ވަޒީފާގެ ފުރުޞަތު
ނަންބަރު: MNU-HR/2015/491
ޕަބްލިޝްކުރި ތާރީޚް: 02 ނޮވެންބަރު 2015
ޕަބްލިޝްކުރި ގަޑި: 13:59
ސުންގަޑި: 09 ނޮވެންބަރު 2015 12:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ލެކްޗަރަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު: 

މަޤާމު:

ލެކްޗަރަރ

ބޭނުންވާ އަދަދު:

1

މުސާރަ:

މަހަކު 12,687.50 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 5,437.50 ރުފިޔާ

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ/ ރިސާޗް ސެންޓަރ

ގްރޭޑް:

7

ސްޕައިން ޕޮއިންޓް

40

މަޤާމުގެ ޝަރުޠު:

އެމް.އެން.ކިޔޫ.އެފް. ގެ ލެވެލް 7 ގެ ސަނަދާއި ލެވެލް 9 ގެ ސަނަދެއް، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއިން ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

(ހ) ލީޑަރޝިޕް

  • ރިސާރޗް ސެންޓަރުތައް އުފެއްދުމަށް ފެކަލްޓީ، ސެންޓަރުތަކާ ގުޅިގެން މަސައްކަތްކުރުން.
  • ޔުނިވަރސިޓީގެ ރިސަރޗް ސެންޓަރުތަކުން ކުރެވޭ ޢިލްމީ ދިރާސާތަކާއި ހޯދުންތަކުގެ އިންޓެގްރިޓީއާއި ފެންވަރުބަލައި ދެމެހެއްޓޭނެ މިންގަނޑުތައް އެކުލަވައިލުން.
  • ޔުނިވަރސިޓީގެ ރިސަރޗާއި ހޯދުންތަކުގެ ބޭނުންތެރިކަމާއި ފައިދާ ޤައުމަށާއި ޔުނިވަރސިޓީއަށް އިތުރުކުރަމަށްޓަކައި، ޔުނިވަރސިޓީގެ ރިސާރޗް ސްޓެރެޓެޖީ ތަރައްޤީކޮށް ތަންފީޒުކުރުން.
  • ފިކުރީގޮތުންނާއި ސްޓްރެޓެޖިކްގޮތުން ރިސާރޗް ސެންޓަރުގެ ތަރައްޤީއަށް މިހާރާއި ކުރިއަށް ކުރެވިދާނޭ ކަންތައްތައް ރާވައި އެކަންކަމުގައި އިސްނެގުން.
  • ރިސާރޗް ސެންޓަރުގެ މަސައްކަތާ ގުޅޭ ތަންތަނާއި މީހުންނާއި އެއްބާރުލުމުގެ ގުޅުންތައް ޤާއިމްކޮށް ތަރައްޤީކުރުމާއި ރިސާރޗް ސެންޓަރު އެކި ފޯރަމްތަކާއި ޖަލްސާތަކާއި އެހެން އެއްވުންތަކުގައި ތަމްސީލުކުރުން.

(ށ) ސެންޓަރު ހިންގުން

  • ލިބިފައިވާ ބަޖެޓާއި ސްޓްރެޓެޖިކް ޕްލޭނާ އެއްގޮތަށް ރިސާރޗް ސެންޓަރުގެ ދުވަހީ މަސައްކަތްތައް ހިންގުން.
  • ޔުނިވަރސިޓީގެ ސެންޓަރުތަކަށް މަންފާވާނޭގޮތަށް، ޕްރޮޖެކްޓްތައް އެކުލަވާލައި، ޕްރޮޖެކްޓަކަށް ބިޑްކޮށް، ހިންގުން.
  • ޔުނިވަރސިޓީގެ ރިސަރޗް އެންޑް އިނޮވޭޝަން ސެންޓަރުގެ މަސައްކަތާއި، އިދާރީ ހިންގުން ވަޒަންކުރުމުގައި އިސްރޯލެއް އަދާކުރުން.
  • މުވައްޒަފުންގެ ބޭނުންތެރިކަން އެންމެ ހެޔޮގޮތުގައި ހިފުމާއި އެމީހުންގެ ފެންވަރު މަތިކުރުން.
  • ޔުނިވަރސިޓީގެ މަރުކަޒީ އިދާރާއާއި ފެކަލްޓީތަކާއި ސެންޓަރުތަކާއެކު ބަދަހި ގުޅުމެއް ޤާއިމްކުރުން.

(ނ) ރިސާރޗް ކުރިއެރުވުމާއި މެނޭޖްކުރުން

  • ޤައުމަށް ފައިދާހުރި ރިސާރޗް ޕްރޮގްރާމްތަކާއި ޕޮރްޖެކްޓްތައް އެކުލަވައިލުން.
  • ސެންޓަރުގެ ރިސާރޗް ޕްރޮގްރާމްތަކާއި ޕްރޮޖެކްޓްތައް މެނޭޖްކުރުން.
  • އެކިބާވަތުގެ ރިސާރޗް ކުރުން.
  • ދަރިވަރުން ސުޕަރވައިޒްކުރުމާއި ކިޔަވައިދިނުން.
  • ޖާރނަލްތަކާއި މޮނޮގްރާފްތަކާއި އޮކޭޝަނަލް ޕޭޕަރުތައް ކަރުދާހުގައްޔާއި އިންޓަރނެޓްގައި ޝާއިޢުކުރުން.

(ރ) ފަންޑު ހޯދުން

  • ރިސާރޗް ސެންޓަރު ހިންގުމަށް ބޭނުންވާ ފަންޑު ހޯދުމުގެ ޕްލޭންތައް އެކުލަވައިލުން.
  • ފަންޑު ހޯދުމަށް އެކުލަވައިލާ ޕްލޭންތައް ތަންފީޒުކުރުން.

(ބ) އެތެރެއާއި ބޭރުގެ މުވާޞަލާތީ ގުޅުންތައް

  • ރިސާރޗް ސެންޓަރުގެ މަޤްޞަދުތައް ޕްރޮމޯޓްކުރުމާއި، ސެންޓަރުން ކުރާ ކަންތައްތައް އިސްތިހާރުކުރުން.
  • އަންނަނިވި ކަންތައްތައް ހިމެނޭގޮތަށް ސެންޓަރުގެ އައުޓްރީޗް ސްޓްރެޓެޖީ ކުރިއަރުވައި ބެލެހެއްޓުން: މީހުންނާ ބައްދަލުކޮށް ވާހަކަދެއްކުން،  ޓޯކިންގ ޕޮއިންޓްތައް، ބްރީފިންގތަކާއި ޕްރެޒެންޓޭޝަންތައް، މީޑިއާ މުޢާމަލާތްތައް، ޚާއްޞަ ޕަބްލިކޭޝަންތަކަށް މަޒުމޫނުތަކާއި ޖާރނަލްތަކުގައި ޝާއިޢުކުރާ ޕޭޕަރުތައް.
  • ރިސާރޗް ސެންޓަރު އެކި ފޯރަމްތަކާއި ޖަލްސާތަކުގައި ތަމްސީލުކުރުން.

(ޅ) އެހެނިހެން މަސައްކަތް

  • ޔުނިވަރސިޓީގެ ރިސާރޗްސެންޓަރުގެ ޕޮލިސީ ސިޔާސަތުތައް ތަންފީޒުކުރުން.
  • ޑެޕިއުޓީ ވައިސް ޗާންސެލަރ (ރިސާރޗް އެންޑް އިނޮވޭޝަން) ހަވާލުކުރާ، ސެންޓަރާ ގުޅުންހުރި އެހެން މަސައްކަތް ކުރުން.

އުޖޫރައާއި ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، އިތުރުގަޑީގެ ފައިސާ ހަމަޖެހިފައިވާ އުޞޫލުން ދެވޭނެއެވެ.

ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީ (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)
  2. ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސުޕަވައިޒަރަކު، އެފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް.
  4. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓްކޮށްފައިވާ ސަނަދާއި، އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަޞްލު)
  5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް:

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަންތައް ބާޠިލްވާނެއެވެ.
  • އިންޓަވިޔު ކުރެވޭނީ، އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށް ފަހުގައެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓްފިކެޓް އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަކޮށްފައިވާ ފަރާތްތައް ތަޢުލީމީ ސެޓްފިކެޓް ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.

ސިޓީ ފޮނުވަންވީ ތާރީޚު:   

2015 ނޮވެންބަރު 9 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒަށް.

އިތުރު މަޢުލޫމާތު:

  • މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅާނީ، 3345131 ނަންބަރު ފޯނާއެވެ.
  • މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގ އަޚުލާޤަށް ބަލައި،  އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.

20 މުޙައްރަމް 1437

02 ނޮވެންބަރު 2015