މަސައްކަތް
ނަންބަރު: (IUL)88-ISLANDS/88/2025/598
ޕަބްލިޝްކުރި ތާރީޚް: 30 އޮކްޓޫބަރު 2025
ޕަބްލިޝްކުރި ގަޑި: 14:03
ސުންގަޑި: 10 ނޮވެންބަރު 2025 10:00
މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
އިޢުލާން ނަންބަރ (IUL)88-ISLANDS/88/2025/587 (ހަޒާޑަސް ވޭސްޓް އިންވެންޓަރީ ރިޕޯޓް ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުން) ގެ އެޑެންޑަމް (އެޑަންޑަމް 1)

އިޢުލާން ނަންބަރ (IUL)88-ISLANDS/88/2025/587 ގެ އެޑެންޑަމް (އެޑަންޑަމް 1)

 

އިއުލާން ނަންބަރު

(IUL)88-ISLANDS/88/2025/587

އިއުލާނުގެ ތާރީޚް

27 އޮކްޓޫބަރު 2025

ބީލަމުގެ ނަން

ހަޒާޑަސް ވޭސްޓް އިންވެންޓަރީ ރިޕޯޓް ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުމަށް

 

މި މިނިސްޓްރީން 27 އޮކްޓޯބަރ 2025 ގައި ކުރި (IUL)88-ISLANDS/88/2025/587 ނަންބަރު އިއުލާނާއި އިއުލާނާއެކު އޭޓޭޗްކުރެވިފައިވާ މައުލޫމާތު ކަރުދާހަށް ތިރީގައިވާ ބަދަލުތައް ވަނީ ގެނެވިފައެވެ.

 

ބަދަލު ގެނެވުނު ބައި

ގެނެވުނު ބަދަލު

ފައިނޭންޝަލް ސްކޯރ އަދި ޓޯޓަލް ސްކޯރ

ޓީއޯއާރްގައި މަސައްކަތުގެ އަގު ކަނޑައަޅާފައި އޮތުމުން، އަގު މެދުވެރިކޮށް ފައިނޭންޝަލް އިވެލުއޭޓް ނުކުރެވޭނެތީ، ޓީއޯއާރް އިން ފައިނޭންޝަލް ސްކޯރ އަދި ޓޯޓަލް ސްކޯރ ޓޭބަލް (އެނެކްސް 12) އުނިކޮށް މި އެޑެންޑަމް އާއިއެކު ވާނީ ގެޒެޓު ކޮށްފައެވެ.

މަސައްކަތަށް ކަނޑައެޅިފައިވާ ބަޖެޓް

ޓީއޯއާރްގެ ސެކްޝަން 5، އަންނަނިވި ބައި އިތުރުކޮށްފައެވެ. 

މި މަސައްކަތަށް ކަނޑައެޅިފައިވާ ބަޖެޓަކީ 100،000.00 ދިވެހި ރުފިޔާއެވެ.

އިތުރު މަޢުލޫމާތު ސާފުކުރުން

މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީ-މެއިލް ކުރާނީ 04 ނޮވެންބަރު 2025 ވާ އަންގާރަ ދުވަހު 12:00 ގެ ކުރިން، ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ. އީމެއިލް ކުރާއިރު ސަބްޖެކްޓްގައި އިއުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ.

އީމެއިލް އެޑްރެސް: [email protected]

ކޮޕީ: [email protected]

 

މިހެންކަމުން، މިވާހަކަ މައުލޫމާތަށްޓަކާ ދެންނެވީމެވެ. އިސްލާހުކޮށްފައިވާ މައުލޫމާތު ޝީޓު މި އިއުލާނާއެކު އެޓޭޗްކޮށްފައިވާނެއެވެ.

30 އޮކްޓޫބަރު 2025