ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މަޤާމު |
އެޑްމިނިސްޓްރޭޓިވް އޮފިސަރ (ދާއިމީ) |
މަޤާމުގެ ރޭންކް: ޖީ. އެސް. 3 |
މަޤާމުގެ ކްލެސިފިކޭޝަން |
އޮފިސަރ ގްރޭޑް 1 |
|
ބޭނުންވާ އަދަދު |
1 (އެކެއް) |
|
މަސައްކަތް ކުރަންޖެހޭ ތަން |
އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓް |
|
އަސާސީ މުސާރަ |
-/4،465 ރުފިޔާ |
|
މި މަޤާމަށް ލިބޭ އެލަވަންސް |
- ޖުޑީޝަލް އެލަވަންސް: މުސާރައިގެ %35 - ސަރވިސް އެލަވަންސް: -/1،500 ރުފިޔާ - ލިވިންގ އެލަވަންސް: -/2،550 ރުފިޔާ - ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ. |
|
އަސާސީ ޝަރުޠު |
1- މަޤާމުގެ މަސައްކަތްކުރުމުގެ ހު ނަރު / ޤާބިލްކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ފާސް ލިބިފައިވުމާއިއެކު، ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ފާސް ލިބިފައިވުން. ނުވަތަ؛ 2- މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުންދިޔުމާއެކު، GS 2 ގެ ރޭންކުގެ ޝަރުޠު ހަމަވެ، އެ މަޤާމުގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. |
|
މަޤާމުގެ މައިގަނޑު މަސައްކަތް |
1- ޤަޟިއްޔާ ހުށަހެޅުމާބެހޭ މަސައްކަތް ކުރުން. 2- ޝަރީޢަތާބެހޭ އިދާރީ ފޮތްތައް ދުވަހުން ދުވަހަށް ފުރިހަމަކޮށް ބެލެހެއްޓުން. 3- ޝަރިޢަތް ނިމުނުގޮތުގެ ރިޕޯޓް ލިއުން. 4- މައްސަލަތަކުގައި އިދާރީގޮތުން އަޅަންޖެހޭ ފިޔަވަޅު އެޅުން. 5- މީގެ އިތުރުން ވެސް، ކޯޓުން ހަވާލުކުރާ ރަސްމީ މަސައްކަތްތައް ކުރުން. |
|
ހުށަހަޅަންޖެހޭ ތަކެތި
|
1- ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯމް. 2- ކުރިމަތިލާ ފަރާތުގެ ވަނަވަރު. 3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ) 4- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ) 5- ސެޓްފިކެޓް ލެވެލްގެ ކޯހެއް ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިނުވާ ފަރާތެއްނަމަ، ކޯސް ފުރިހަމަކުރިކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލފިކޭޝަން އޮތޯރިޓީން ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ) 6- އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެ މަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކާއި، މަޤާމުގައިވީ މުއްދަތާއި، މަސްއޫލިއްޔަތު އެނގޭނެ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ) |
|
ސުންގަޑި
|
2015 ނޮވެންބަރު 5 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން، އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުން އެދެމެވެ. |
|
މަޤާމަށް މީހަކު ހޮވުމުގައި އިސްކަންދޭނެ ކަންތައްތައް |
|
|
އިތުރު މަޢުލޫމާތު
|
|
|
14 މުޙައްރަމް 1437 |