ދިވެހިރާއްޖެ
މި އޮތޯރިޓީން ދޭ މަޢުލޫމާތާ އެއްގޮތަށް، މައިކޮރޯސޮފްޓް އޮފީސް 365 ލައިސެންސް އައުކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، ބީލަމުގައި ރަޖިސްޓްރީ ވުމަށް ކަނޑައަޅާފައިވާ ސުންގަޑި ހަމަވުމުގެ ކުރިން، ޝައުގުވެރިވާ ފަރާތުގެ ނަން، ގުޅޭނެ ފަރާތުގެ ތަފްޞީލް މަޢުލޫމާތު (ނަން މަޤާމް، އީމެއިލް އަދި ފޯނު ނަންބަރު) އިނގޭނެ ގޮތަށް [email protected] އަށް އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީކުރުމަށް ފަހު، ތިރީގައި ބަޔާންކޮށްފައިވާ ތާވަލްއާ އެއް ގޮތަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މި ބީލަމުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް ގައި ރަޖިސްޓްރީ ވެފައިވާ ކުންފުނިތަކަށެވެ.
| ތަފްޞީލް | ތާރީޚް | ދުވަސް | ގަޑި | 
| ބީލަމުގައި ރަޖިސްޓަރ ވުމުގެ ސުންގަޑި | 10 ނޮވެމްބަރު 2025 | ހޯމަ | 11:00 | 
| އީމެއިލް މެދުވެރިކޮށް މައުލޫމާތު ސާފުކުރުމުގެ ސުންގަޑި | 13 ނޮވެމްބަރު 2025 | ބުރާސްފަތި | 11:00 | 
| އަންދާސީ ހިސާބު ހުށަހެޅުން | 17 ނޮވެމްބަރު 2025 | ހޯމަ | 11:00 | 
މިކަމަށް އަންދާސީ ހިސާބު ހުށަހެޅޭނީ ބީލަމުގައި ރަޖިސްޓްރީވުމަށް ކަނޑައަޅާފައިވާ ދުވަހުގެ 11:00 އާ ހަމައަށް ބީލަމުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. އަދި މި ބީލަމުގެ އާރް.އެފް.ޕީ ރަޖިސްޓްރީވާ ފަރާތްތަކާ ހިއްސާކުރެވޭނެ އެވެ. އަންދާސީ ހިސާބު ހުށަހަޅަން ކަނޑައަޅާފައިވާ ވަގުތުގެ ފަހުން ހުށަހެޅޭ ބިޑުތައް ބަލައި ނުގަނެވޭނެއެވެ. އަދި ބިޑު ހުށަހެޅި ފަރާތްތަކުގެ ހާޒިރުގައި ބިޑުތައް ހުޅުވައި، އަގުތައް އެނގޭނެ ލިޔުން ބިޑު ހުށަހެޅި ފަރާތްތަކާ ހިއްސާ ކުރެވޭނެއެވެ.