ދިވެހިރާއްޖެ
|
އިޢުލާން |
ނަންބަރ: |
(IUL)421/ESMSED/421/2025/50 |
|
ތާރީޚް |
15 ޖުމާދިލްޢޫލާ 1447 |
|
|
06 ނޮވެމްބަރ 2025 |
މަސްޖިދުލްއިކްރާމްހުރި ގޯތީގައި ޤުރުއާން ކްލާހަކާއި އެކޮމޮޑޭޝަނެއް ހެދުން
މިރަށުގައި ސަރުކާރުން އުވާލާފައިވާ "މަސްޖިދުލް އިކްރާމް" މިސްކިތްހުރި ގޯތީގައި ޤުރުއާން ކްލާހެއް ހެދުމަށް ބޭނުންވެގެންކުރި މިކައުންސިލްގެ ނަންބަރ: (IUL)421/ESMSED/421/2025/46 ( 07 އޮކްޓޯބަރ 2025 ) އިޢުލާނުގައިވާ ޤުރުއާން ކުލާހާއެކު އެކޮމޮޑޭޝަނެއް އިތުރުކުރުމަށް ކައުންސިލުން ބޭނުންވާތީ އެއިއުލާން ބާޠިލުކޮށް އަލުން އިއުލާންކުރީމެވެ.
ވީމާ،އަމިއްލަ ތަކެތީގައި މިމަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީވުމަށް ހުޅުވާލެވިފައިވާ ސުންގަޑި ހަމަވުމުގެ ކުރިން ބީލަމުގައި ރަޖިސްޓްރީވުމަށްއެދޭ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު މިއިދާރާގެ އީމެއިލް [email protected] އަށް ފޮނުވާ، ބީލަމުގައި ރަޖިސްޓްރީ ވުމަށްފަހު،ޕްރީބިޑް މީޓިންގް ގައި ބައިވެރިވެ،ކަނޑައެޅިފައިވާ ސުންގަޑިޔަށް އަންދާސީ ހިސާބް ހުށަހެޅުއްވުން އެދެމެވެ.ޕްރީބިޑް މީޓިންގް ގައި ބައިވެރިނުވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެއެވެ.
މިކަމަށް ކުރިމަތިލެވޭނީ ޤާނޫން ނަންބަރ 2014/18 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކާއި،ޤާނޫން ނަންބަރ 19/2014 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރި ތަކަށެވެ.މިއިޢުލާނާ ގުޅިގެންދެވޭ މަޢުލޫމާތު ކަރުދާހާއި، ބީލަންހުށަހަޅާ ފޯމް،ބީލަމުގައި ރަޖިސްޓްރީވުމަށްއެދޭ ފޯމް އަދި ކުރެހުން މިއިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެވެ.
އަންދާސީ ހިސާބް ހުށަހެޅުމާބެހޭ
|
ތަފްޞީލް |
ތާރީޚް |
ދުވަސް |
ގަޑި |
|
ބީލަމުގައި ރަޖިސްޓްރީ ވުމުގެ ސުންގަޑި |
17 ނޮވެމްބަރ 2025 |
ހޯމަ |
14:00 |
|
ޕްރީބިޑް މީޓިންގް ބާއްވާ ގަޑި |
18 ނޮވެމްބަރ 2025 |
ައަންގާރަ |
10:00 |
|
އަންދާސީ ހިސާބް ހުށަހެޅުމުގެ ސުންގަޑީ |
20 ނޮވެމްބަރ 2025 |
ބުރާސްފަތި |
13:00 |
އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީ ގަޑީގައި މި އިދާރާގެ ފޯން ނަންބަރ 6840005 އާއި ގުޅުއްވުމުން މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.
މުޙައްމަދު އިބްރާހިމް
ސެކެރެޓަރީ ޖެނެރަލް