ނީލަން
ނަންބަރު: (IUL)290/290/2025/73
ޕަބްލިޝްކުރި ތާރީޚް: 06 ނޮވެންބަރު 2025
ޕަބްލިޝްކުރި ގަޑި: 14:09
މިލަދުންމަޑުލު ދެކުނުބުރީ މާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މި އިދާރާގެ ބެލުމުގެ ދަށުގައިހުރި 15 ޓަނުގެ އައިސް ޕްލާންޓް ސިޓީލާ ނީލަމުގައި ވިއްކާލުން

އިޢުލާން

 

މި އިދާރާގެ ބެލުމުގެ ދަށުގައިހުރި 15 ޓަނުގެ އައިސް ޕްލާންޓް ސިޓީލާ ނީލަމުގައި ވިއްކާލުން


މި އިދާރާގެ ބެލުމުގެ ދަށުގައިހުރި 15 ޓަނުގެ އައިސް ޕްލާންޓެއް (ކްރަޝަރއާއިއެކު) ސިޓީލާ ނީލަމުގައި ވިއްކާލުމަށް ބޭނުންވެއެވެ. އެހެންކަމުން އައިސް ޕްލާންޓް ގަތުމަށް އެންމެ މަތީ އަގެއް ހުށަހަޅާ ފަރާތަކަށް ސިޓީލާ ނީލަމުގެ އުސޫލުން ވިއްކާލުމަށް ހުޅުވާލަމެވެ.

އައިސްޕްލާންޓް ގަތުމަށް ޝައުޤުވެރިވާ ފަރާތްތަކުން ކޮންމެ ދުވަހެއްގެ މެންދުރުފަހު 12:00 ގެ ކުރިން އަގު ހުށަހެޅުއްވުން އެދެމެވެ. އަގު ހުށަހަޅުއްވާނީ މި އިޢުލާނާ ހީރަސްކުރެވިފައިވާ ފޯމުން، ކޮންމެ ރަސްމީ ދުވަހެއްގެ މެންދުރު 12 ގެ ކުރިންނެވެ. ކޮންމެ ދުވަހަކުވެސް އެދުވަހެއްގެ ނިޔަލަށް ހުށަހެޅިފައިވާ އެންމެ މަތީއަގު މި އިދާރާގެ ފޭސްބުކް ޕޭޖްގައި ޝާއިޢުކުރެވޭނެއެވެ.

އައިސްޕްލާންޓް ގަތުމަށް އަގު ހުށަހަޅާ ފަރާތްތަކުން ހުށަހަޅާފައިވާ އަގު، ޖެހިޖެހިގެން ރަސްމީ 3 ދުވަހު އެއް އަގެއް އޮތްނަމަ އެ އަގު ހުށަހެޅި ފަރާތެއްގެ ނަމުގައި ނީލަން ނިންމައިލެވޭނެއެވެ.

ނީލަން ކާމިޔާބު ކުރާ ފަރާތަށް ނީލަން ކާމިޔާބުކުރިކަން އަންގާ ލިޔުން ދިނުމަށްފަހު ހެދޭ އެގްރީމެންޓާއި އެއްގޮތަށް ނީލަން ކިޔުނު ތަކެތީގެ ފައިސާ  މިއިދާރާއަށް ދައްކާ 1 (އެކެއް)  މަސް ދުވަހުގެ ތެރޭގައި ނީލަމުންނެގި މުދާ ގެންދަވަން ވާނެއެވެ.

މުހިއްމު މައުލޫމާތު:

ތަކެތީގެ މަޢުލޫމާތު: ކޮންޓޭނަރައިޒް 15 ޓަނުގެ ފްރެޝް ވޯޓަރ އައިސް ޕްލާން (ކްރަޝަރއާއެކު)

ބޭނުންކުރާ ފެނުގެ ބާވަތް: ސާފު ފެން

ކޮންޑިޝަން: ބްރޭންޑް ނިއު

ނީލަން ފެށޭއަގު: 50،000.00 (ފަންސާސް ހާސް ރުފިޔާ)

ފަހަރަކު އިތުރު ކުރެވޭނެ އެންމެ ކުޑަ އަގު: 500.00 (ފަސްސަތޭކަ ރުފިޔާ)

އަގު ހުށަހެޅުމުގައި ކައުންޓަރުން ފޯމް ބަލައިގަތުމުގެއިތުރުން އީމެއިލާއި ވައިބަރގެ ޒަރީއާއިން ފޮނުވާ ފޯމްވެސް ބަލައިގަނެވޭނެއެވެ. ނީލަމުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މިތަކެތި ބަލާލުމުގެ އިންތިޒާމު ނީލަން ނިމެންދެން ބަންދު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 08:00 ން މެންދުރު 14:00 އަށް މިއިދާރާއަށް ޙާޟިރުވުމުން ބެލުމުގެ އިންތިޒާމް ހަމަޖެހިފައިވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށް ނަންބަރު 6560005 އަދި މޯބައިލް 9861066 އަށް ގުޅުއްވުން އެދެމެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

06 ނޮވެންބަރު 2025