މަސައްކަތް
ނަންބަރު: GS-144/2015/IUL/22
ޕަބްލިޝްކުރި ތާރީޚް: 01 ނޮވެންބަރު 2015
ޕަބްލިޝްކުރި ގަޑި: 10:50
ސުންގަޑި: 10 ނޮވެންބަރު 2015 11:00
ދިއްފުށީ ސްކޫލް
ދިވެހިރާއްޖެ
ސްކޫލުގައި ފާޚާނާއެއް އިމާރާތްކޮށްދޭނޭ ފަރާތެއް ހޯދަން

އިޢުލާން

މި ސްކޫލުގައި ފާޚާނާއެއް އިމާރާތްކޮށްދޭނޭ ފަރާތެއް ހޯދަން

މި ސްކޫލުން ދޭ ކުރެހުންތަކާއި، ޓެކްނިކަލް ސްޕެސިފިކޭޝަނާއި ކޮންޓްރެކްޓް އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން މި ސްކޫލުގައި ފާޚާނާއެއް ހަދައިދޭނޭ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ދިއްފުށީ ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

10  ނޮވެންބަރު 2015 ވާ އަންގާރަ ދުވަހުގެ 11:00

24 ނޮވެންބަރު 2015 ވާ އަންގާރަ ދުވަހުގެ 11:00

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6640522 ނަންބަރު ފޯނާއެވެ.

19 މުޙައްރަމް 1437

01 ނޮވެންބަރު 2015