ދިވެހިރާއްޖެ
މި ރަށުގެ ގޭގޭގައި އުފެދޭ ކުނިވާޒާތުގެ ކުނި ބޭރުކުރުމަށް 2022 އޮކްޓޫބަރު 20 ވަނަ ދުވަހު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވެފައިވާތީ އެ މަސައްކަތް އަލުން 02 އަހަރު ދުވަހުގެ މުއްދަތަށް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
މި ބީލަމުގައި ބައިވެރިވުމަށް، ޝަރުޠުހަމަވާ އަދި ޝައުޤްވެރިވާ ފަރާތްތަކުން، 2025 ނޮވެންބަރު 11 ވަނަ ދުވަހުގެ ނިޔަލަށް ރަޖިސްޓްރީވުމަށް އެދި [email protected] އަށް އީމެއިލަށް ރަޖިސްޓަރީވާން އެދި ހުށަހަޅާ ފަރާތް (ކުންފުނި/ޕާޓްނަރޝިޕް/ފަރުދުންގެ ވިޔަފާރި)ގެ ނަން، ވެރިފަރާތުގެ ފުރިހަމަ ނަމާއި އަދި ރަސްމީ ފޯނުނަންބަރު މެއިލްކުރެއްވުން އެދެމެވެ. ރަޖިސްޓްރީވުމަށް މެއިލްނުކުރާ ފަރާތްތަކަށް ބިޑްހުށަނޭޅޭނެއެވެ.
މި އިޢުލާނާއެކު މި މަސައްކަތްތަކުގެ މަޢުލޫމާތާއި އުޞޫލްތައް އަދި ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ހިމެނޭ ބިޑްޑޮކިއުމަންޓް އެއްކަރުދާސްކުރެވިފައި ވާނެއެވެ. ބިޑްޑޮކިއުމަންޓުގެ ހާޑުކޮޕީ ދޫކުރެވޭނީ ކޮންމެ ގަނޑަކަށް 2ރ (ދެ ރުފިޔާ) ދެއްކުމުންނެވެ.
މި މަސައްކަތާގުޅިގެން އެއްވެސް ކަމެއް ސާފުކުރަން ބޭނުންވާނަމަ މަތީގައިއެވާ މެއިލަށް 2025 ނޮވެންބަރު 5 ވަނަ ދުވަހުގެ ނިޔަލަށް ހުށަހަޅާ ފަރާތްތަކަށް 2025 ނޮވެންބަރު 6 ވަނަ ދުވަހުގެ ނިޔަލަށް ޖަވާބު ފޮނުވޭނެއެވެ.
މި މަސައްކަތުގެ ބިޑްހުށަހެޅުމާއި ބިޑްހުޅުވުން އޮންނާނީ 2025 ނޮވެންބަރު 12 ވަނަ ދުވަހުގެ 10:00 ގައި މި އިދާރާގައެވެ.