މި ސަރވިސްގެ، ތިރީގައިމިވާ މަޤާމަށް، ކޮންޓްރެކްޓް އުސޫލުން މުވައްޒަފަކު ބޭނުންވެއްޖެއެވެ.
|
މަޤާމް:
|
ޗީފް ސިވިލް އޮފިސަރ
|
މަޤާމުގެ ރޭންކް:
|
ސީ 6
|
މަޤާމުގެ ކްލެސިފިކޭޝަން:
|
ސަޕޯޓް އޮފިސަރސް
|
މުސާރަ:
|
-/8،420 ރުފިޔާ
|
ސަރވިސް އެލަވަންސް:
|
-/3،500 ރުފިޔާ
|
ނޮންޕްރެކްޓިކްސް:
|
-/3،789 ރުފިޔާ
|
ބޭނުންވާ އަދަދު:
|
1 (އެކެއް)
|
މަޤާމުގެ ޝަރުޠު:
|
- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު،
- އެޑްމިނިސްޓްރޭޝަން / ބިޒްނަސް/ ޕްރޮޖެކްޓް މެނޭޖްމަންޓުގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމާ ގުޅޭ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ހުރުން. ނުވަތަ؛
- އެޑްމިނިސްޓްރޭޝަން / ބިޒްނަސް/ ޕްރޮޖެކްޓް މެނޭޖްމަންޓުގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމާ ގުޅޭ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ހުރުން. ނުވަތަ؛
- އެޑްމިނިސްޓްރޭޝަން / ބިޒްނަސް/ ޕްރޮޖެކްޓް މެނޭޖްމަންޓުގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛
- އެޑްމިނިސްޓްރޭޝަން / ބިޒްނަސް/ ޕްރޮޖެކްޓް މެނޭޖްމަންޓުގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމާ ގުޅުންހުރި ދާއިރާއަކުން ލެވެލް 5 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- މި ސަރވިސްއާއި، ބޭރުގެ ޤައުމުތަކާއި، ޖަމްޢިއްޔާތަކާ ކުރަންޖެހޭ ރަސްމީ މުޢާމަލާތްތައް ކުރުން.
- ކޮމިޝަނަރ ކުރައްވާ ރަސްމީ ދަތުރުފުޅުތަކުގެ ކަންކަން އިންތިޒާމްކޮށް ހަމަޖެއްސުން.
- ކޮމިޝަނަރސް ބިއުރޯގެ އިދާރީ މަސައްކަތްތައް ކުރުން.
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޯދުމަށް ބަލާނެ ކަންތައްތައް:
|
ދާއިރާއިން ލިބިފައިވާ ތަޢުލީމާއި ތަޖުރިބާ.
|
ސުންގަޑި:
|
މި މަޤާމަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމާއި، ވަނަވަރާއި، ހުށަހަޅަންޖެހޭ ލިޔެކިއުންތަކާއެކު، 2015 ނޮވެންބަރު 10 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (ޣާޒީ ބިލްޑިންގ/ ގްރައުންޑް ފްލޯރ) އަށް ހުށަހެޅުން އެދެމެވެ.
|
އިތުރު މަޢުލޫމާތު:
|
- ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުކޮށް ހުށަހަޅާ ފޯމާއި، ޝަރުޠު ހަމަނުވާ ފަރާތްތަކުން ހުށަހަޅާ ފޯމުތައް ބާޠިލްކުރެވޭނެއެވެ.
- ހުށަހަޅާފައިވާ ލިޔެކިއުންތައް ސައްޙަ ނޫންކަމަށް ސާބިތުވެއްޖެނަމަ، ފޯމް ބާޠިލްކުރެވޭނެއެވެ.
- އެޕްލިކޭޝަނާއެކު ހުށަހަޅާ ލިޔުންތަކުގެ އަސްލު، އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަންޖެހޭނެއެވެ.
- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3312694 ނަންބަރު ފޯނަށް ނުވަތަ 3328443 ނަންބަރު ފޯނަށެވެ. ފެކްސް ނަންބަރަކީ 3313727 އެވެ. އީ މެއިލް އެޑްރެހަކީ [email protected] އެވެ.
|
ހުށަހަޅަންޖެހޭ ލިޔުންތައް: |
- ވަޒީފާއަށް އެދޭ ފޯމް (މި ފޯމު މި ސަރވިސްގެ www.corrections.gov.mv ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މި ސަރވިސްގެ ކައުންޓަރުން ވެސް މި ފޯމު ލިބެން ހުންނާނެއެވެ.)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގައިވާ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯ ކޮޕީ (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ކޮޕީ)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)
- ސިވިލް ސަރވިސްއަށް / ސަރުކަރާށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މީހެއްނަމަ، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީ ލިޔުމުގެ ކޮޕީ.
- ކުރިން ވަޒީފާ އަދާކޮށްފައިވާ މީހެއްނަމަ، ވަޒީފާ އަދާކުރި ތަންތަނުގެ ރަސްމީ ލިޔުމުގެ ކޮޕީ.
- ފޯމާއެކު ހުށަހަޅާ ހުރިހާ ލިޔެކިއުންތައް ހުންނަންވާނީ ފޯމާއެކު ސްޓޭޕްލް ކުރެވިފައެވެ.
|
16 މުޙައްރަމް 1436
|