ދިވެހިރާއްޖެ
ކާބޯތަކެތީގެ އިންސްޕެކްޓަރުންގެ މަސައްކަތްތައް ހަރުދަނާކޮށް އެއްހަމައެއްގައި ކުރިއަށް ގެންދިޔުމުގެ ގޮތުން ކާބޯތަކެތީގެ އިންސްޕެކްޓަރުންގެ މަސްޢޫލިއްޔަތު އަދާކުރުމާގުޅޭ އުސޫލުތައް ބަޔާންކުރުމަށްޓަކައި ޤާނޫނު ނަންބަރު 6/2024 (ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނު) ގެ 99 ވަނަ މާއްދާގެ (ށ) ގެ (19) ވަނަ ނަންބަރުގެ ދަށުން ބާރު ލިބިގެން އެކުލަވާލާފައިވާ "ކާބޯތަކެތީގެ އިންސްޕެކްޓަރުންގެ ގަވާއިދު" އަށް އާންމުންގެ ޚިޔާލަށް ހުޅުވާލަމެވެ.
މި ގަވާއިދަށް ޚިޔާލު ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން، 2025 ޑިސެންބަރު 02 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން، މި އޮތޯރިޓީގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުއްވުން އެދެމެވެ.
ގަވާއިދުގެ ކޮޕީ ތިރީގައިވާ ލިންކުން ޑައުންލޯޑް ކުރެވޭނެއެވެ. ވީމާ، މިކަން އާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.
ލިންކް: https://mfda.gov.mv/dv/downloads/kaaboathaketheege-inspektarunge-gavaaidhu
14 ޖުމާދަލްއޫލާ 1447
05 ނޮވެމްބަރު 2025