލިސްޓެއް، މި އިޢުލާނާއެކު އެއްކަރުދާސް ކޮށްފައިވާނެއެވެ. ނީލަމުގައި ބައިވެރިވެ، ނީލަމުން މުދާ ނަންގަވާ ފަރާތްތަކުން، ސަރުކާރު ބަންދު ނޫން ތިން ދުވަހުގެ ތެރޭގައި، މަލީ ވުޒާރާގެ ބަނޑޭރި ޕޯޓަލް މެދުވެރިކޮށް މި ކޮމިޝަނަށް ފައިސާ ދެއްކުމަށްފަހު، ކޮމިޝަނުން މުދާ ގެންދަވަންވާނެއެވެ.

މި ނީލަމުގައި ބައިވެރިވެލައްވަން، ބޭނުންފުޅުވާ ފަރާތްތަކުން، 2025 ނޮވެމްބަރު 13 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އަށް، އިލެކްޝަންސް ކޮމިޝަން (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، ހިލާލީމަގު) ގެ 05 ވަނަ ފަންގިފިލާއަށް ވަޑައިގެންދެއްވުން އެދެމެވެ. އަދި ނީލަމަށް ވަޑައިގަންނަވާއިރު އެފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަންވާނެއެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

06 ނޮވެންބަރު 2025