މަސައްކަތް
ނަންބަރު: (IUL)308/2025/47
ޕަބްލިޝްކުރި ތާރީޚް: 06 ނޮވެންބަރު 2025
ޕަބްލިޝްކުރި ގަޑި: 13:45
ސުންގަޑި: 13 ނޮވެންބަރު 2025 13:00
މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެއްގަމު ލައިސަންސް ޓްރެކް މަރާމާތުކުރުން

ޕްރޮޖެކްޓް ނަންބަރު PC/308/2025/11

އެއްގަމު ލައިސަންސް ޓްރެކް އަމިއްލަތަކެތީގައި މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

މަސައްކަތާބެހޭ މަޢުލޫމާތު

  1. އެނެކްސް 1 ގައިވާ ކުރެހުމާއި އެއްގޮތަށް، 4 އިންޗި ގަލުން، ގާފޮޅު ރޭނުމާއި ސިމެންތި ޖެހުން. ގާފޮޅު ރާނާނީ ބިމުގެ ސަތަހާގެ އަޑިއަށް 6 އިންޗި އަދި މައްޗަށް 6 އިންޗި ބަހައްޓައިގެންނެވެ.
  2. ޓްރެކް އަޅާ ސަރަޙައްދު ލެވަލްކޮށް ބިންގަނޑު ހަރުކުރުން.
  3. ވެލިއަޅައި، ބިންގަނޑު ލެވަލްކުރާނީ ގައު އެތުރުމުން، މިހާރު އޮތް ސްލެބްގެ މަތީކައިރިއާ ހަމަވާވަރަށް.
  4. ގާފޮޅުގެ އެތެރޭގައި، އެނެކްސް 1 ގައިވާ ކުރެހުމާއި އެއްގޮތަށް ޕޭމަންޓް ގައު އެތުރުން.
  5. އެނެކްސް 1 ގައިވާ ރޭންޕަށް ބިންގަނޑު ހަރުކޮށް ގައު އެތުރުން.
  6. މި ޕްރޮޖެކްޓަށް ޕޭމަންޓް ގައު ގަންނަންވާނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުން.
  7. ޓްރެކް ސަރަޙައްދުގައި އަތުރާ ގަލުގެ ސައިޒް: 8”x4”x2”
  8. ގައު އަތުރަންޖެހޭ ސަރަޙައްދުގެ ބޮޑުމިން: 10،000 އަކަފޫޓް
  9. އެނެކްސް 1 ގައިވާ ކުރެހުމާއި އެއްގޮތަށް ރީނދޫ ދަވާދުން ޓްރެކް ކުރެހުން.

އިތުރު މަޢުލޫމާތު

  1. މި ޕްރޮޖެކްޓްގެ ބިޑު ސެކިއުރިޓީގެ ގޮތުގައި 25،000.00 (ފަންސަވީސްހާސް) ރުފިޔާގެ ބިޑު ސެކިއުރިޓީއެއް ހުށަހަޅަންވާނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 120 (ސަތޭކަ ވިހި) ދުވަހެވެ. ބިޑް އެވޯޑުކުރާ ފަރާތުގެ ބިޑް ސެކިއުރިޓީ ދޫކުރާނީ ޕާފޯމަންސް ގެރެންޓީ ހުށަހެޅުމުންނެވެ.
  2. ޕްރޮޖެކްޓް ކާމިޔާބު ކުރައްވާ ފަރާތުން ހުށަހަޅުއްވާ ބީލަމުގެ އަގުގެ %5 (ފަހެއް އިންސައްތަ) އަށް ވާ ޢަދަދުގެ ޕާފޯމަންސް ގެރެންޓީއެއް ހުށަހަޅަންވާނެއެވެ.
  3. ބިޑް ސެކިއުރިޓީ އާއި ޕާފޯމަންސް ގެރެންޓީ ވާންވާނީ ދިވެހިރާއްޖޭގައި ޤާއިމްވެފައިވާ ބޭންކަކުން ނުވަތަ ފައިނޭންޝިއަލް އިންސްޓިޓިއުޓަކުން މި ޕްރޮޖެކްޓަށް ދޫކޮށްފައިވާ ސެކިއުރިޓީއަކާއި ޕާފޯމަންސް ގެރެންޓީއަކަށެވެ.

ރަޖިސްޓްރީކުރުން

2025 ނޮވެންބަރު 12 ވާ ބުދަ ދުވަހުގެ 13:00ގެ ކުރިން ބިޑް ރަޖިސްޓްރީކުރަންވާނެއެވެ. ބިޑް ރަޖިސްޓްރީ ފޯމުގެ ލިންކް ތިރީގައި އެވަނީއެވެ.

އެއްގަމު ލައިސަންސް ޓްރެކް މަރާމާތުކުރުމުގެ ބިޑުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް

ބިޑް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ ބިޑް ބަލައިނުގަންނާނެ ވާހަކަ ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރުން

މި މަސައްކަތާއި ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމަށް އީ-މެއިލް ކުރައްވާނީ 2025 ނޮވެންބަރު 12 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައި ދަންނަވާފައިވާ އެޑްރެހަށެވެ. އީމެއިލްކުރައްވާއިރު ސަބްޖެކްޓްގައި އިޢުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ.

އީމެއިލް އެޑްރެސް:  [email protected]

ކޮޕީ:  [email protected]

އަންދާސީ ހިސާބު ހުށަހެޅުމުގެ ސުންގަނޑި އާއި ހުށަހަޅާނެގޮތް

  • 2025 ނޮވެންބަރު 13 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް.
  • އަންދާސީ ހިސާބު ހުށަހަޅާނީ މިއިދާރާއަށް ވަޑައިގެންނެވެ.
  • އަންދާސީ  ހިސާބު ހުޅުވުން އޮންނާނީ އަންދާސީ ހިސާބު ހުށަހަޅާ ދުވަހު އަންދާސީ ހިސާބު ހުށަހަޅާ ގަޑީގައެވެ.

އަގު ހުށަހަޅަންވީ ގޮތް:

- އަގު ހުށަހަޅަންވާނީ ދިވެހި ރުފިޔާއިންނެވެ.

- ބީލަން ހުށަހަޅަންވާނީ މިކައުންސިލުން ތައްޔާރުކޮށްފައިވާ ބީލަން ފޯމުންނެވެ.

- އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައިއެވެ.

- ސިޓީއުރައިގައި ބަންދުކުރެވިފައިވާ ލިޔެކިޔުން ފިޔަވާ އެހެން ލިޔުމެއް ފަހުން ބަލައެއް ނުގަނެވޭނެއެވެ. އަދި ބަންދުކުރެވިފައިވާ ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރު އަދި ތިރީގައިވާގޮތަށް އެޑްރެސްކުރެވިފައި އޮންނަންވާނެއެވެ.

"އެއްގަމު ލައިސަންސް ޓްރެކް މަރާމާތުކުރުން"

މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ

ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް:

- ވިޔަފާރީގެ މުއްދަތު ހަމަނުވާ ރަޖިސްޓްރީގެ ކޮޕީ.

- އަންދާސީ ހިސާބު ހުށަހަޅާ ފޯމް.

- ޓެކްސް ކުލިއަރެންސް ރިޕޯޓް.

ޕޮއިންޓް ދެވޭގޮތުގެ ތަފްސީލު:

  1. ޕޮއިންޓް ދިނުމުގައި ބަލާ މިންގަނޑު ތަކަކަކީ :

- އަގު %80

- ތަޖުރިބާ

- މުއްދަތު

  1. ބިޑް އިވެލުއޭޓްކުރުމުގައި އަގުގެ ބެންޗްމާކުގެ ގޮތުގައި ބަލާނީ ހުށަހަޅާފައިވާ އެންމެ ކުޑައަގެވެ.
  2. ތަޖުރިބާއަށް ޕޮއިންޓް ދިނުމުގައި ބަލާނީ ފާއިތުވި 2 އަހަރު ކޮށްފައިވާ މިފަދަ މަސައްކަތްތަކުގެ ލިޔުމަށެވެ.
  3. ބިޑް އިވެލުވޭޓްކުރުމުގައި މުއްދަތުގެ ބެންޗްމާކުގެ ގޮތުގައި ބަލާނީ ހުށަހަޅާފައިވާ އެންމެ ކުރު މުއްދަތެވެ.
  4. ބިޑް އިވެލުއޭޓް ކުރާނީ މިއިދާރާގެ ބިޑް އިވެލުއޭޝަން ކޮމިޓީންނެވެ.
  5. ބިޑް އިވެލުއޭޝަން ކޮމިޓީން އިވެލުއޭޓްކުރުމަށް ފަހު، ބިޑުތައް ކާމިޔާބު ކުރެވުނު ފަރާތަށާއި ނުކުރެވުނު ފަރާތްތަކަށް އެންގޭނެއެވެ.
  6. ބިޑް އިވެލުއޭޝަނާއި ގުޅިގެން އެއްވެސް ޝަކުވާއެއް އޮތްނަމަ "ބީލަންވެރިޔާ މައްސަލަ ހުށަހަޅާ ފޯމް" ހުށަހެޅުމުން އެފަރާތަކަށް ޖަވާބުދެވޭނެއެވެ.

އިތުރު މަޢުލޫމާތު

  1. ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ، 1 (އެކެއް) އަންދާސީ ހިސާބެވެ.
  2. ވިޔަފާރީގެ ވެރިފަރާތް ނޫން ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅަން ޙާޟިރުވާނަމަ، އެކަން އަންގައިދޭ ލިޔުމެއް އޮންނަންވާނެއެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

06 ނޮވެންބަރު 2025