ވަޒީފާގެ ފުރުޞަތު
ނަންބަރު: 145-A/2015/ 59
ޕަބްލިޝްކުރި ތާރީޚް: 27 އޮކްޓޫބަރު 2015
ޕަބްލިޝްކުރި ގަޑި: 15:40
ސުންގަޑި: 10 ނޮވެންބަރު 2015 13:00
ކްރިމިނަލް ކޯޓު
ދިވެހިރާއްޖެ
ކޯޓް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމު

ކޯޓް އޮފިސަރ

ރޭންކް: ޖީ. އެސް. 3

އަދަދު

1 (އެކެއް)

މަސައްކަތް ކުރަންޖެހޭ ތަން

ކްރިމިނަލް ކޯޓު

އަސާސީ މުސާރަ

-/4465 ރުފިޔާ (ހަތަރުހާސް ހަތަރު ސަތޭކަ ފަސްދޮޅަސް ފަސް ރުފިޔާ)

މި މަޤާމަށް ލިބޭ އެލަވަންސް

ސަރވިސް އެލަވަންސް -/1500 (ފަނަރަ ސަތޭކަރުފިޔާ)، ލިވިންގ އެލަވަންސް -/2700 (ދެހާސް ހަތްސަތޭކަ ރުފިޔާ)، ޖުޑީޝަލް އެލަވަންސްގެގޮތުގައި މުސާރައިގެ %40 އަދި ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

 

އަސާސީ ޝަރުޠު

1- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލްކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު، މަތީ ސާނަވީ އިންތިޙާނަކުން 3 މާއްދާއިން ދަށްވެގެން [ސީ] ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި [ދިވެހި] މި މާއްދާއިން ދަށްވެގެން [ސީ] ލިިބިފައިވުމާއެކު ޖީ. އެސް. 3 ރޭންކުގައި މަދުވެގެން 1 (އެކެއް) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2- މަޤާމަށް ބޭނުންވާ ދާއިރާއަކުން އެޑްވާންސް ސެޓްފިކެޓެއް ހާސިލުކޮށްފައިވުން. ނުވަތަ؛

3- މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުންދިޔުމާއެކު، ޖީ. އެސް. 3 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

 

މަޤާމުގެ މަސްއޫލިއްޔަތު

1- ޝަރީޢަތާ ގުޅޭ ކަންކަމުގައި ހާޒިރުކުރެވޭ ފަރާތްތަކާއި، ޝަރީޢަތާ ގުޅުންހުރި މުޢަމަލާތްތައް ހިންގުން.

2-  ޝަރީޢަތުގެ މަޖިލިހުގެ ކަންތައް ބެލެހެއްޓުން.

3- ޝަރީޢަތާބެހޭ އިދާރީ މަސައްކަތްތައް ކުރުން.

 

އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި

1- ފުރިހަމަކޮށްފައިވާ، ޝަރުޢީ ދާއިރާގެ ވަޒީފާއަށް ވަނުމަށް އެދޭ ފޯމު.

2- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި، އީމެއިލް އެޑްރެހާއި، ވަޒީފާ އަދާކޮށްފައިވާ ތަންތަނާއި، އަދާކުރި ވަޒީފާތަކާއި، އެ ވަޒީފާތައް އަދާކުރި މުއްދަތު ހިމެނޭގޮތަށް)

3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

4- މޯލްޑިވްސް އެކްރެޑިޓޭޝަން ބޯޑުން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ.

5- ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ.

ސުންގަޑި

2015 ނޮވެންބަރު 10 ވަނަ ދުވަހުގެ 13:00

 

އިތުރު މަޢުލޫމާތު

  • މި މަޤާމުގެ އިންޓަވިއުއަށް ދައުވަތުދެވޭނީ ހަމައެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.
  • ޝޯޓްލިސްޓް ކުރެވޭނީ، ތަޢުލީމީ ސެޓްފިކެޓްތަކަށާއި ތަޖުރިބާއަށް ބަލައިގެން އެންމެ މަތިން މާކްސް ލިބޭ 20 ފަރާތެވެ.
  • ވަޒީފާއަށް  އެދޭ  ފޯމު،  މި  ކޯޓުގެ  ކައުންޓަރުން  ލިބެން  ހުންނާނެއެވެ.  އަދި  މި  ކޯޓުގެ  ވެބްސައިޓް   (www.criminalcourt.gov.mv ން) މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.

14 މުޙައްރަމް 1437

27 އޮކްޓޫބަރު 2015