ދިވެހިރާއްޖެ
ނަމްބަރ: (IUL)337/337/2025/73
އިޢުލާން
ކ.މާފުށީ ގެ "ވޯޓަރ ސްޕޯޓްސް" ބިންތައް 5 އަހަރުދުވަހުގެ މުއްދަތަށް ކުއްޔަށް ދިނުމަށް ހޮޅުވާލުން.
ބިޑު އުސޫލުން ވޯޓަރ ސްޕޯޓްސްގެ ބިންތައް 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް އިޢުލާން ކުރުމަށާއި، ކޮންމެ ބިމަކަށް ވަކި ބިޑް ފޮތެއް ވިއްކުމަށް ވަނީ ކަނޑައެޅިފައެވެ. ވީމާ، މިބިންތައް ކުއްޔަށް ނެގުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބިޑުފޮތް ގަތުމަށާއި، ބިޑުހުށަހެޅުމަށް ދަޢުވަތު ހުޅުވާލަމެވެ. މިގޮތުން ކުއްޔަށް ދޫކުރާ ކޮންމެ ބިމަކަށް އިނގިރޭސި އަކުރެއް ދެވިފައިވާނެއެވެ.
ބިން W-01 ގައި 1600 އަކަފޫޓެވެ.
ބިން W-02 ގައި 1600 އަކަފޫޓެވެ.
ބިން W-03 ގައި 1600 އަކަފޫޓެވެ.
ބިން W-04 ގައި 1600 އަކަފޫޓެވެ.
ބިން W-05 ގައި 1600 އަކަފޫޓެވެ.
ބިން W-06 ގައި 1600 އަކަފޫޓެވެ.
ބިން W-07 ގައި 1600 އަކަފޫޓެވެ.
ބިން W-08 ގައި 1024 އަކަފޫޓެވެ.
ބިން W-09 ގައި 1155 އަކަފޫޓެވެ.
ބިން W-10 ގައި 1155 އަކަފޫޓެވެ.
| ބިޑުފޮތް ވިއްކުން: | 13 ނޮވެމްބަރު 2025 ވަނަ ދުވަހުން ފެށިގެން 23 ނޮވެމްބަރު 2025 ވާ އާދިއްތަ ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ 9:00 އިން 13:00 އަށް މިކައުންސިލްގެ ރިސެޕްޝަނުން ވިއްކުމަށް ވަނީ ހަމަޖެހިފައެވެ. ބިޑުފޮތެއްގެ އަގަކީ 5,000ރ (ފަސްހާސް ރުފިޔާ) އަށެވެ. | 
| ބިޑު ބަލައިގަތުން: | 27 ނޮވެމްބަރު 2025 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިކައުންސިލްގެ އިދާރާގެ މީޓިން ރޫމްގައި އޮންނާނެއެވެ. 
 | 
ބިޑު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ބިޑުފޮތް ބައްލަވައި ނުގަންނަވާފަރާތްތަކާއި ގަޑިއަށް ހާޒިރު ނުވާ ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ. ބިޑު ހުށަހަޅާނީ ކޮންމެ ބިމަކަށް ވަކި ބިޑުފޮތެއް ގަނެ،ވަކި ބިޑެއްގެ ގޮތުގައި ބަންދުކޮށްފައެވެ.
އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން [email protected] އަށް އަދި [email protected] މެއިލްއަށް ސީސީ ކުރެއްވުމަށް އެދެމެވެ. ނުވަތަ 6640073 ނަންބަރަށް ރަސްމީ ގަޑީގައި ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
8 ޖުމަދުލްއުލާ 1447
30 ނޮވެމްބަރު 2025