ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)23/1/2015/310
ޕަބްލިޝްކުރި ތާރީޚް: 27 އޮކްޓޫބަރު 2015
ޕަބްލިޝްކުރި ގަޑި: 13:56
ސުންގަޑި: 09 ނޮވެންބަރު 2015 14:30
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ޖީޕީ އިންފޮމޭޝަން ސިސްޓަމުގެ މަސައްކަތްތައް ކުރުމަށްޓަކައި ތިރީގައިމިވާ މަޤާމުތަކަށް މީހުން ބޭނުންވެއެވެ. މި ވަޒީފާތަކަކީ، ކޮންޓްރެކްޓް އުޞޫލުން މަސައްކަތްކުރަންޖެހޭ ވަޒީފާއެވެ.

މަޤާމު

ސިސްޓަމް އެޑްމިނިސްޓްރޭޓަރ

މީހުން ބޭނުންވާ އަދަދު

1 (އެކެއް)

ކޮންޓްރެކްޓްގެ މުއްދަތު

2 އަހަރު ދުވަސް

މުސާރަ

-/18000 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން

 މިނިސްޓްރީ އޮފް ހެލްތު

 

ތަޢުލީމާއި ތަޖުރިބާ

1. އައިޓީ ސިސްޓަމް ޑިވެލޮޕްމަންޓް / ކޮމްޕިއުޓަރ ސައިންސް ނުވަތަ އައިޓީއާ ގުޅުންހުރި ދާއިރާއަކުން މާސްޓަރސް ހާސިލުކޮފައިވުމާއެކު، އެޕްލިކޭޝަން ޑިވެލޮޕްމަންޓުގެ ދާއިރާއަކުން 1 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. އައިޓީ ސިސްޓަމް ޑިވެލޮޕްމަންޓް / ކޮމްޕިއުޓަރ ސައިންސް ނުވަތަ އައިޓީއާ ގުޅުންހުރި ދާއިރާއަކުން ބެޗްލަރސް ޑިގްރީ ހާސިލުކޮފައިވުމާއެކު، އެޕްލިކޭޝަން ޑިވެލޮޕްމަންޓް ދާއިރާއަކުން 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. އަދި މީގެ އިތުރުން، މައިކްރޯސޮފްޓް ޑޮޓްނެޓް އެނގޭ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މަޤާމު

ސޮފްޓްވެއަރ ޑިވެލޮޕަރ

މީހުން ބޭނުންވާ އަދަދު

1 (އެކެއް)

ކޮންޓްރެކްޓުގެ މުއްދަތު

2 އަހަރު ދުވަސް

މުސާރަ

-/15000 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން

 މިނިސްޓްރީ އޮފް ހެލްތު

 

ތަޢުލީމާއި ތަޖުރިބާ

1. އައިޓީ ސިސްޓަމް ޑިވެލޮޕްމަންޓް / ކޮމްޕިއުޓަރ ސައިންސް ނުވަތަ އައިޓީއާ ގުޅުންހުރި ދާއިރާއަކުން ބެޗްލަރ ޑިގްރީ ހާސިލުކޮފައިވުމާއެކު، އެޕްލިކޭޝަން ޑިވެލޮޕްމަންޓުގެ ދާއިރާއަކުން 1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. އައިޓީ ސިސްޓަމް ޑިވެލޮޕްމަންޓް / ކޮމްޕިއުޓަރ ސައިންސް ނުވަތަ އައިޓީއާ ގުޅުންހުރި ދާއިރާއަކުން ޑިޕްލޮމާ ހާސިލުކޮފައިވުމާއެކު، އެޕްލިކޭޝަން ޑިވެލޮޕްމަންޓް ދާއިރާއަކުން 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. އަދި މީގެ އިތުރުން، މައިކްރޯސޮފްޓް ޑޮޓްނެޓް އެނގޭ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މި މަޤާމަށް މީހުން ހޮވުމުގައި ބެލޭނެ ކަންތައްތައް

  • ސިސްޓަމް މެނޭޖްކުރުމުގެ ހުނަރު ލިބިފައިވުން.
  • ދިވެހިބަހާއި އިނގިރޭސިބަހުން ރަނގަޅަށް މުޢާމަލާތްކުރަން އެނގުން.
  • މި މަޤާމުތަކާ ގުޅޭ "ޓާރމްސް އޮފް ރެފަރެންސް" (ޓީ. އޯ. އާރު) ބޭނުންފުޅުވާ ފަރާތްތަކަށް، މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި [email protected]  އަށް އީމެއިލް ކުރުމުންވެސް ލިބޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ގަޑި

ހެނދުނު 8:00 އިން ހަވީރު 3:00 އަށް

ޢިނާޔަތް

އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

 

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ވަޒީފާއަށް އެދޭ ސިޓީ.
  2. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ވަނަވަރު (އެކްރެޑިޓްކޮށްފައިވާ ކޮޕީ)
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރާއެކު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  4. ލިބިފައިވާ މަސައްކަތު ތަޖުރިބާ ސާބިތުކޮށްދޭ ލިޔުމާއި، ކުރިން ވަޒީފާ އަދާކޮށްފައިވާ ތަނެއްގެ ރެފެރެންސް ލިޔުމުގެ ކޮޕީ.

ސުންގަޑި

މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2015 ނޮވެންބަރު 9 ވާ ހޯމަ ދުވަހުގެ 14:30 ގެ ކުރިން، މިނިސްޓްރީ އޮފް ހެލްތަށް (ރޯޝަނީ ބިލްޑިންގަށް) ސިޓީ ހުށަހެޅުން އެދެމެވެ.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން

2015 ވަނަ އަހަރުގެ ނޮވެންބަރުމަހުގައި، މިނިސްޓްރީ އޮފް ހެލްތުގައި.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރަން ގުޅާނީ، 3014437 ނަންބަރު ފޯނަށެވެ.

14 މުޙައްރަމް 1437

27 އޮކްޓޫބަރު 2015