މަސައްކަތް
ނަންބަރު: GS-72/PTA/2015/02
ޕަބްލިޝްކުރި ތާރީޚް: 27 އޮކްޓޫބަރު 2015
ޕަބްލިޝްކުރި ގަޑި: 12:56
ސުންގަޑި: 05 ނޮވެންބަރު 2015 11:00
ޢަފީފުއްދީންސްކޫލް
ދިވެހިރާއްޖެ
ސެކަންޑް ޔުނީފޯމު ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ

މި ސްކޫލްގެ ދަރިވަރުންނަށް ސެކަންޑް ޔުނީފޯމު ތައްޔާރު ކުރުމަށްޓަކައި ކުރެވުނު އިޢުލާން ނަންބަރު GS-72/PTA/2015/01: އާ ގުޅިގެން ދޭންޖެހޭ މަޢުލޫމާތު ދިނުން ފުރިހަމަ ކުރެވިފައި ނުވާތީ އެ އިޢުލާން ބާޠިލުކޮށް ސެކަންޑް ޔުނީފޯމު ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، ނަމޫނާ ދިނުމުން، އަމިއްލަ ތަކެތީގައި މި މަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2015 ނޮވެންބަރު 5 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މި ސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 ނޮވެންބަރު 10 ވާ އަންގާރަ ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ހާޒިރުވެނުލައްވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަނެވެން ނޯންނާނެކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ ވިޔަފާރި ނުވަތަ ކުންފުނިތަކަށެވެ.

27 އޮކްޓޫބަރު 2015