މަސައްކަތް
ނަންބަރު: (IUL) 438/438/2015/292
ޕަބްލިޝްކުރި ތާރީޚް: 28 އޮކްޓޫބަރު 2015
ޕަބްލިޝްކުރި ގަޑި: 11:16
ސުންގަޑި: 15 ނޮވެންބަރު 2015 12:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ޅ.ނައިފަރުގައި ޤާއިމުކޮށްފައިވާ އައިލެންޑް ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ ކޮމްޕޯސްޓް ޕެޑް މަރާމާތުކުރުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ޅ.ނައިފަރުގައި ޤާއިމުކޮށްފައިވާ އައިލެންޑް ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ ކޮމްޕޯސްޓް ޕެޑް މަރާމާތުކުރުން:

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ބޭނުމަށް ޅ.ނައިފަރުގައި ޤާއިމުކޮށްފައިވާ އައިލެންޑް ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ ކޮމްޕޯސްޓް ޕެޑް މަރާމާތުކުރުމަށް ވަނީ ހަމަޖެހިފައެވެ. ވީމާ، މި މަސައްކަތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

މި މަސައްކަތަށް ބީލަން ހުށަހެޅުމަށް ޝައުޤުވެރިވާ ފަރާތްތަކުން 15 ނޮވެންބަރު 2015ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ އީމެއިލް އެޑްރެހަށް ލިޔުމަކުން ބީލަން ހުށަހެޅުމުގެ ޝައުޤުވެރިކަން ފާޅުކުރެއްވުމުން ސޮފްޓް ކޮޕީ ފޯމެޓްގައި ބީލަން ފޮތް ފޮނުވައިދެވޭނެއެވެ.

ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ،

ޖަލާލުއްދީން މަގު، ޅ. ނައިފަރު، ދިވެހިރާއްޖެ

ޓެލެފޯން   415 3018 960+ 340 6620 960+

ފެކްސް:   391 6620 960+

އީ މެއިލް: [email protected]

ކޮޕީ: [email protected]

މި މަސައްކަތަށް ބީލަން ހުޅުވުން އޮންނާނީ 16 ނޮވެންބަރު 2015ވާ ހޯމަ ދުވަހުގެ 11:00ގައި ޅ. ނައިފަރު ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

28 އޮކްޓޫބަރު 2015