ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)199-HRS/199/2025/128
ޕަބްލިޝްކުރި ތާރީޚް: 04 ނޮވެންބަރު 2025
ޕަބްލިޝްކުރި ގަޑި: 16:34
ސުންގަޑި: 17 ނޮވެންބަރު 2025 13:30
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
ވެލްފެއަރ މެނޭޖަރ

                                                              

އިޢުލާނު

މަޤާމު:

ވެލްފެއަރ މެނޭޖަރ

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ވަގުތީ

މުއްދަތު

12 މަސް

ސެކްޝަން/ ޔުނިޓް

ފާޓިލިޓީ ކެއަރ ސެކްޝަން

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)، ކ.މާލެ

މުސާރަ

މަހަކު 10،000.00 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު 7،500.00 ރުފިޔާ

ޓެކްނިކަލް އެލަވަންސް

މަހަކު 5،200.00 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން (އަސާސީ މުސާރައިގެ %7).
  1. ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާގެ ގޮތުގައި ގިނަވެގެން 3,000.00 ރުފިޔާ. (އަސާސީ މުސާރައިގެ %30 އާހަމައަށް)

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ފަރޓިލިޓީ ކެއަރގެ ދަށުން "އައި.ޔޫ.އައި" އަދި "އައި.ވީ.އެފް" ގެ ފަރުވާގެ އެހީގެ ދަށުން އެހީއަށް އެދި ހުށަހަޅާ ފަރާތްތަކަށް އެޖެންސީއިން އެހީ ތަންފީޒުކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ރާވައި ހިންގުން.
  2. ފަރޓިލިޓީ ކެއަރގެ ދަށުން "އައި.ޔޫ.އައި" އަދި "އައި.ވީ.އެފް" ގެ ފަރުވާގެ ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލައި ބެލެއެއްޓުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ރާވައި ހިންގުން.
  3. ފަރޓިލިޓީ ކެއަރގެ ދަށުން "އައި.ޔޫ.އައި" އަދި "އައި.ވީ.އެފް" ގެ ފަރުވާގެ އެހީއަށް ހުށަހަޅާ ފޯމުތަކުގެ ޖަވާބުދޭންޖެހޭ ތާރީހުތަކުގައި ހުށަހަޅާފައިވާ ފޯމުތަކުގެ ޖަވާބު ގެޒެޓްކޮށް ވެބްސައިޓްގައި ޝާޢިއު ކުރަންޖެހޭ މަސައްކަތްތައް ރާވައި ހިންގުން.
  4. ފަރޓިލިޓީ ކެއަރގެ ކޮމިޓީގެ އެންމެހައި ކަންތައް ރާވައި ހިންގުމާއި، ކޮމިޓީއަށް ހުށަހަޅާ ކޭސްތަކުގެ ތެރެއިން ނިންމުމަށް ދަތިވާ ކޭސްތަކުގައި އެޖެންސީގެ އިސްވެރިން އަދި ޞިއްޙީ ދާއިރާގެ ބޭފުޅުންގެ ރަޢުޔު ހޯދައި ކޭސް ނިންމުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
  5. ފަރޓިލިޓީ ކެއަރގެ އެހީތަކާ ގުޅޭ ތަފާސްހިސާބުތައް ބަލެހެއްޓޭނެ ނިޒާމެއް ޤާއިމުކޮށް ބޭނުންވާ ރިޕޯރޓުތައް ތައްޔާރުކޮށް ހަމަޖެހިފައިވާ ޓައިމްލައިންތަކާ އެއްގޮތަށް ކަމާގުޅޭ ފަރާތްތަކާ ހިއްސާކުރުން.
  6. ފަރޓިލިޓީ ކެއަރ ސެކްޝަންގެ މުވައްޒަފުންގެ މަސައްކަތްތައް ރޭވުމާއި، އެ މުވައްޒަފުންގެ މަސައްކަތްތައް ސުޕަވައިޒުކޮށް އަދި ޕަރފޯމަންސް އެޕްރެއިޒަލް ހެދުން.
  7. ބޭސްފަރުވާގެ އެހީއަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމްތައް ނިންމުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ގަވާއިދުތަކާއި އުސޫލާއި އެއްގޮތަށް ކުރުން.
  8. މި އެޖެންސީއަށް ހުށަހަޅާ ބޭސްފަރުވާގެ އެހީގެ ފޯމްތައް ޕްރޮސެސް ކުރުމަށްޓަކައި ފޯމްތައް ޗެކްކޮށް، ޔުނިޓުގެ މުވައްޒަފުންނަށް ސިސްޓަމްގެ ތެރެއިން ފޯމްތައް އެސައިން ކުރުން.
  9. މި އެޖެންސީއަށް ހުށަހަޅާ އެހީގެ ފޯމްތައް ވެރިފައިކުރުމާއި ކޮމިޓީ މެންބަރެއްގެ ހައިޞިއްޔަތުން ދުވަހުން ދުވަހަށް ކޮމިޓީއަށް ހުށަހަޅާ ފޯމްތައް ގަވާއިދާއި އުސޫލާއި އެއްގޮތަށް ނިންމުން.
  10. މި އެޖެންސީން ކުރިއަށްގެންދާ މެޑިކަލް ވެލްފެއަރގެ އެހީއާއި ގުޅޭގޮތުން ކޮމިޓީން ނިންމާ ފޯމްތަކަށް ޖަވާބުދޭންޖެހޭ އަވސްމިނުގައި ޖަވާބުދެވޭކަން ކަށަވަރުކުރުމާއި، ސެކްޝަނަށް ހުށަހަޅޭ ޝަކުވާތައް ދުވަހުން ދުވަހަށް ބަލާ އެ ކަމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުން.
  11. ބޭސްފަރުވާގެ އެހީގެ ޕްރޮގްރާމްގެ ދަށުން އެހީ އަށް އެދި ހުށަހަޅާ އަދި އެހީދެވޭ ފަރާތްތަކުގެ ތަފާސްހިސާބު މަހުން މަހަށް ތައްޔާރުކޮށް ކަމާގުޅޭ ފަރާތްތަކާއި ޙިއްސާކުރުން.
  12. މި އެޖެންސީން ހިންގާ ޕްރޮގްރާމްތަކުގެ މަސައްކަތްތަކާއި ގުޅިގެން ކުރިއަށްގެންދެވޭ މޮނިޓަރިންގ ހަރަކާތްތަކުގައި އަމަލީގޮތުން ބައިވެރިވެ އެ މަސައްކަތްތައްކުރުން.
  13. މި އެޖެންސީގެ އެހީގެ ޕްރޮގްރާމްތަކާއި ގުޅޭ މަސައްކަތްތައް ނިންމުމަށް ބޭނުންވާ އެސް.އޯ.ޕީ ތައް ތައްޔާރުކޮށް ކަމާގުޅޭ މުވައްޒަފުންނާއި ޙިއްސާކުރުން.
  14. މި އެޖެންސީން ކުރިއަށް ގެންދާ ޕްރޮގްރާމްތަކާއި ގުޅޭ ފޯމްތައް ނިންމުމަށް ބޭނުންވާ ގައިޑްލައިން ގަވާއިދާއި އުސޫލާއި އަދި ކޮމިޓީގެ ނިންމުންތަކަށް ރިޢާޔަތްކޮށް ތައްޔާރުކުރުމާއި އަދި ގަވާއިދާއި، އުސޫލާއި އަދި ކޮމިޓީގެ ނިންމުންތަކަށް ބަދަލެއް އަންނަ ޙާލަތުގައި ގަވާއިދުން ގައިޑްލައިން އަދާހަމަކުރުން.
  15. މި އެޖެންސީން ދޭ ޚިދުމަތްތަކާއި ގުޅިގެން ކުރިއަށް ގެންދެވޭ ރިފޯމް މަސައްކަތްތަކަށް ބޭނުންވާ އެހީތެރކަމާއި އެއްބާރުލުން ދިނުން.
  16. ހަވާލުކުރެވޭ މަސައްކަތާ ގުޅުން ހުރި މުވައްޒަފުންނަށް ބޭނުންވާ އެހީތެރިކަމާއި އިރުޝާދުދީ މަސައްކަތްތައް ސުޕަރވައިޒް ކުރުން.

މަޤާމުގެ ޝަރުޠުތައް:

މަޤާމުގެ ޝަރުޠުތައް:

1- މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް  5ގެ ޑިޕްލޮމާ ނުވަތަ  6ގެ / އެޑްވާންސްޑް ޑިޕްލޮމާ / އެސޯސިއޭޓް ޑިގްރީއެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2- މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ 7 ނުވަތަ 8 ގެ ބެޗްލާރސް ޑިގްރީއެއް ނުވަތަ ބެޗްލާރސް އޮނަރސް ޑިގްރީއެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

3- މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ މާސްޓަރސް ޑިގްރީ އިން ފެށިގެން މަތީގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

 

 

މަޤާމުގެ ތަޢުލީމީ ރޮނގުތައް

  • ސޯޝަލް ޕޮލިސީ
  • ސޯޝަލް ސައިންސް
  • ޑިވެލޮޕްމަންޓް ސްޓަޑީސް
  • ޕަބްލިކް އެޑްމިނިސްޓްރޭޝަން
  • އެކައުންޓިންގ އެންޑް ފައިނޭންސް
  • ބިޒްނަސް އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް

މަޤާމުގެ މަސައްކަތުގެ ދާއިރާތައް

  • ސޯޝަލް ސާވިސަސް
  • އެޑްމިނިސްޓްރޭޝަން
  • މެނޭޖްމަންޓް

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)
    https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

އަސާސީ ޝަރުޠު ހަމަވުން

30

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓު

5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)

20

އިންޓަރވިއު

35

ނޯޓް: މަޤާމަށް އައްޔަންކުރުމަށް ވަޒީފާއަށް އެދިފައިވާ ފަރާތަށް A2 ޝީޓުން މުޅިއެކު ޖުމުލަ 60 ނުވަތަ އެއަށް ވުރެ މަތިން ޕޮއިންޓު ލިބެންވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2025 ނޮވެންބަރު 17 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (މއ. އުތުރުވެހި، 6 ވަނަ ފަންގިފިލާ، ކެނެރީ މަގު) ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާން، 2025 ނޮވެންބަރު 19 އާއި2025ޑިސެންބަރު 21 އާ ދެމެދު، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެން.އެސް.ޕީ.އޭކ.މާލެ ގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 1402 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ"  (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

 

04 ނޮވެންބަރު 2025