ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)28-PM-1/1/2015/115
ޕަބްލިޝްކުރި ތާރީޚް: 28 އޮކްޓޫބަރު 2015
ޕަބްލިޝްކުރި ގަޑި: 09:42
ސުންގަޑި: 09 ނޮވެންބަރު 2015 14:00
މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ
ދިވެހިރާއްޖެ
ޑްރައިވަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ރާއްޖޭގެ އެކިކަންކޮޅުތަކުގައި ސީ އެމްބިއުލަންސްގެ ޚިދުމަތް ފޯރުކޮށްދިނުމަށް، ކޮންޓްރެކްޓް އުޞޫލުން މަސައްކަތް ކުރުމަށްޓަކައި ތިރީގައިމިވާ މަޤާމަށް މީހުން ބޭނުންވެއެވެ.

މަޤާމު:

ޑްރައިވަރ

މީހުން ބޭނުންވާ ރަށްތައް:

ހއ. ދިއްދޫ،  ހދ. ކުޅުދުއްފުށި،  ހދ. މަކުނުދޫ،  ޅ. ނައިފަރު،  ކ، ކާށިދޫ،  އއ. ރަސްދޫ، އދ. މަހިބަދޫ، ވ. ފެލިދޫ، މ. މުލި، ގއ. ވިލިނގިލި، ގދ. ތިނަދޫ، ސ. ހުޅުމީދޫ

ބޭނުންވާ އަދަދު:

ކޮންމެ ރަށަކަށް 1

ކޮންޓްރެކްޓުގެ މުއްދަތު:

6 މަސް ދުވަސް

މުސާރަ:

(މަހަކު) -/5020 ރުފިޔާ  

ސަރވިސް އެލަވަންސް:

(މަހަކު) -/2000 ރުފިޔާ

ޠު

ސްޕެޝަލް ޑިއުޓީ އެލަވަންސަށް މަހަކު -/1757 ރުފިޔާއާއި، ޔުނީފޯމް އެލަވަންސަށް މަހަކު -/100 ރުފިޔާ ލިބޭނެއެވެ. (މުސާރައާއި، ސަރވިސް އެލަވަންސާއި، ސްޕެޝަލް ޑިއުޓީ އެލަވަންސާއި، ޔުނީފޯމް އެލަވަންސަށް މުޅިޖުމްލަ މަހަކު -/8877 ރުފިޔާ ލިބޭނެއެވެ.) މީގެ އިތުރުން،  ހާޑްޝިޕް އެލަވަންސްގެގޮތުގައި މަސައްކަތަށް ނުކުންނަ ދުވަހަކަށް -/20 ރުފިޔާއާއި،  ޝިފްޓް ޑިއުޓީ އެލަވަންސާއި، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

 

ފެންވަރު ނުވަތަ ޝަރުޠު:

 

1- ނެވިގޭޝަންގެ ދާއިރާއިން ކޯސްޓަލް ނެވިގޭޝަން ކޯހެއް ފުރިހަމަކޮށްފައިވުމާއެކު، ޓްރާންސްޕޯޓް އޮތޯރިޓީން ދޫކުރާ، ކަނޑުގައިދުއްވާ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ކެޓަގަރީން އޭ، ބީ، ސީ ލައިސަންސް ލިބިފައިވުން.

2- ޕެޓްރޯލާއި ޑީސަލް އިންޖީނުއެޅި ހައިސްޕީޑް ލޯންޗް ދުއްވުމުގެ ލައިސަންސް ލިބިފައިވުމާއެކު، މިފަދަ އުޅަނދުފަހަރު ދުއްވުމުގެ 2 އަހަރު ދުވަހުގެ ޢަމަލީ ތަޖުރިބާ ލިބިފައިވުމާއި، ގިނަވަގުތު ކަނޑުމަތީގެ މަސައްކަތުގައި އުޅެވޭނެފަދަ ޞިއްޙަތެއްހުރި މީހަކުކަމުގައިވުން.

ވަޒީފާގެ މައިގަނޑު މަސައްކަތާއި މަސްއޫލިއްޔަތު

ސީ އެމްބިއުލަންސްގެ ކެޕްޓަނެއްގެގޮތުން ރައްކާތެރިކަމާއެކު ބަލިމީހުންނާއި ޞިއްޙީ ފަންނުވެރިން އެއްރަށުން އަނެއްރަށަށް އުފުލުން.

އާއްމުކޮށް މަސައްކަތްކުރަންޖޭ ތަން:

ސީ އެމްބިއުލަންސް އޮންނަ ސަރަހައްދެއްގައި.

 

އިތުރު މަޢުލޫމާތު:

- މި  ވަޒީފާއަށް  އެދޭ  ފަރާތްތަކުން،  2015  ނޮވެންބަރު  9  ވާ  ހޯމަ  ދުވަހުގެ  އޮފީސް  ބަންދުވުމުގެ ކުރިން  މި  މިނިސްޓްރީއަށް  ނުވަތަ  އެރަށެއް  ހިމެނޭ  ރަށު  ކައުންސިލްގެ  އިދާރާއަށް  ސިޓީ  ފޮނުވުން އެދެމެވެ. އެ ސިޓީއާއެކު، ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. ސިޓީގައި، ގުޅޭނެ ފޯނު ނަންބަރު ޖެހުން އެދެމެވެ.

- އިތުރު މަޢުލޫމާތު ހޯދުމަށް 3342967 ނަންބަރު ފޯނަށް ނުވަތަ 9708060 ނަންބަރު ފޯނާ ގުޅުން އެދެމެވެ.

15 މުޙައްރަމް 1437

28 އޮކްޓޫބަރު 2015