ދިވެހިރާއްޖެ
މި އިދާރާގެ ނަންބަރު (IUL)257/257/2025/104 (29 އޮކްޓޫބަރު 2025) އިޢުލާނާ ހަވާލާދީ ދަންނަވަމެވެ.
ހއ. ހަވަންދޫ ކައުންސިލުން އިންތިޒާމުކޮށްގެން ހއ. އަތޮޅުގެ ހުރިހާ ރައްޔިތުންނަށް އަމާޒުކޮށްގެން 2025 ނޮވެންބަރު 27 އިން 29 ހއ. އިހަވަންދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްތަރި ޤުރުއާން މުބާރާތުގައި، ބައިވެރިވާން ބޭނުންފުޅުވެލައްވާ ބާރަށުގެ ރައްޔިތުންނަށް އިތުރު ފުރުސަތު ހުޅުވާލަމެވެ.
ވީމާ، މި މުބާރާތުގައި ބާރަށް ތަމްސީލު ކުރުމަށް ބޭނުންފުޅުވެލައްވާ ފާރަތްތަކުން ތިރީގައިވާ ގޫގުލް ލިންކް 2025 ނޮވެމްބަރ 08 ގެ 18:00 ގެ ކުރިން ފުރިހަމަކޮށްދެއްވުން އެދެމެވެ. މުބާރާތުގެ ޤަވާއިދު އިޢުލާނާއެކު އެއްކަރުދާސްކުރެވިފައިވާނެއެވެ.
މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް: https://forms.office.com/r/18ENhJNCrW?origin=lprLink
ނޯޓް: މި މުބާރާތުގައި ބައިވެރިވެވޭނީ މި ފުރުޞަތުގައި ބައިވެރިވުމަށް އެދޭ ޖުމުލަ 09 ބައިވެރިންނަށެވެ. މި އަދަދު 9 އަކަށްވުރެ އިތުރަށް ފޯމު ހުށައަޅާފައިވާނަމަ، ހުށައަޅާފައިވާ ތަރުތީބަށް އިސްކަންދެވޭނެއެވެ.