ދިވެހިރާއްޖެ
އިޢުލާން
2025 ވަނަ އަހަރުގެ އެފް.އޭ.އެމް އަތޮޅު ފުޓްބޯޅަ މުބާރާތުގައި ބައިވެރިވާ ގައްދޫ ފުޓްބޯޅަ ޓީމަށް ކުޅެން ބޭނުންވާ ކުޅުންތެރިންނަށް ފުރުޞަތު ހުޅުވާލުން.
15 ޑިސެމްބަރ 2025 ގައި ފެށުމަށް ހަމަޖެހިފައިވާ އެފް.އޭ.އެމް އަތޮޅު ފުޓްބޯޅަ މުބާރާތުގައި ގައްދޫ ކައުންސިލްގެ ފަރާތުން ގައްދޫ ތަމްސީލް ކުރާނެ ފުޓްބޯޅަ ޓީމެއްވަނީ ބައިވެރިކޮށްފައެވެ. ވުމާއެކު ގައްދޫ ފުޓްބޯޅަ ޓީމަށް ކުޅެން ބޭނުންވާ ޒުވާނުންނަށް ނަންނޯޓް ކުރުމުގެ ފުރުޞަތުވަނީ ހުޅުވާލެވިފައެވެ. ބައިވެރިވާ ގައްދޫ ފުޓްބޯޅަ ޓީމްގެ މިދަންނަވާ ކަންކަން ސްޕޮންސަރ ކޮށްދޭނެ ފަރާތެއް ހޯދުމަށް އެކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުމާލަމެވެ. ސްޕޮންސަރ ކުރާ ފަރާތްތަކުގެ ލޯގޯ އާއި ބްރޭންޑިންގ ޖާޒީގައި ޖެހޭނީ އެފް.އޭ.އެމް އިން ކަނޑައަޅާފައިވާ އުޞޫލާއި އެއްގޮތަށް އެ އަދަދަކަށެވެ. މީގެ އިތުރުން ސްޕޮންސަރ ކުރާ ފަރާތްތައް ޓީމްގެ ސޯޝަލް މީޑިއާ މަންސަތަކުގައި ކުރާ ހުރިހާ ޕޯސްޓެއްގައިވެސް ހިމަނައިދެވޭނެއެވެ.
ވީމާ، ގައްދޫ ފުޓްބޯޅަ ޓީމަށް ކުޅެން ޝައުގުވެރިވާ ކުޅުންތެރިން ޓީމްގައި ބައިވެރިވާން އެދޭ ފަރާތެއްކަން ބަޔާންކޮށް 06 ނޮވެމްބަރ 2025 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން އައިޑީކާޑު ކޮޕީއާއި ގުޅޭނެ ނަންބަރ [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. ޓީމަށް ކުޅުމަށް ނަން ނޯޓްކުރާ ފަރާތްތަކުގެ ތެރެއިން ޓީމަށް ކުޅުންތެރިން ނަގާނީ ޓީމް ސްކޮޑް ނެގުމަށް ބާއްވާ ޕްރެކްޓިސްތަކަށްފަހު ކަމުގައިވެސް ދެންނެވީމެވެ. މިކަމާއި ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 7779084 އަށް ކަމުގައިވެސް ދެންނެވީމެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
01 ނޮވެމްބަރ 2025