ވަޒީފާގެ ފުރުޞަތު
ނަންބަރު: GS-158/I/2015/22
ޕަބްލިޝްކުރި ތާރީޚް: 28 އޮކްޓޫބަރު 2015
ޕަބްލިޝްކުރި ގަޑި: 13:45
ސުންގަޑި: 19 ނޮވެންބަރު 2015 13:00
ދަނގެތީ ސްކޫލް، އދ. ދަނގެތި
ދިވެހިރާއްޖެ
ޤުރްއާން ޓީޗަރ

އިޢުލާން

ޤުރްއާން ޓީޗަރުކަމުގެ މަޤާމަށް މީހަކު ބޭނުންވެއްޖެ.

މަޤާމް:

ޤުރްއާން ޓީޗަރ

ބޭނުންވާ އަދަދު:

1 (އެކެއް)

އިދާރާ:

އދ. ދަނގެތީ ސްކޫލު

ވަޒީފާ އަދާކުރަންޖެހޭ ތަން:

އދ. ދަނގެތީ ސްކޫލުގެ ޕީ. ޓީ. އޭ. ގެ ޤުރްއާން ކްލާސް

ވަޒީފާގެ ބާވަތް:

ކޮންޓްރެކްޓް

ވަޒީފާގެ މުއްދަތު:

1 އަހަރުދުވަސް (3 މަސްދުވަހުގެ ގްރޭސް ޕީރިއަޑާއެކު، މި މުއްދަތުގައި ވަޒީފާ އަދާކުރާ ފެންވަރަށް ބެލުމަށްފަހު، މަސައްކަތަށް ރަނގަޅުނަމަ، އަހަރުން އަހަރަށް ކޮންޓްރެކްޓް އާކުރެވޭނެ)

މުސާރައާއި ޢިނާޔަތް:

  • މަޤާމުގެ އަސާސީ މުސާރައާއި ސަރވިސް އެލަވަންސް
  • އެޑިއުކޭޝަނަލް ކޮލިފިކޭޝަން އެލަވަންސް
  • ރަމަޟާންމަހުގެ އެލަވަންސް (ސަރުކާރުން ހަމަޖައްސަވާ އަދަދު)
  • ރަށުން ބޭރުގެ ފަރާތެއްނަމަ، ލިވިންގ އެލަވަންސްގެ ގޮތުގައި މަހަކު 3500.00 ރުފިޔާ
  • ފުރަތަމަ 3 މަސްދުވަހުގެ ކިޔަވައިދިނުމުގެ ފެންވަރަށް ބަލައި މުސާރަ ބޮޑުކޮށްދެވޭނެއެވެ.

 

 

މަޤާމުގައި އަދާކުރަންޖެހޭ މައިގަނޑުމަސްއޫލިއްޔަތު:

  1. ޤުރްއާން ކްލާހަށް ވަންނަ ކުދިންނަށް (ނާސަރީން ފެށިގެން ގްރޭޑް 10 އާ ދެމެދުގެ އުމުރުފުރައިގެ ކުދިންނާއި ބެލެނިވެރިންނަށް) ތަޖުވީދުގެ ހަމަތަކާ އެއްގޮތަށް ޤުރްއާނުގެ ޢިލްމު އުނގަންނައިދިނުމާއި، އެކަމާ ގުޅޭ ކަންކަން ބެލެހެއްޓުން.
  2. ތަޖުވީދުގެ ބައިތައް ކިޔަވައިދިނުން.
  3. ކަނޑައެޅިފައިވާ ޓައިމްޓޭބަލާ އެއްގޮތްވާގޮތުގެމަތިން ކްލާސްތަކުގައި ކިޔަވައިދިނުން.
  4. ކިޔަވައިދިނުމަށްޓަކައި ބޭނުންކުރާ މެޓިރިއަލް ތައްޔާރުކުރުން.
  5. ދަރިވަރުންގެ ޢިލްމީ ޤާބިލްކަން އިތުރުކުރުމަށް އިންތިޒާމުކުރެވޭ އިތުރު ހަރަކާތްތައް ރޭވުމާއި ހިންގުން.
  6. ދަރިވަރުންގެ ފެންވަރު މަތިކުރުމުގެގޮތުން ހަރަކާތްތައް ރާވައި ހިންގުމާއި، އެކަންކަމުގެ ރިކޯޑް ބެލެހެއްޓުން.

މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ހޮވޭ ފަރާތެއްގެ މަޤާމް ހަމަޖައްސާނީ، ތިރީގައި މިވާގޮތަށް އެފަރާތަކަށް ލިބިފައިވާ ސެޓްފިކެޓެއްގެ ލެވެލަށް ބަލައިގެންނެވެ.      

މަޤާމް

މަޤާމުގެ

ރޭންކް

މަޤާމުގެ

ކްލެސިފިކޭޝަން

މަޤާމުގެ

ޝަރުޠު

އަސާސީ

މުސާރަ

ސަރވިސް

އެލަވަންސް

ޓްރެއިންޑް ޓީޗަރ

GS4

ޓީޗިންގ ސަރވިސް އޮފިސަރ 1

ކިޔަވައިދިނުމުގެ ރޮނގުން އެޑްވާންސްޑް ސެޓްފިކެޓެއް ހާސިލުކޮށްފައިވުން.

-/5020 ރުފިޔާ

-/2500 ރުފިޔާ

ޓްރެއިންޑް ޓީޗަރ

MS1

ޓީޗިންގ ސަރވިސް އޮފިސަރ 2

ކިޔަވައިދިނުމުގެ ރޮނގުން ޑިޕްލޮމާއެއް ހާސިލުކޮށްފައިވުން.

-/،5610 ރުފިޔާ

-/2500 ރުފިޔާ

ގްރެޖުއޭޓް ޓީޗަރ

MS2

ޓީޗިންގ ސަރވިސް އޮފިސަރ 3

ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ބެޗިލާރސް ޑިގްރީއެއް ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާސިލުކޮށްފައިވުން.

-/6295 ރުފިޔާ

-/2500 ރުފިޔާ

ކޮލިފައިޑް ޓީޗަރ

MS3

ޓީޗިންގ ސަރވިސް އޮފިސަރ 4

- ކިޔަވައިދިނުމުގެ ރޮނގުން ބެޗިލާރސް ޑިގްރީއެއް ހާސިލުކޮށްފައިވުން. ނުވަތަ؛

- ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ބެޗިލާރސް ޑިގްރީއެއް އޮތުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން އެޑްވާންސް ސެޓްފިކެޓެއް ނުވަތަ ޑިޕްލޮމާއެއް ހާސިލުކޮށްފައިވުން. ނުވަތަ؛

- ޓީޗިންގ ސަރވިސް  އޮފިސަރ  3  ގެ  މަޤާމުގެ  ޝަރުޠު ފުރިހަމަވެ، އެ މަޤާމުގައި މަދުވެގެން 3 އަހަރުދުވަހު އުޅެ، ތަޖުރިބާ ލިބިފައިވުން.

-/7035 ރުފިޔާ

-/2500 ރުފިޔާ

ކޮލިފައިޑް ޓީޗަރ

MS4

ޓީޗިންގ ސަރވިސް އޮފިސަރ 5

- ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ނުވަތަ ކިޔަވައިދިނުމުގެ ރޮނގުން ބެޗިލާރސް ޑިގްރީއެއް އޮތުމާއެކު، ތަޢުލީމީ ދާއިރާއިން އިތުރު ބެޗެލާރސް ޑިގްރީއެއް ނުވަތަ ޕޯސްޓް ގްރެޖުއޭޓް ސެޓްފިކެޓެއް ނުވަތަ ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާއެއް ހާސިލުކޮށްފައިވުން. ނުވަތަ؛

- ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ނުވަތަ ކިޔަވައިދިނުމުގެ ރޮނގުން މާސްޓަރސް ޑިގްރީއެއް (ބެޗެލާރސްޑިގްރީއެއް ނެތި) އޮތުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން އެޑްވާންސް ސެޓްފިކެޓެއް ނުވަތަ ޑިޕްލޮމާއެއް ހާސިލުކޮށްފައިވުން. ނުވަތަ؛

- ޓީޗިން ގސަރވިސް އޮފިސަރ 4 ގެ މަޤާމުގެ ޝަރުޠު ފުރިހަމަވެ، އެ މަޤާމުގައި މަދުވެގެން 3 އަހަރުދުވަހު އުޅެ، ތަޖުރިބާ ލިބިފައިވުން.

-/7875 ރުފިޔާ

-/2500 ރުފިޔާ

ކޮލިފައިޑް ޓީޗަރ

EX1

ޓީޗިންގ ސަރވިސް އޮފިސަރ 6

- ކިޔަވައިދިނުމުގެ ރޮނގުން ބެޗިލާރސް ޑިގްރީއެއް އޮތުމާއެކު، ތަޢުލީމީ

ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން

މާސްޓަރސް ޑިގްރީއެއް ހާސިލުކޮށްފައިވުން. ނުވަތަ؛

- ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ބެޗިލާރސް ޑިގްރީއެއް އަދި ކިޔަވައިދިނުމުގެ ރޮނގުން އެޑްވާންސްޑް ސެޓްފިކެޓެއް ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާސިލުކޮށްފައިވުމާއެކު، ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން މާސްޓަރސް ޑިގްރީއެއް ހާސިލުކޮށްފައިވުން. ނުވަތަ؛

- ޓީޗިންގ ސަރވިސް އޮފިސަރ 5 ގެ މަޤާމުގެ ޝަރުޠު ފުރިހަމަވެ، އެ މަޤާމުގައި މަދުވެގެން 3 އަހަރުދުވަހު އުޅެ، ތަޖުރިބާ ލިބިފައިވުން.

-/8835 ރުފިޔާ

-/2500 ރުފިޔާ

ކޮލިފައިޑް ޓީޗަރ

EX2

ޓީޗިންގ ސަރވިސް އޮފިސަރ 7

- ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ނުވަތަ ތަޢުލީމީ ދާއިރާއިން ޑޮކްޓޯރަލް ޑިގްރީއާއި، ކިޔަވައިދިނުމުގެ ރޮނގުން އެޑްވާންސް ސެޓްފިކެޓް ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާސިލުކޮށްފައިވުން. ނުވަތަ؛

-  ޓީޗިންގ ސަރވިސް އޮފިސަރ 6 ގެ މަޤާމުގެ ޝަރުޠު ފުރިހަމަވެ، އެ މަޤާމުގައި މަދުވެގެން  އަހަރުދުވަހު އުޅެ، ތަޖުރިބާ ލިބިފައިވުން.

-/9890 ރުފިޔާ

-/2500 ރުފިޔާ

ސީނިއަރ ޓީޗަރ

EX3

ޓީޗިންގ ސަރވިސް އޮފިސަރ 8

ޓީޗިންގ  ސަރވިސް  އޮފިސަރ  7  ގެ  މަޤާމުގެ  ޝަރުޠު ފުރިހަމަވެ، އެ މަޤާމުގައި މަދުވެގެން  އަހަރުދުވަހު އުޅެ، ތަޖުރިބާލި ބިފައިވުން.

-/11065 ރުފިޔާ

-/2500 ރުފިޔާ

ސީނިއަރ ޓީޗަރ

EX4

ޓީޗިންގ ސަރވިސް އޮފިސަރ 9

ޓީޗިންގ  ސަރވިސް  އޮފިސަރ  8  ގެ މަޤާމުގެ  ޝަރުޠު ފުރިހަމަވެ، އެ މަޤާމުގައި މަދުވެގެން  އަހަރުދުވަހު އުޅެ، ތަޖުރިބާ ލިބިފައިވުން.

-/12400 ރުފިޔާ

-/2500 ރުފިޔާ

ސީނިއަރ ޓީޗަރ

EX5

ޓީޗިންގ ސަރވިސް އޮފިސަރ 10

ޓީޗިންގ  ސަރވިސް  އޮފިސަރ  9  ގެ  މަޤާމުގެ  ޝަރުޠު ފުރިހަމަވެ، އެ މަޤާމުގައި މަދުވެގެން  އަހަރުދުވަހު އުޅެ، ތަޖުރިބާ ލިބިފައިވުން.

-/13890 ރުފިޔާ

-/2500 ރުފިޔާ

ސީނިއަރ ޓީޗަރ

EX6

ޓީޗިންގ ސަރވިސް އޮފިސަރ 11

ޓީޗިންގ  ސަރވިސް  އޮފިސަރ  10  ގެ  މަޤާމުގެ  ޝަރުޠު ފުރިހަމަވެ، އެ މަޤާމުގައި މަދުވެގެން  އަހަރުދުވަހު އުޅެ، ތަޖުރިބާ ލިބިފައިވުން.

-/15560 ރުފިޔާ

-/2500 ރުފިޔާ

އެޑިޔުކޭޝަނަލް ކޮލިފިކޭޝަން އެލަވަންސް:

މުސާރައިގެ އިންސައްތަ

ސަނަދު

30%

ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް އޮތުން.

25%

ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ނުވަތަ ލެވެލް 8 ގެ ސަނަދެއް އޮތުން.

20%

ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް އޮތުން.

15%

ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް އޮތުން.

10%

ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް އޮތުން.

ވަޒީފާއަށް އެންމެ ޤާބިލު މީހަކު ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  2. މަސައްކަތު ގެދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  3.  މަސައްކަތުގެ ހުނަރާއި ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

 

އިންޓަވިއުކުރުން:

  • މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 5 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބެލުމަށްފަހު، ހިއުމަން ރިސޯސް މެނޭޖްމަންޓް ކޮމެޓީން ކަނޑައަޅާ ކްރައިޓީރިޔާއެއްގެ ދަށުން ޝޯޓްލިސްޓް ކުރެވޭނެއެވެ. އިންޓަވިއުއަށް ދަޢުވަތުދެވޭނީ،  ޝޯޓްލިސްޓްކުރާއިރު ހޮވޭ ފަރާތްތަކަށެވެ.
  • ޝޯޓްލިސްޓްކުރެވޭ  ފަރާތްތަކަށް  ބާއްވާ  އިންޓަވިއު  ހަމަޖެހިފައިވާ  ތަނާއި  ތާރީޚު،  އިޢުލާނުގެ  މުއްދަތު ހަމަވާތާ ރަސްމީ 5 ދުވަހުގެ ތެރޭގައި އަންގާނެއެވެ.

 

 

ހުށަހަޅަންޖެހޭ  ލިޔުންތައް:

1. ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.

2. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހާފައިނުވާ ސެޓްފިކެޓް ހުށަހަޅާފައިވާނަމަ، އިންޓަވިއުއަށް ހާޒިރުވާންވާނީ ސެޓްފިކެޓްތަކުގެ އަސްލާއެކުގައެވެ.)

3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގައި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

4. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ ( ގުޅޭނެ ފޯނު ނަންބަރާއެކު)

5. ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފެއްނަމަ، މަސައްކަތްކުރާ އިދާރާއަކުން ދޫކުރާ "މުވައްޒަފުގެ މަސައްކަތުގެ ފެންވަރުބެލުމުގެ ނަތީޖާއާއި ހާޒިރީއާއި މަސައްކަތުގެ އުޅުމާއި އަޚްލާޤް ހުރިގޮތް ބަޔާންކުރާ ފޯމް"

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:

މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، އދ. ދަނގެތީ ސްކޫލުގެ އިދާރާއަށެވެ.

ތަކެތިހުށަހެޅުމުގެސުންގަޑި:

2015 ނޮވެންބަރު 19 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން.

ނޯޓް:

- މި މަޤާމަށް، ޤާރީ ކޯހުގެ ސެޓްފިކެޓް ލެވެލް 4 ގެ ސެޓްފިކެޓް ހާސިލުކޮށްފައިވާ ފަރާތްތަކަށް ވެސް ކުރިމަތިލެވޭނެއެވެ.

މި މަޤާމަށް، މަތީގައިވާ ޝަރުޠު ފުރިހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، ތިރީގައިވާ ޝަރުޠު ފުރިހަމަވާ ފަރާތްތަކަށް، ކޮންޓްރެކްޓެއްގެ ދަށުން ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރައްވާ، ޤާރީ ކޯހުގެ ސެޓްފިކެޓް 3 ގެސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރައްވާ، ޤާރީ ކޯހުގެ ސެޓްފިކެޓް 2 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރައްވާ، ޤާރީ ކޯހުގެ ސެޓްފިކެޓް 1 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

ޝަރުޠު ހަމަވާ ފަރާތަށް ދެވޭ މުސާރައާއި ޢިނާޔަތްތައް: 

މުސާރައިގެގޮތުގައި މަހަކު 5020.00 ރުފިޔާ، ސަރވިސް އެލަވަންސްގެ ގޮތުގައި މަހަކު 1500.00 ރުފިޔާ، ރަށުންބޭރު ފަރާތެއްނަމަ، ލިވިންގ އެލަވަންސްގެގޮތުގައި މަހަކު 3500.00 ރުފިޔާ، ރަމަޟާންމަހުގެ ޢިނާޔަތުގެ ފައިސާ (ސަރުކާރުން ކަނޑައަޅާ އަދަދު)   

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، މި ސްކޫލުގެ 6680803 ނަންބަރު ފޯނާއެވެ. ފެކުހާއި އީމެއިލުން ފޮނުވާ ހުށަހެޅުންތައް ބަލައެއް ނުގަނެވޭނެއެވެ.

15 މުޙައްރަމް 1437

28 އޮކްޓޫބަރު 2015