މަސައްކަތް
ނަންބަރު: (IUL)7-ADMN/1/2015/52
ޕަބްލިޝްކުރި ތާރީޚް: 29 އޮކްޓޫބަރު 2015
ޕަބްލިޝްކުރި ގަޑި: 10:40
ސުންގަޑި: 08 ނޮވެންބަރު 2015 14:00
އޮޑިޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ބްލައިންޑްސް ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ބްލައިންޑްސް ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް

އައްޑޫ ސިޓީ ހިތަދޫގައި ހުންނަ މިއޮފީހުގެ ސަރަޙައްދީ ގޮފީގެ އިމާރާތުގެ ހުރިހާ ކުޑަދޮރުތަކެއްގައި މިއޮފީހުން ދޭ މަޢުލޫމާތާ އެއްގޮތަށް ބްލައިންޑްސް ހަރުކުރުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 8 ނޮވެންބަރު 2015 ވާ އާދީއްތަ ދުވަހު 14:00 އަށް އައްޑޫ ސިޓީ ހިތަދޫގައި ހުންނަ މިއޮފީހުގެ ޢިމާރާތަށް ވަޑައިގެން މަޢުލޫމާތު އޮޅުންފިލުވުމަށްފަހު، 15 ނޮވެންބަރު 2015 ވާ އާދީއްތަ ދުވަހުގެ 14:00 އަށް އައްޑޫ ސިޓީ ހިތަދޫގައި ހުންނަ މިއޮފީހުގެ އިމާރާތަށް ވަޑައިގެން އެ ދުވަހު ތިއްބަވާ މި އޮފީހުގެ މުވައްޒަފުންގެ އަތަށް އަގު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު އޮޅުންފިލުއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އަދި 14:00 ގެ ފަހުން މިކަމާ ގުޅޭ މަޢުލޫމާތު ހޯދުމަށް ހާޒިރުވާ ފަރާތްތަކާއި އަންދާސީހިސާބު ހުށަހެޅުމަށް ހާޒިރުވާ ފަރާތްތައް ހޯލަށް ނުވެއްދޭނެ ވާހަކަވެސް ދެންނެވީމެވެ.

29 އޮކްޓޫބަރު 2015